‏އެކްސްބޮކްސް ގޭމްތައް ނިންޓެންޑޯ ސްވިޗް 2 ‏‏އަށް އަންނަނީ‏

މައިކްރޯސޮފްޓްގެ ‏ގޭމިންގ ޑިވިޝަންގެ ސީއީއޯ ފިލް ސްޕެންސަރ‏ -- ފޮޓޯ: އެކްސްބޮކްސް

މައިކްރޯސޮފްޓްގެ ‏ގޭމިންގ ޑިވިޝަންގެ ސީއީއޯ ފިލް ސްޕެންސަރ‏ -- ފޮޓޯ: އެކްސްބޮކްސް

‏ނިންޓެންޑޯ ސްވިޗް 2 އަށް އެކްސްބޮކްސް ‏‏ގޭމްތައް ގެނައުމަށް މައިކްރޯސޮފްޓުން ‏‏ގަސްދުކޮށްފައިވާ ކަމަށް އެކުންފުނިން ބުނެފި އެވެ. ‏

‏މިދިޔަ މަހު ނިންޓެންޑޯއިން އެ ކުންފުނީގެ އައު ‏‏ކޮންސޯލް، ނިންޓެންޑޯ ސްވިޗް 2 ‏‏ތައާރަފުކޮށްފައި ވާއިރު، ކުންފުނީގެ ގޭމިން ‏‏ޑިވިޝަންގެ ސީއީއޯ ފިލް ސްޕެންސާ ވިދާޅުވީ ‏‏އެ ކޮންސޯލަށް އެކްސްބޮކްސް ގޭމްތައް ‏‏ގެނައުމަށް މައިކްރޯސޮފްޓުން ގަސްދުކުރާ ‏‏ކަމަށެވެ. ‏

‏ވެރައިޓީއަށް ދެއްވި އިންޓަވިއުއެއްގައި ‏‏ސްޕެންސާ ވިދާޅުވީ ނިންޓެންޑޯ ސްވިޗް 2 ‏‏އަކީ އެކްސްބޮކްސް ނުވަތަ ޕީސީ ބޭނުންނުކުރާ ‏‏ކުޅުންތެރިންނާ ހަމައަށް ވާސިލުވުމަށް ލިބޭ ‏‏މުހިންމު ފުރުސަތެއް ކަމަށެވެ. އަދި މިކަމުގެ ‏‏ސަބަބުން އެކްސްބޮކްސްގެ ފްރެންޗައިޒްތަކަށް ‏‏އަހަންމިއްޔަތުކަން ދޭ މީހުންގެ އަދަދު ‏‏އިތުރުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ‏‎.‎

‎"‎‏ނިންޓެންޑޯއަކީ ވަރަށް މުހިންމު ޕާޓްނަރެއް. ‏‏އަޅުގަނޑުމެން ސްވިޗް 1 އަށް ސަޕޯޓް ދިނިން، ‏‏އަދި ސްވިޗް 2 އަށްވެސް ސަޕޯޓް ދޭން ‏‏ބޭނުން، ނިންޓެންޑޯއިން ގޭމިން ‏‏އިންޑަސްޓްރީއަށް ކުރާ އަސަރު ވަރަށް ބޮޑު. ‏‏އަޅުގަނޑުމެންގެ ފްރެންޗައިޒްތަކަށް އެމީހުންގެ ‏‏ސަޕޯޓް ލިބުމަކީ އަޅުގަނޑުމެންގެ ‏‏މުސްތަޤުބަލަށް ވަރަށް މުހިންމު ކަމެއް‏‎،" ސްޕެންސާ ވިދާޅުވިއެވެ.‏

‏ނިންޓެންޑޯ ސްވިޗް 2 އަކީ 2025 ވަނަ އަހަރު ‏‏ނެރުމަށް ހަމަޖެހިފައިވާ ކޮންސޯލެކެވެ. މި ‏‏ކޮންސޯލަށް މާރިއޯ ކާޓް ވޯލްޑް އަދި ޑޮންކީ ‏‏ކޮންގ ބަނާންޒާ ފަދަ ނިންޓެންޑޯގެ އަމިއްލަ ‏‏ގޭމްތަކުގެ އިތުރުން އެހެނިހެން ޑިވެލޮޕަރުންގެ ‏‏ގޭމްތައްވެސް ނެރުމަށް ވަނީ ހަމަޖެހިފައެވެ‏‎.‎

‏ނިންޓެންޑޯގެ އައު ކޮންސޯލަށް ‏‏އެކްސްބޮކްސްއިން ސަޕޯޓް ދޭނެ ކަމަށް ފިލް ‏‏ސްޕެންސަރ ކުރިން ވެސް ވަނީ ‏‏ކަށަވަރުކޮށްދެއްވާފައެވެ. އެޕްރީލް 2 ގައި ‏‏ބޭއްވުނު ނިންޓެންޑޯ ޑައިރެކްޓް ‏‏ޕްރެޒެންޓޭޝަންގައި މައިކްރޯސޮފްޓުން އެއްވެސް ‏‏ގޭމެއް ސްވިޗް 2 އަށް އަންނާނެ ކަމަށް ‏‏އިޢުލާނު ނުކުރި ނަމަވެސް، އެކްސްބޮކްސްގެ ‏‏ބައެއް ގޭމްތައް މި ކޮންސޯލަށް އަންނާނެ ކަމަށް ‏‏ރިޕޯޓުތަކުގައި ބުނެއެވެ‏‎.

‏މި އަހަރުގެ ކުރީކޮޅު، އިންޑަސްޓްރީ ‏‏އިންސައިޑާ ނޭޓްދަހޭޓް ވަނީ 2025 ގައި ‏‏މައިކްރޯސޮފްޓް ފްލައިޓް ސިމިއުލޭޓަރ 2024 ‏‏އަދި ހޭލޯ: ދަ މާސްޓަރ ޗީފް ކަލެކްޝަން ‏‏ނިންޓެންޑޯ ސްވިޗް 2 އަދި ޕީއެސް5 އަށް ‏‏ނެރޭނެ ކަމަށް ލަފާކޮށްފަ އެވެ. މީގެ އިތުރުން، ‏‏ވިންޑޯސް ސެންޓްރަލްގެ ރިޕޯޓެއްގައި ‏‏ބުނެފައިވަނީ ސެނުއާސް ސާގާ: ހެލްބްލޭޑް 2، ‏‏އޭޖް އޮފް މައިތޮލޮޖީ: ރިޓޯލްޑް އަދި ގިއަރސް ‏‏އޮފް ވޯ: އަލްޓިމޭޓް އެޑިޝަން ފަދަ ގޭމްތައް ‏‏ޕީއެސް5 އަދި ނިންޓެންޑޯ ސްވިޗް 2 އަށް މި ‏‏އަހަރު ނެރުމަށް މައިކްރޯސޮފްޓުން ރާވާ ‏‏ކަމަށެވެ‏‎.

މިހާތަނަށް މައިކްރޯސޮފްޓުން ‏‏އެއްވެސް ގޭމެއް ސްވިޗް 2 އަށް އަންނާނެ ‏‏ކަމަށް ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ. ‏‏އެހެންނަމަވެސް، ސްޕެންސަރ އޭނާގެ އެންމެ ‏‏ފަހުގެ އިންޓަވިއުގައި ފާހަގަކުރެއްވި ފަދައިން، ‏‏މައިކްރޯސޮފްޓުން ވަނީ ކުރިންވެސް ނިންޓެންޑޯ ‏‏ސްވިޗަށް ސަޕޯޓް ދީފައެވެ. މިގޮތުން، މިދިޔަ ‏‏އަހަރު މައިކްރޯސޮފްޓުން އިޢުލާނުކުރީ އެ ‏‏ކުންފުނީގެ ހަތަރު ގޭމެއް ނިންޓެންޑޯ ސްވިޗް ‏‏އަދި ޕީއެސް5 އަށް ނެރޭނެ ކަމަށެވެ‏‎.‎

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox