ރާއްޖޭގެ ދެ ބިތުގައި އަސްކަރީ ވައިގެ މަރުކަޒުތަކެއް ގާއިމު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން: ރައީސް

ސިފައިންގެ އަހަރީ ޖަލްސާގައި ރައީސް މުއިއްޒު ވާހަކަދައްކަވަނީ؛ މިރޭގެ ޖަލްސާގެ ޝަރަފުވެރި މެހެމާނަކީ އެމަނިކުފާނު -- ފޮޓޯ: ރައީސް އޮފީސް

ސިފައިންގެ އަހަރީ ޖަލްސާގައި ރައީސް މުއިއްޒު ވާހަކަދައްކަވަނީ؛ މިރޭގެ ޖަލްސާގެ ޝަރަފުވެރި މެހެމާނަކީ އެމަނިކުފާނު -- ފޮޓޯ: ރައީސް އޮފީސް

އަމާޒަކީ މާ ދުރުނޫން މުސްތަގުބަލެއްގައި ދިވެހި އަސްކަރިއްޔާގައި އެއާފޯސްއަކާއި ނޭވީއެއް އުފައްދައި އާމީ ވެސް ވަކިން ހިންގުން ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރު ކުރުމަށް އެކި ވަސީލަތްތައް ހޯދަމުން ދަނީ ފަހުރުވެރިކަމާއެކު ކަމަށެވެ. އަދި އެ ކަމަކީ ގައުމީ ކަމެއްގެ ގޮތުގައި ސިފަ ކުރައްވައި ރައީސް ވިދާޅުވީ އަމާޒަކީ އެއާފޯސް އާއި ނޭވީ ވެސް ދިވެހި އަސްކަރިއްޔާގައި އުފެއްދުން ކަމަށެވެ.

"އަޅުގަނޑުގެ ތަސައްވުރަކީ މި މަސައްކަތް މިގޮތަށް ކުރަމުން ގެންގޮސް އިރާދަކުރެއްވިއްޔާ މާ ދުރު ނޫން މުސްތަގުބަލެއްގައި ދިވެހި ސިފައިންގެ ތެރޭގައި އެއާފޯސްއެއް އުފެދި ނޭވީއެއް އުފެދި އަދި އާމީ ވެސް އުފެއްދުން،" ރައީސް ވިދާޅުވި އެވެ.

"އެގޮތުން އިރާދަކުރެއްވިއްޔާ އެ ހިސާބަށް މި ދިވެހި ސިފައިން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ދިވެހި ސިފައިންގެ އަސްކަރިއްޔާގެ ބާރު ވަރުގަދަ ކުރަން މަސައްކަތް ކުރާނަން،"

ރައީސް ވިދާޅުވީ ދިވެހި އަަސްކަރިއްޔާގެ ގާބިލުކަން އިތުރު ކުރުމުގެ މަސައްކަތް ކުރާތީ އެކަމާ ދެކޮޅު ހަދައި އެކަމަށް ފާޑު ކިޔާ މީހުންނަކީ އެ މީހުންގެ ހިތުގައި ގައުމީ ކުލުނު ނެތް މީހުން ކަމަށެވެ.

ދިވެހި ފަސްގަނޑަށް އުފަން ކޮންމެ މީހެއްގެ ހިތުގައި ގައުމީ ލޯބި އޮންނަންޖެހޭނެ ކަމަށާއި ދިވެހި އަސްކަރިއްޔާ ވަރުގަދަ ވެގެން ދިޔުމަކީ ދިވެހި ފަހުރުވެރިވާން ޖެހޭ ކަމެއް ކަމަށް ރައީސް ހަރު އަޑުން ވިދާޅުވި އެވެ.

"ގައުމީ ގޮތުން ގައުމީ ބާރު، ދިފާއީ ބާރު ވަރުގަދަ ކުރުމަށްޓަކައި ކުރެވޭ މަސައްކަތަކީ މި މިނިވަން މުސްތަގިއްލު ގައުމުގެ ހިމާޔަތްތެރިކަމާއި ރައްކާތެރިކަމާއި މިނިވަންކަމަށްޓަކައި އެ މިނިވަންކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ ކަމެއް، ފަހުރުވެރިކަމާ އެކީ ކުރަންޖެހޭ ކަމެއް، ލަދުގަންނަން ޖެހޭ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

"އެކަމާ މަލާމާތް ކުރާ މީހުންނަކީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ގައުމިއްޔަތު ކަމެއް ނެތް، ގައިމީ ލޯތްބެއް ނެތް، މަވެތިކަމުގެ އިންތިހާއަށް ގޮސްފައިވާ ސިޔާސީ ގޮތުން ގޮސް ގައުމު ކޮންމެ ފަދަ ގޮތަކަށް ވެގެންދިޔަސް ވަރިހަމަ ވިސްނުމުގައި ތިބި ބައެއް،"

އެ ވިސްނުމުން ދިވެހި ގައުމު ސަލާމަތް ކުރުމަކީ ގައުމީ ލޯބި ހިތުގައި އޮތް ކޮންމެ މީހެއްގެ ވާޖިބެއް ކަމަށް ރައީސް ވިދާޅުވި އެވެ.

މިރޭގެ ވާހަކައިގައި ރައީސް ވަނީ ރާއްޖޭގެ އުތުރާއި ދެކުނުގައި ވައިގެ އަސްކަރީ މަރުކަޒުތަކެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވެފަ އެވެ. ނަމަވެސް ވައިގެ މަރުކަޒުތައް ގާއިމު ކުރަނީ ސީދާ ކޮން ސަރަހައްދެއްގައި ކޮން ފެންވަރެއްގައި ކަމެއް ރައީސް ވިދާޅެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox