ނިއު ރޭޑިއަންޓް، ވިކްޓަރީ އަދި ވެލެންސިއާ ނުލައި ދިވެހި ފުޓްބޯޅަ ފުރިހަމަނުވާނެ: މުބީން

Apr 29, 2025, 8:17 AM
އިއްޔެ ބޭއްވި ނިއުގެ އިވެންޓްގެ ތެރެއިން މުބީން ވާހަކަ ދައްކަވަނީ،---- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

އިއްޔެ ބޭއްވި ނިއުގެ އިވެންޓްގެ ތެރެއިން މުބީން ވާހަކަ ދައްކަވަނީ،---- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ތިން ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ކްލަބް ވެލެންސިއާ އަދި ވިކްޓަރީ ސްޕޯޓްސް ކްލަބް ނެތި ދިވެހި ފުޓްބޯޅަ ފުރިހަމަނުވާނެ ކަމަށް ނިއުގެ ޗެއާމަން، އަހުމަދު މުބީން ވިދާޅުވެއްޖެ އެވެ.

މުބީން، މިހެން ވިދާޅުވީ، އިއްޔެ ހަވީރު ހެންވޭރު ދަނޑުގައި ކުރިއަށްދިޔަ ނިއުގެ އިވެންޓްގައި ވާހަކަ ދައްކަމުންނެވެ. އިއްޔެގެ އިވެންޓަކީ، އެފްއޭއެމް ލީގު ކަޕްގައި ވާދަކުރާ ނިއު ޓީމުގެ ސްކޮޑު އިއުލާނުކުރުމާއި ޕްރެކްޓިސް ފެށުން ފާހަގަކުރަން ބޭއްވި ހަރަކާތެކެވެ.

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވަމުން އަންނަ މުބީން ވިދާޅުވީ، ނިއު އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި، ނިއުގެ ހިންގާ ކޮމިޓީން ކުރި މަސައްކަތުން ސަޕޯޓަރުންނަށް ވީ އެއް ވައުދު ފުރިހަމަ ކުރެވިފައިވާ ކަމަށެވެ. އެއީ، ވަރުގަދަ ޓީމަކާ އެކު، އެނބުރި އައުންކަން ފާހަގަކޮށް، މުބީން ވިދާޅުވީ، އެފްއޭއެމް ލީގު ކަޕްގައި ވާދަކުރަން ނިއު އިން ޓީމެއް އެކުލަވާލީ ހަތަރު ވަރަކަށް ދުވަހުގެ މަސައްކަތުން ކަމަށެވެ.

"ނިއު ރޭޑިއަންޓްގެ ހައްގު މަގާމަށް އައުމަކީ މުޅި ފުޓްބޯޅަ އަށް ވެސް ވަރަށް މުހިންމު ކަމެއްކަން ފާހަގަވެގެންދިޔައީ، ނިއު ރޭޑިއަންޓާ ނުލައި، ވިކްޓަރީއާ ނުލައި، ވެލެންސިއާއާ ނުލައި ދިވެހި ފުޓްބޯޅަ ފުރިހަމައެއް ނުވާނެ. މިއީ ހަގީގަތް. މި ފާއިތުވެގެންދިޔަ މަދު ދުވަސްތަކުގައި، ދަނޑަށް ހީނަރުކަން އައިސް ވަންނާނެ ސަޕޯޓަރުން މަދުވެގެންދިޔަ ދިއުން ބަދަލުކުރެވޭނީ. މި ޓީމުތައް އަލުން އައިސްގެން،" މުބީން ވިދާޅުވި އެވެ.

ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ޓީމުތަކުގެ މުބާރާތެއް ނުކުޅޭތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، ފީފާ އާއި ދިވެހި ސަރުކާރުގެ އެހީއާ އެކު، ބާއްވާ ލީގު ކަޕްގައި ވާދަކުރަން ޝައުގުވެރިވާ ކްލަބްތަކަށް ހުޅުވާލުވުމުން ބައިވެރިވީ ފަސް ކްލަބަކުންނެވެ. އެއީ، ފުރަތަމަ ޑިވިޝަނުން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ޓީސީ ސްޕޯޓްސް ކްލަބް އަދި އޮޑި ސްޕޯޓްސް ކްލަބްގެ އިތުރުން، ނިއު އާއި މަހިބަދޫ ސްޕޯޓްސް ކްލަބް އެވެ.

އެފްއޭއެމުން މާލީ އެހީތެރިކަމެއް ދޭނަމަ، ވިކްޓަރީން މުބާރާތުގައި ކުޅޭނެ ކަމަށް ބުނެ، ސިޓީއެއް ފޮނުވި އެވެ. ވެލެންސިއާ އިން މި މުބާރާތުގައި ނުކުޅެނީ، ޒުވާން ސްކޮޑަކާ އެކު، ސީޒަނަށް ކުރިމަތިލާއިރު، 19 އަހަރުން ދަށުގެ ގައުމީ ޓީމުގައި ތިބި ވެލެންސިއާގެ ކުޅުންތެރިން ސާފް ޗެމްޕިއަންޝިޕްގައި ކުޅޭތީ އާއި ޓީމުގައި ހިމެނޭ ކުދިންގެ ކިޔެވުމުގެ ކަންކަން ހުރި ގޮތުން، މި ވަގުތަށް ބަލާއިރު، މުބާރާތެއް ކުޅެވެން ނެތުމުންކަން އެނގިފައިވެ އެވެ.

މުބީން ވިދާޅުވީ، ރާއްޖޭގެ ފުޓްބޯޅައިގައި ނިއުގެ ހައްގު މަގާމުގައި އެ ކްލަބް ކުރިއަށްދިއުމަށް ބޭނުންހިފޭނެ، ރައުސުލްމާލަކީ، ކްލަބްގެ ސަޕޯޓަރުން ކަމަށެވެ.

"ނިއު ރޭޑިއަންޓަކީ، ދުނިޔޭގެ ނިސްބަތުން ވެސް އަޅުގަނޑު ގަބޫލުކުރާގޮތުގައި، ގައުމެއްގައި މިހާ ބޮޑު، ނިސްބަތުން މިހާ ގިނަ ސަޕޯޓަރުން އޮތް ކްލަބެއް ދުނިޔޭގެ އެއްވެސް ގައުމެއްގައި ނޯންނާނެ. ނިސްބަތުން، ދިވެހިރާއްޖޭގެ ކޮންމެ ރަށަކަށް އަރައި ބަލާލިޔަސް ވެސް، އެ ރަށެއްގެ ކުޅިވަރަށް ލޯބިކުރާ 60-70 ޕަސެންޓްސަޕޯޓަރުން ތިބޭނީ ނިއު ރޭޑިއަންޓާ އެކު، އަޅުގަނޑުމެންނަށް ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ދެވިއްޖެ، ވަރަށް ގިނަ ރައްޔިތުންނާ އެކިއެކި ކަންކަމުގައި ބައްދަލުވެއްޖެ،" މުބީން ވިދާޅުވި އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 2022 ވަނަ އަހަރުގެ ޖުލައި އެއް ވަނަ ދުވަހާ ހަމައަށް، ނިއު އޮތީ ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފަ އެެވެ. ކުޅުންތެރިންނަށް ނުދީ ހުރި މުސާރަ މައްސަލައިގައި އެފްއޭއެމް އިން ނިއު ސަސްޕެންޑްކުރި ކުރުމަކީ، އެފްއޭއެމްގެ ކުރީގެ ރައީސް، ބައްސާމް އަދީލް ޖަލީލާއި ލީޑަޝިޕްގެ ކޮރަޕްޝަނާ ދެކޮޅަށް ތެދުވުމުން ދިން، އަދަބެއް ކަމަށް ނިއު އިން ބުނެފައިވެ އެެވެ.

އަލުން ފުރަތަމަ ޑިވިޝަނަށް އަންނަން ކުރާ މަސައްކަތުގައި ދެ ފަހަރެއްގެ މަތިން ދެ ވަނަ ޑިވިޝަނުގައި ކުޅެ ނިއު އަށް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެވޭ ގޮތެއްނުވި އެވެ. އެކަމަކު، މުބީން ވިދާޅުވީ، ދުރުނޫން މުސްތަގުބަލެއްގައި ރާއްޖޭގެ ފުރަތަމަ ޑިވިޝަނުން ނިއު ފެންނާނެ ކަމަށެވެ.

ކުރިއަށް އޮތް އެފްއޭއެމް ލީގު ކަޕްގައި ވެސް ނިއު އިން ރަނގަޅު ވާދައެއް ކުރެވޭނެ ކަމަށް މުބީން ދެކިލައްވަ އެެވެ.

"ހަތަރެއް ނޫނީ ފަސް ވަރަކަށް ދުވަސް ތެރޭ ޓީމެއް އެކުލަވާލައިގެން ނުކުމެ، ފުރަތަމަ ޑިވިޝަނުގެ ޓީމުތައް ބަލިނުކުރެވުނަސް، ނިއުގެ ޖޯޝްގައި ކާމިޔާބު ހޯދަން މަސައްކަތް ކުރެވޭނެ،" އެފްއޭއެމް ލީގު ކަޕްގެ ޓާގެޓާ ބެހޭގޮތުން މުބީން ބުންޏެވެ.

ނިއުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ، މީގެ ކުރިން ފުރަތަމަ ޑިވިޝަނާއި ދެ ވަނަ ޑިވިޝަނުގައި ވެސް އެ ޓީމަށް ކޯޗުކޮށްދިން ސޮބާހު މުހައްމަދު (ސޮބާ) އެވެ. އަދި، އެސިސްޓަންޓް ކޯޗަކީ، އާދަމް އަބްދުއްލަތީފް (ލައްޗޭ) އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox