އާންމުކޮށް ‏ޖަންކް ފުޑް ކާނަމަ ނަފްސާނީ ސްޓްރެސް އިތުރުވެދާނެ

އާންމުކޮށް ‏ޖަންކް ފުޑް ކާނަމަ ނަފްސާނީ ސްޓްރެސް އިތުރުވެދާނެ

‏ޖަންކް ފުޑް ގަވާއިދުން ކެއުމުން ނަފްސާނީ ގޮތުން ކުރިމަތިވާ ސްޓްރެސް އިތުރުވެދާނެކަން ދިރާސާތަކުން ‏‏ދައްކަ އެވެ. އެ ގުޅުން ޖިސްމާނީ އަދި ނަފްސާނީ ގޮތުން ވެސް ފެންނަން ހުރެ އެވެ. ހަކުރު، ލޮނު، ހިމެނޭ ކާނާ، ‏‏އަދި ޕްރިޒަވޭޓިވްސް އެކުލެވޭ ކާނާތައް ހަށިގަނޑުގެ ހޯމޯނަލް ބެލެންސް، ލޭގައި ހުންނަ ހަކުރުގެ މިންވަރު، އަދި ‏‏ބަނޑުގެ ދުޅަހެޔޮކަމަށް ބަދަލު ގެނެސްދޭކަން ފާހަގަކުރެވެ އެވެ.

މިފަދަ ކާނާތަކުން ވަގުތީ ގޮތުން ހިތްހަމަޖެހުމާއި ހަކަތަ ‏‏ލިބުނު ނަމަވެސް، ގިނަ ފަހަރަށް ކާތަކެތި ހަޖަމުވުމަށް ފަހު ވަރުބަލިކަމާއި، ނުތަނަވަސްކަން ކުރިމަތިވެ އަދި މޫޑް ‏‏ދަށްވުން ތަޖުރިބާކުރެވެ އެވެ‏‎.‎

‏ހަށިގަނޑަށް ފައިދާއެއް ނެތް އަދި ގެއްލުން ލިބޭ ކާނާ ދިގު މުއްދަތަކަށް ކެއުމުގެ ސަބަބުން ސިކުނޑީގެ ‏‏ކެމިސްޓްރީއަށް އަސަރުކޮށް، ދުވަހުން ދުވަހަށް ދިމާވާ ސްޓްރެސްފުލް ހާލަތްތަކާއި ކުރިމަތިލުމުގެ ގާބިލުކަން ‏‏ދަށްވެގެންދެ އެވެ. މީގެ ސަބަބުން އެންޒައިޓީއާއި އިމޯޝަނަލް އެގްޒޯސްޝަންއަށް މީހުން އިތުރަށް ‏‏ހުށަހެޅިގެންދެއެވެ. އެގޮތުން ޖަންކް ފުޑް ގަވާއިދުން ކެއުމުން ލޭގައި ހުންނަ ހަކުރުގެ މިންވަރަށް ކުއްލި ބަދަލުތައް ‏‏އަންނަ ކަމާއި، ބަނޑުގެ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރާކަމަށް ސިއްހީ މާހިރުން އެއްބަސްވެލައްވައެވެ‏‎. ‎

Advertisement

‏ބަނޑަކީ "ދެވަނަ ސިކުނޑި" ކަމަށް ބެލެވޭއިރު، ޖަންކް ފުޑްއިން ބަނޑުގެ ބެކްޓީރިއާއަށް ގެއްލުން ލިބި، މޫޑު ‏‏ރެގިއުލޭޓްކުރާ ނިއުރޯޓްރާންސްމިޓަރުތައް (މިސާލަކަށް ސެރޮޓޮނިން) އުފެއްދުން މަދުވެގެންދެ އެވެ. އޭގެއިތުރުން، ‏‏އަލްޓްރާ-ޕްރޮސެސްޑް ކާނާގެ ސަބަބުން ސިކުނޑީގައި އިންފްލަމޭޝަން އިތުރުވެ، ކޯޓިސޯލް ފަދަ ސްޓްރެސް ‏‏ހޯމޯން އިތުރުވެގެންދެ އެވެ. މިކަމުގެ ސަބަބުން އެންޒައިޓީ އާއި ޓެންޝަން އިތުރުވާ ކަމަށް ސިއްހީ މާހިރުން ‏‏ފާހަގަކުރައްވަ އެވެ‏‎.‎

‏ޖަންކް ފުޑްއިން ބަނޑު ފުރާލުމުގެ ސަބަބުން މެގްނީޒިއަމް، ބީ ވިޓަމިންސް، އޮމެގާ-3 ފެޓީ އެސިޑްސް، އަދި ‏‏ޒިންކް ފަދަ މުހިންމު ނިއުޓްރިއެންޓްސް ލިބުން މަދުވެގެންދެ އެވެ. މިއީ މޫޑު ރެގިއުލޭޓް ކުރުމަށާއި ސްޓްރެސް ‏‏މެނޭޖް ކުރުމަށް ބޭނުންވާ މާއްދާތަކެވެ. އަދި މިފަދަ ކާނާގައި ހުންނަ އާޓިފިޝަލް އެޑިޓިވްސް، ކެފެއިން، އަދި ‏‏ހަކުރުގެ ސަބަބުން ނިދުން ދަށްވެ، ކޯޓިސޯލް އިތުރުވެ، ސްޓްރެސް ކުޑަކުރުމުގެ ކުރުމުގެ ގާބިލްކަން ‏‏ދަށްވެގެންދެ އެވެ‏‎.‎

‏މި ކަންކަން ސަމާލުކަމަށް ގެނެސް، ޖަންކް ފުޑް ކެއުން މަދުކޮށްގެން ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ‏‏އިތުރުކުރެވިދާނެ އެވެ. އެންޑީޓީވީ ވެބްސައިޓްގައި ޝާއިއުކުރެވިފައިވާ މި ލިޔުމުގައި ނިއުޓްރިޝަނިސްޓެއް ކަމުގައިވާ ‏‏މަންޔާ ސިންގ ފާހަގަކުރައްވާގޮތުގައި، ހަމަހަމަ އަދި ހެލްދީ ކާނާ ކެއުމަކީ ހަށިގަނޑަށް ލިބޭ ފައިދާތަކުގެ އިތުރުން ، ‏‏ނަފްސާނީ ދުޅަހެޔޮކަމަށް ވެސް މުހިންމު ކަމެކެވެ.‏

ކޮމެންޓް

ފަހުގެ ޚަބަރު

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox