ރާއްޖެ ސަސްޕެންޝަނުން ސަލާމަތްކުރުން އޮތީ ކްލަބްތައް އަތްމަތީގައި: މިނިސްޓަރު

Apr 22, 2025, 3:22 AM
ސްޕޯޓްސް މިނިސްޓަރު ރާފިއު (ކ) ފީފާގެ މެންބަރު އެސޯސިއޭޝަންގެ ސީނިއާ މެނޭޖަރު، މިސްރުގެ އަހްމަދު ހައްރާޒުއާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

ސްޕޯޓްސް މިނިސްޓަރު ރާފިއު (ކ) ފީފާގެ މެންބަރު އެސޯސިއޭޝަންގެ ސީނިއާ މެނޭޖަރު، މިސްރުގެ އަހްމަދު ހައްރާޒުއާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ސަސްޕެންޝަނަކުން ރާއްޖެ ސަލާމަތްކުރުމުގެ ބާރު މި ވަގުތަށް ބަލާއިރު އޮތީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މެމްބަރު ކްލަބްތަކުގެ އަތްމަތީގައި ކަމަށް ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ރާފިއު ވިދާޅުވީ، އޭނާ އެ މަގާމާ ހަވާލުވިއިރު ވެސް ރާއްޖޭގެ ފުޓްބޯޅަ އޮތީ "އައިސީޔޫގައި" ކަމަށެވެ. އެ ގޮތުން، ހާލަތު ބަދަލުކުރަން ކުރެވުނު މަސައްކަތްތަކުން ފުޓްބޯޅައިގެ ކަންކަމުގައި ކުރިއެރުންތަކެއް ވެސް ހޯދުނު ކަމަށާއި އެކަމަކު، އަދިވެސް ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަަމަށް ރާފިއު ވިދާޅުވި އެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ޑޮކްޓަރު ކަމާއި މެނޭޖަރުގެ ޒިންމާ ވެސް އަދާކުރެއްވި ރާފިއު ވިދާޅުވީ، އެފްއޭއެމް ހިންގުން ވަރަށް ދަށްވެފައި އޮތް ހާލަތެއްގައި މަގާމަށް އައިސް، މިނިސްޓްރީގެ ފަރާތުން ކަންކަން ރަނގަޅުކުރަން ދޭން ޖެހޭ ސަޕޯޓް ދީފައިވާނެ ކަމަށެވެ.

އެ ގޮތުން، ރާއްޖޭގެ އިގްތިސާދީ ހާލަތު އެންމެ ރަނގަޅަށް ނެތް ދަނޑިވަޅެއްގައި ވެސް ފުޓްބޯޅަ އަށް ހަރަދުކުރިކަން ރާފިއު ފާހަގަކުރެއްވި އެވެ.

އެއީ، މިދިޔަ އަހަރު ފުޓްބޯޅައިގެ ހަރަދުތަކަށް ތިން މިލިއަން ރުފިިޔާ އަށް ވުރެ ގިނައިން ހަރަދުކުރުމާއި ދާދި ފަހުން .ފުރަތަމަ ޑިވިޝަންގެ ކްލަބްތަކަށް (އެއް ކްލަބް ފިޔަވައި) އެތައް މިލިއަން ރުފިޔާ ހަރަދުކުރުމެވެ.

ރާއްޖޭގެ ފުރަަތަމަ ޑިވިޝަން މި މަހު އަށް ވަނަ ދުވަހު ފަށަން އެކި ގޮތްގޮތަށް މަސައްކަތްކުރެވުނުއިރު، ސަރުކާރުން ފައިސާ ދިނީ ވެސް އެ އަށް ބަލައިފަ އެވެ. އެކަމަކު، ސީޒަން ފެށުން އޮގަސްޓަށް ފަސްކުރަން ފީފާ އިން އެންގިއިރު، ފީފާ/އޭއެފްސީގެ ރުހުމާ އެކު ބާއްވަން މަސައްކަތް ކުރާ ވާދަވެރި މުބާރާތުގައި ވެސް ބައިވެރިވީ މަދު ޓީމުތަކެކެވެ.

"ބައެއް ޓީމުތަކުން އެދުނީ ސީޒަން ލަސްކުރަން. އެ ގޮތަށް ފީފާ އިން ވެސް އެ ނިންމީ އަޅުގަނޑު ދެކޭގޮތުގައި. އަޅުގަނޑުމެން އެންމެން މެޖޯރިޓީ ގޮތެއް ނުނިންމިއްޖިއްޔާ ގިނަ ފަހަރު ފީފާ އިން ނިންމާނީ ކަންތައްތައް. އެހެންމަ ރެސްޕޮންސިބިލިޓީ މިއޮތީ ކްލަބްތަކުގެ އަތުގައި، ފުޓްބޯޅައިގެ ކުރިއެރުން، ފުޓްބޯޅައިގެ ފިއުޗާ މި އޮތީ ފުޓްބޯޅައިގެ މެމްބަރު ކްލަބްތަކުގެ އަތުގައި، މެމްބަރު ކްލަބްތަކުން އެއްބަސްކިޔާފައި މެޖޯރިޓީ ކްލަބްތަކުން ބޭނުން ގޮތަކަށް ގެންދެވެން މި އޮތީ. ފުޓްބޯޅަ ކޮޅަށް ޖަހަން ކްލަބްތަކުން ބޭނުންވިއްޔާ އެއީ ވަރަށް ފަސޭހަކަމެއް،" ރާފިއު ވިދާޅުވި އެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ބަދަލުކުރަން ކުރެވުނު މަސައްކަތުގެ އަލީގައި، ފީފާ/އޭއެފްސީގެ ވަފުދެއް ރާއްޖެ ވަޑައިގެންނެވި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރާފިއު ވިދާޅުވީ އެ ވަފުދު، ރާއްޖެ ވަޑައިގެން، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެއް ކުރިއަށްދިޔައިރު، އެ ބައްދަލުވުމަށް ވެސް ހާޒިރުނުވާ ކްލަބްތަކެއް އޮތުމަކީ ކަންބޮޑުވުމެއް ކަމަށެވެ.

"މިއީ ވޯޓާ ވެސް ގުޅުން ހުރި ކަމެއް ނޫން. މި އުޅެނީ ވޯޓާ ހަމައަށް ދާން ކުރަން ޖެހޭ ކަންކަން ކުރުމަށް، އެ މަރުހަލާ ވެސް ނިމިގެން އެ ދިޔައީ، ދެން، އޮތީ ހިންގާ ގަވާއިދު ބަދަލުކޮށް، ދެން އެ އަށް ފަހު ވޯޓިން މަރުހަލާ އަށް ދިއުން. މިއީ ފުޓްބޯޅައިގެ މުސްތަގުބަލާއި އޮނިގަނޑު ބިނާކުރާނެ ގޮތް ކަނޑައެޅުމުގެ މަރުހަލާ މި ކަމުގައި އެންމެ އިސް މަސައްކަތެއް ކުރެވޭނީ މެމްބަރު ކްލަބްތަކަށް،" ރާފިއު ވިދާޅުވި އެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ބަދަލުކުރުމުގެ ގޮތުން، ތިން މަރުހަލާއެއްގައި ކަންކަން ފުރިހަމަވާން ޖެހޭ ކަމަށް ރާފިއު ވިދާޅުވި އެވެ. އެ ގޮތުން، ފީފާ އިން ދީފައިވާ އިރުޝާދުގެ ތެރެއިން، ކަންކަން ކުރިއަށްގެންދިއުން މުހިންމު ކަމަށް ވިދާޅުވި އެވެ.

"ހަގީގަތަކީ އަހަރެމެންގެ އެސޯސިއޭޝަން ދެ ވަަނަ ފަހަރަށް މި ސްޓޭޖަށް އައިސްފައި މި އޮތީ. އެސޯސިއޭޝަނަކަށް ދިމާވާނެ އެންމެ ބޮޑު އެއް ހިތްދަތިކަމަކީ، މި ސިޓުއޭޝަނަށް އައުން، ނޯމަލައިޒް ކުރުން. އެ އަށް ވުރެ ބޮޑަށް މި އޮންނަނީ އެއްކޮށް ސަސްޕެންޑްވުން، އެހެންވެއްޖިއްޔާ، ހުރިހާ ކްލަބްތަކެއް ޑިސޯލްވްވެގެންދިޔައީ. އެހެންމަ، ފުޓްބޯޅަ ރާއްޖޭގައި ކުރިއަރުވާނީތޯ ނޫނީ ފުޓްބޯޅަ ސަސްޕެންޑްކުރާނީތޯ، ނޫނީ ސަސްޕެންޝަނާ ހަމައަށް ދާނީތޯ މި އޮތީ (މެމްބަރު) ކްލަބްތަކުގެ އަތުގައި،" ރާފިއު ވިދާޅުވި އެވެ.

ފީފާ އިން ވަނީ އެފްއޭއެމްގެ ހިންގާ ގަވާއިދުގަައި ހުރި މެމްބަރު ކްލަބްތަކަށް ވޯޓު ދިނުމުގެ ހައްގު ލިބޭ ގޮތަށް ބަދަލު ގެނައުމަށާއި ކްލަބަކަށް ފުލް މެމްބަރުކަން ލިބޭނެ ގޮތް ކަނޑައެޅުމާއި އެފްއޭއެމް އިންތިހާބުގައި ވާދަކުރަން ކެންޑިޑެސީ ހުށަހަޅާއިރު، ހުރިހާ މެމްބަރު ކްލަބެއްގެ ހައްގުތައް ކަށަވަރުވާނެހެން ކަންކަން ބަދަލުކުރަން ލަފާދީފަ އެވެ.

ރާފިއު ވިދާޅުވީ، ފީފާ އިން އެފްއޭއެމްގެ އަސާސީ ގަވާއިދަށް ގެންނަން ދޭ ލަފާތައް އަޑުއަހައި، އެ ގޮތަށް އަމަލުނުކޮށްފިނަމަ، ދާދި ފަހުން ޕާކިސްތާނަށް ދިން ފަދަ ސަސްޕެންޝަނެއް އައުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އެފްއޭއެމްގެ ރައީސް ކަމަށް އަންނާނެ ފަރާތެއްގެ ވޯޓު ނެގުން އޮތީ އަދި ފަހުން ކަމަށާއި، މި ވަގުުތު ރާއްޖޭގެ ފުޓްބޯޅަ ސަލާމަތްކުރަން އިސްކަންދީގެން، އަސާސީ ގަވާއިދުގެ ބަދަލުތަކަށް މެމްބަރު ކްލަބްތަކުން ކަންކަން ކުރުމަކީ އެންމެ މުހިންމު ކަންތައް ކަމުގައި ދެކިގެން މަސައްކަތް ކުރަން ޖެހޭ ކަންތައް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox