ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުގައި ހުރި މަގާމުގެ ދިފާއުގައި ނަޒާހާ މުޒާހަރާގައި ވާހަކަ ދައްކައިފި

Apr 25, 2025, 7:09 PM
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުގައި ހުރި މަގާމުގެ ދިފާއުގައި ނަޒާހާ މުޒާހަރާގައި ވާހަކަ ދައްކައިފި

މިހާރު ރާއްޖޭގައި އޮތް ކޮރަޕްޓު ނިޒާމު ރަނގަޅު ކުރެވޭނީ އެ ނިޒާމުގެ ތެރޭގައި ހުރެ ކަމަށް ބުނެ ޒުވާނުންނާ ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ލަފާ އެރުވުމަށް އުފެއްދި ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑުގެ ނައިބު ރައީސްކަން ކުރައްވާ ނަޒާހާ ނަޒީމް އެ މަގާމު ދިފާއުކޮށްފި އެވެ.

މިދިޔަ ހުކުރު ދުވަހު ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް އުސް އިމާރާތަކުން އަންހެން ކުއްޖާ ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގެ ތަހުގީގާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމަށް ޒުވާނުން އަންނަނީ ސިލްސިލާ ގޮތެއްގައި މާލޭގައި މުޒާހަރާ ކުރަމުންނެވެ. އެ މުޒާހަރާގެ ތެރެއިން ރައީސަށް ލަފާ ދޭ ބޯޑުގެ އިސްތިއުފާއަށް ދަނީ ގޮވާލަމުންނެވެ.

"ވަރަށް ވަރަށް ޕްރެޝަރު އެބައިން ބޯޑަށް ވެސް އައިސްފައި، އެންޑް އެވްރީތިންގް އިޒް ޖަސްޓިފައިބަލް. ތި އެންމެންގެ އެއްވެސް ސްޓޭޓްމަންޓަކަށް އައި ކެނޮޓް ބީ ޑިސަޕޮއިންޓެޑް. އެވްރީތިން އިޒް ޖަސްޓިފައިޑް. ބަޓް އައި ވޯންޓު ސޭ ސަމްތިން. އަޅުގަނޑު އިސްތިއުފާއެއް ނުދެން. ބޯޑުގެ އެހެން މީހުން ދީފި. އިސްތިއުފާ ނުދީ މިހުރީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސިސްޓަމް ރަނގަޅު ކުރެވޭނީ ސިސްޓަމްގެ ތެރެއިން،" މިރޭ އެ މުޒާހަރާގެ ތެރެއިން އޭނާ ބުންޏެވެ.

މި ބޯޑުގެ ރައީސްގެ މަގާމުގައި ހުންނެވި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ ފޯ ޑިޖިޓަލް ސްޓްރެކީގެ މަގާމުން ވަކި ކުރުމުގެ ބަދަލުގައި މި މައްސަލައާ ގުޅިގެން ވަނީ ސަސްޕެންޑްކޮށްފަ އެވެ. ދާއޫދުގެ މައްޗަށް މަސްތުވާތަކެތި ބޭނުން ކުރުމުގެ ތުހުމަތު ވަނީ އަމާޒުވެފަ އެވެ.

މީގެ ދެ ދުވަސް ކުރިން ސޯޝަލް މީޑިއާގައި ނަޒާހާ ވަނީ އެ މަގާމުން ދާއޫދު ވަކިނުކޮށްފިނަމަ އޭނާ ހުރި މަގާމުން އިސްތިއުފާ ދޭނެ ކަމަށް ބުނެފަ އެވެ. ޔޫތު އެޑްވައިޒަރީ ބޯޑުން ދާއޫދު ވަކިކުރުމުގެ ކުރިން އިސްތިއުފާ ދިނެވެ.

"މިއަދު ނަޒާ އިސްތިއުފާ ދީފިއްޔާ ނަޒާގެ މަގާމަށް އެހެން މީހަކު ލާނެ. ޔޫތުންނާއެކު މިހުރީ. ރިޒައިން ކުރާ ހިސާބުން އައި ކާންޓް ޑޫ އެނީތިން ފޯ ޔޫގައިޒް،" އޭނާގެ މަގާމުގެ ދިފާއުގައި ނަޒާހާ މުޒާހަރާގައި ބުންޏެވެ.

އެއާއެކު، މުޒާހަރާ ކުރަން ތިބި ޒުވާނުން ވަނީ ނަޒާހާގެ ވާހަކަތަކާ މެދު ހިތްހަމަނުޖެހި "ކަމަކު ނުދޭ، ކަމަދު ނުދޭ،" ކަމަށް ބުނެ އަޑުގަދަކޮށްފަ އެވެ. އަދި އޭނާގެ އިސްތިއުފާއަށް ވެސް ގޮވާލި އެވެ.

މި ހާދިސާ ހިނގިފަހުން ނަޒާހާ ވަނީ އޭނާ ހިންގާ "ދެނޯ" ޕޭޖު މެދުވެރިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕޮޑްކާސްޓެއް ވެސް ގެނެސްދީފަ އެވެ. އޭނާ ފާހަގަވެފައިވަނީ ސޯޝަލް މީޑިއާގައީ ރައީސް މުއިއްޒުގެ ސިޔާސަތާއި އެމަނިކުފާނު ދިފާއު ކުރައްވައި ވާހަކަ ދައްކާ ކޮންޓެންޓް ކްރިއޭޓަރެއްގެ ގޮތުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox