ވަގު ފޯމެއްގައި ޑީއެންއާރުގެ މުވައްޒަފެއް ސޮއިކޮށްފައި އޮތް ނަމަ ފިޔަވަޅު އަޅާނެ ކަމަށް އިހުސާން ވިދާޅުވެއްޖެ

Apr 23, 2025, 4:37 AM
ޑީއެންއާރުގެ އޮފީސް ތެރޭގައި ޕީއެންސީއަށް ފޯމު ފުރިއިރު މިނިސްޓަރު އިހުސާން އެތަނުގައި: ވިދާޅުވީ އެއްވެސް މުވައްޒަފެއްގެ މައްސަލައެއް އޮތް ކަމަށް އިދާރާއަކުން ނުބުނާ ކަމަށް -- ފޮޓޯ: ފައިލް

ޑީއެންއާރުގެ އޮފީސް ތެރޭގައި ޕީއެންސީއަށް ފޯމު ފުރިއިރު މިނިސްޓަރު އިހުސާން އެތަނުގައި: ވިދާޅުވީ އެއްވެސް މުވައްޒަފެއްގެ މައްސަލައެއް އޮތް ކަމަށް އިދާރާއަކުން ނުބުނާ ކަމަށް -- ފޮޓޯ: ފައިލް

ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްއަށް އެތައް ހާސް ވަގު ފޯމެއް ފުރައިގެން މީހުން ވެއްދި މައްސަލައިގައި، ވަގު ފޯމެއްގައި ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންގެ މީހަކު ސޮއިކޮށްފައި އޮތް ނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި ވާހަކަ ދައްކަވަމުން އިހުސާން މިއަދު ވިދާޅުވީ، ހޯމް މިނިސްޓްރީ އަދި އެތަނުގެ ދަށުން ހިންގާ ޑީއެންއާރުގެ މުވައްޒަފަކު ސައްހަ ނޫން ފޯމެއްފައި ސޮއިކޮށްފައިވާކަން އެއްވެސް އިދާރާއަކުން އަދި އަންގާފައިނުވާ ކަމަށެވެ.

"މިއަދާ ހަމައަށް ދައުލަތުގެ އެއްވެސް އިދާރާއަކުން އަންގާފައެއް ނެތް އަޅުގަނޑުމެންގެ މިނިސްޓްރީގެ އިސް ވެރިއަކު [ސައްހަ ނޫން ފޯމެއްގައި] ސޮއިކޮށްފައި އެއީ މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައެއް. އެކަން އަޅުގަނޑުމެންނަށް އަންގާ ދުވަހަކީ އެއީ ކޮންމެ މުވައްޒަފަކަށް ވިޔަސް އިސްތިސްނާއެއް ނުކޮށް އެ މުވައްޒަފަކާ ދޭތެރޭ އަޅުގަނޑުމެން ފިޔަވަޅު އަޅާނެ ދުވަސް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިހުސާން އެހެން ވިދާޅުވި ނަމަވެސް ޑީއެންއާރުގެ އޮފީހުގެ ތެރޭގައި ސޮއި ކުރި ކަމަށް އެތަނުގެ އިސް ވެރިން ވަނީ ބުނެފަ އެވެ. ފޯމު ފުރި މަންޒަރުގެ ފޮޓޯތައް އާންމުވެފައިވާއިރު އެއިން ފެންނަނީ ޑީއެންއާރް އަދި ހޯމް މިނިސްޓްރީގެ ބައެއް މުވައްޒަފުން އެކަނި ތިބެގެން ފޯމު ފުރާ މަންޒަރެވެ. އެ މުވައްޒަފުން ސޮއި ކުރަނީ ހެކިންގެ ގޮތުގަ އެވެ. އެކަމަކު، ފޯމުގައިވާ ގޮތުން ހެކިންގެ ގޮތުގައި ސޮއި ކުރާ މީހުން ސޮއި ކުރަންޖެހެނީ ޕާޓީއަށް ވަންނަ މީހާގެ ހާޒިރުގަ އެވެ.

އޭގެ އިތުރުން، މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިހުސާން ވަނީ ޑީއެންއާރުގައި ރައްކާކޮށްފައި ހުރި ޑޭޓާތަކުގެ ރައްކާތެރިކަން ކަށަވަރު ކުރައްވާފައިވާނެ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެންނަށް ޔަގީންކަން ދޭން ކެރޭނެ ކަމަކީ އަޅުގަނޑުމެންގެ މި ދައުރު ތެރޭގައި ޑީއެންއާރުގެ ޑޭޓާ ބޭސް އެގޮތަށް ކޮމްޕްރޮމައިޒްވެފައެއް ނޯންނާނެކަން. އަދި މީގެ ފަހުން އެހެން ސަރުކާރެއް އަޔަސް މިހާރު ހުރި މެޝާސްތަކާއެކުގައި ޑޭޓާ ކަށަވަރުވެގެންދާނެކަން އަދި މީގެ ރައްކާތެރިކަން ކަށަވަރު ކުރެވިގެންދާނެކަން،" އޭނާ ވިދާޅުވި އެވެ.

ވަގު ފޯމު ފުރައިގެން ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްއަށް މީހުން ވައްދާކަން ފަޅާއެރިފަހުން، ނިމިދިޔަ 2024 ވަނަ އަހަރުގެ ފަހު ތިން މަސްދުވަސް ތެރޭ އެ ޕާޓީއަށް 39،985 މީހުން ވައްދާފައި އޮތްކަން އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

މައުލޫމާތު ހޯދުމާއި ލިބުމުގެ ހައްގުގެ ދަށުން "އަދަދު" އިން އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހޯދި މައުލޫމާތުތަކުން އެނގޭ ގޮތުގައި ޑިސެމްބަރު، 2024، ގެ ނިޔަލަށް ޕީއެންސީއަށް 68،968 މީހުން ވަނީ ރަޖިސްޓްރީކޮށްދީފަ އެވެ.

އިލެކްޝަންސްގެ ވެބްސައިޓުން ފެންނަން ހުރި މައުލޫމާތުތަކަށް ބަލާއިރު ސެޕްޓެމްބަރު 19، 2024، ގެ ނިޔަލަށް ޕީއެންސީގައި ތިބީ 28،983 މީހުންނެވެ. އެހެންކަމުން ސެޕްޓެމްބަރު 19، އިން ފެށިގެން ޑިސެމްބަރު 31، ގެ ނިޔަލަށް ހިނގައިދިޔަ ތިން މަހާއި 12 ދުވަހުގެ ތެރޭގައި އެ ޕާޓީއަށް 39،985 މީހުން އޮތީ ވައްދަައިފަ އެވެ.

ޕީއެންސީއަށް މީހުން ވެއްދި ރޭޓަށް ބަލާއިރު އެއީ މަހަކު 13،000 އަށްވުރެ ގިނަ މީހުންނެވެ. ދުވާލަކަށް ބަލާއިރު އެއީ ކޮންމެ ދުވަހަކު 388 މީހުންނެވެ. އަދި ގަޑިއިރުން ގުނާ ނަމަ ކޮންމެ 60 މިނެޓަކު އެ ޕާޓީއަށް 16 މީހުން ވަނީ ރަޖިސްޓްރީކޮށްފަ އެވެ.

ޑިސެމްބަރު، 2024، ގެ ނިޔަލަށް ޕީއެންސީއަށް ރަޖިސްޓްރީކޮށްފައިވާ މީހުންގެ އަދަދަށް ބަލާއިރު އެއީ 18 އަހަރުން މަތީގެ އާބާދީގެ ގާތްގަނޑަކަށް 24 ޕަސެންޓު މީހުންނެވެ. އެއީ މިދިޔަ އަހަރު އޭޕްރީލް މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބުނީ 284،663 މީހުންނަށް ބަލާއިރު ފެންނަ ހިސާބެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox