ނިންޓެންޑޯ ސްވިޗް 2 ނެރުނުތާ ހަތަރު ދުވަހުގެ ތެރޭގައި އާ ރެކޯޑެއް ހަދައިފި

ނިންޓެންޑޯ ސްވިޗް 2 ނެރުނުތާ ހަތަރު ދުވަހުގެ ތެރޭގައި އާ ރެކޯޑެއް ހަދައިފި

ގޭމިން ދުނިޔެއަށް ގުޑުން އަރުވާލައި، ނިންޓެންޑޯ ސްވިޗް 2 ބާޒާރަށް ނެރުނުތާ އެންމެ ހަތަރު ދުވަހުގެ ތެރޭގައި 3.5 މިލިއަނަށްވުރެ ގިނަ ޔުނިޓް ވިއްކައިގެން މުޅިން އާ ރެކޯޑެއް ހަދައިފި އެވެ.

މިއީ މިހާތަނަށް އެންމެ އަވަހަށް ވިކުނު ގޭމިން ކޮންސޯލްގެ ރެކޯޑް އެވެ. މި ބޮޑު ކާމިޔާބީއަކީ ގޭމިން ދާއިރާގެ ތަޖުރިބާކާރުން ކުރިންވެސް އަންދާޒާކޮށްފައިވާ ކަމެކެވެ.

މަޝްހޫރު އެނަލިސްޓެއް ކަމަށްވާ ކަންޓަން ގޭމްސްގެ ސީއީއޯ، ޑރ. ސާކަން ޓޯޓޯ ވަނީ ސްވިޗް 2 ނެރުމުގެ ކުރިންވެސް، އެއިން މިފަދަ ރެކޯޑެއް މުގުރާލާނެ ކަމަށް ލަފާކޮށްފަ އެވެ. އޭނާގެ އަންދާޒާތައް މިވަނީ ސީދާ ހަގީގަތަކަށް ވެފަ އެވެ.

Advertisement

މިހާ ބޮޑު ތަރުހީބެއް ލިބުމުގެ ފަހަތުގައިވާ އެންމެ ބޮޑު އެއް ސަބަބަކީ، ކުރީގެ ނިންޓެންޑޯ ސްވިޗް ބޭނުންކުރާ 140 މިލިއަނަށްވުރެ ގިނަ ޔޫޒަރުން ތުބުމެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ވަނީ އާ ކޮންސޯލްއަށް އަޕްގްރޭޑްކޮށްފަ އެވެ.

ސްވިޗް 2 ގެ ރަސްމީ އަގަކީ 400 ޑޮލަރު ކަމަށްވާއިރު، އޭގެ ގޭމްތައް ވިއްކަމުން އަންނަނީ 70 ޑޮލަރުގައެވެ.

އާ ކޮންސޯލްގައި ކުރީގެ ސްވިޗްއާ ހިލާފު، ފާހަގަކޮށްލެވޭ ފީޗާތަކެއް އެކުލެވެއެވެ. އޭގެ ތެރޭގައި 8 އިންޗީގެ ބޮޑު އެލްސީޑީ ސްކްރީނަކާއި، ޖޮއި-ކޮން ކޮންޓްރޯލާތައް މެގްނެޓިކް ނިޒާމަކުން ކޮންސޯލާ ގުޅޭ ގޮތް ހިމެނެއެވެ. ނިންޓެންޑޯ ސްވިޗް 2 ގެ މި އާދަޔާޚިލާފު ކާމިޔާބީއާއެކު، ގޭމަރުން އަންނަނީ އުފާފާޅުކުރަމުންނެވެ.

2017 ވަނަ އަހަރު ބާޒާރަށް ނެރުނު ނިންޓެންޑޯ ސްވިޗް އަކީ ގޭމިން އިންޑަސްޓްރީއަށް މުޅިން އާ އުސްމިނެއް ގެނެސްދިން އުފެއްދުމެކެވެ. މީގެ އެންމެ ހާއްސަ ސިފައަކީ، ގޭގައި ޓީވީއަށް ގުޅައިގެން ކުޅޭ 'ހޯމް ކޮންސޯލެއް' ގެ ގޮތުގަޔާއި، ގެއިން ބޭރުގައި ހިފާގެންގުޅޭ 'ހޭންޑްހެލްޑް' ކޮންސޯލެއްގެ ގޮތުގައިވެސް ބޭނުންކުރެވުމެވެ.

މި 'ހައިބްރިޑް' ކޮންސެޕްޓަށް ވަރަށް ބޮޑު މަގުބޫލުކަމެއް ލިބި، މުޅި ދުނިޔޭގައި 141 މިލިއަނަށްވުރެ ގިނަ ޔުނިޓް ވިކިފައިވެ އެވެ. މިއާއެކު، ސްވިޗް ވެފައިވަނީ ތާރީހުގައިވެސް އެންމެ ގިނައިން ވިކުނު ކޮންސޯލްތަކުގެ ތެރޭގައި ހިމެނޭ އުފެއްދުމަކަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރޭކްތައް އަންނަ ގޮތުން "ލީގުގެ ފީލްއެއް ނީނދޭ": އާތީ

ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލަން ޖެހުމުން ކުޅުންތެރިންގެ ފިޓްނަސް އާއި ޕާފޯމަންސަށް އަސަރުކޮށް، ލީގުގެ އަސްލު ފޯރި ނުލިބޭ ކަމަށް ޓީސީގެ ކޯޗު އާތީ ބުނެފި. އާތީ ފާހަގަކުރި ގޮތުގައި ގިނަ ދުވަސްތަކެއްގެ ބްރޭކްތަކުގެ ސަބަބުން ޓީމުތަކުގެ ކޮންޓިނިއުޓީ ގެއްލި، މެޗުތަކަށް ތައްޔާރުވުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވޭ

ފީފާގެ އިންތިހާބުގައި އަރަބިންގެ ތާއީދު އިންފަންޓީނޯ އަށް

އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ތާއީދުކުރުމަށް 22 ގައުމު ހިމެނޭ އަރަބް ފުޓްބޯޅަ ޔޫނިއަން (ޔޫއޭއެފްއޭ) އިން ނިންމައިފިއެވެ. އިންފަންޓީނޯއާ އެކު ޖުމްލަ ތިން ކެންޑިޑޭޓުން ވާދަކުރާ މި އިންތިހާބުގައި، އޭޝިއާ އާއި އެފްރިކާގެ ގައުމުތަކުގެ ބޮޑު ތާއީދަކާއެކު އޭނާއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވެއެވެ. ފީފާގެ އާ ރައީސަކު ހޮވުމަށް ވޯޓުލުން އޮންނާނީ އަންނަ އަހަރުގެ މާޗް މަހު މޮރޮކޯގައި ބާއްވާ ފީފާ ކޮންގްރެސްގައެވެ.

އިންޑިއާގެ ލެޖެންޑުން ފުޓްބޯޅަ ރައީސްގެ ޝަކުވާ ސަރުކާރަށް

އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ކަލްޔާން ޗޯބޭގެ އިތުބާރު ނެތްކަމުގެ މައްސަލަ، ބައިޗުން ބުޓިއާ ހިމެނޭހެން އެ ގައުމުގެ 14 ލެޖެންޑުން ސްޕޯޓްސް މިނިސްޓަރަށް ހުށަހަޅައިފި. މި ސިޓީގައި ފާހަގަކޮށްފައިވަނީ ފެޑެރޭޝަންގެ މާލީ ހާލަތު ގޯސްވެ ބަނގުރޫޓުވަމުންދާ ކަމަށް

ސުޒޭނާއި މޯހަންގެ ދުލުން: ބަދުނަސީބާއި ހައްލެއްގެ ވާހަކަ!

ސަރަހައްދުގެ އެހެން ގައުމުތަކުން ބޭރުގައި އުޅޭ އެ ގައުމުތަކުގެ ދަރިފަސްކޮޅުގެ ކުޅުންތެރިންނަށް ރަށްވެހިކަން ދީގެން ގައުމީ ޓީމުތައް ވަރުގަދަކުރަމުންދާއިރު، ރާއްޖެއަށް އެ ފުރުސަތު ކުޑަކަމަށް ކުރީގެ ކޯޗުން ފާހަގަކުރެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅައަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް އެކަށީގެންވާ ނިޒާމެއް ނެތްކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.

ވޭގާގެ ނަމެއް ނެތް، ފީފާ އިންތިހާބުގައި ތިން ކެންޑިޑޭޓުން!

އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި ވާދަކުރާ ތިން ކެންޑިޑޭޓުންގެ ނަން އިއުލާނުކުރިއިރު، ކުރީގެ ކުޅުންތެރިޔާ ރަމޮން ވޭގާގެ ނަން ޝަރުތު ހަމަނުވުމުގެ ސަބަބުން ވަނީ ބާކީވެފައި. މި އިންތިހާބުގައި ވާދަކުރައްވަނީ މިހާރުގެ ރައީސް އިންފަންޓީނޯގެ އިތުރުން ފްރާންސްގެ ފިލިޕޭ ޑިއާލޯ އަދި ޖަޕާނުގެ ކޯޒޯ ޓަޝީމާ

އަނިޔާއިން ރަނގަޅުވެ އިލާން އެނބުރި އަންނަން ތައްޔާރު

ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ދެ މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރުމަށްފަހު، މާޒިޔާގެ ފޯވާޑް މުހައްމަދު އިލާން އިމްރާން އަލުން ކުޅުމަށް އެނބުރި އަންނަން ތައްޔާރުވެއްޖެ. މި އަނިޔާގެ ސަބަބުން އިލާނަށް ސާފް ޗެމްޕިއަންޝިޕާއި ލީގުގެ މުހިންމު މެޗުތަކެއް ގެއްލުނު ނަމަވެސް، އޭނާ މިހާރު ވަނީ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައި

ފީފާ އިން ނޭޕާލްގެ ސަސްޕެންޝަން އުވާލަނީ؟

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލް ފުޓްބޯޅަ ފެޑެރޭޝަނަށް ދީފައިވާ ސަސްޕެންޝަން، ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި އުވާލާނެ ކަމަށް ނޭޕާލުން ވަނީ ބުނެފައި. މި ސަސްޕެންޝަން އުވާލުމަށް ނޭޕާލް ސަރުކާރުގެ މަންދޫބުން ފީފާ އާއި އޭއެފްސީއާ އެކު މަޝްވަރާކޮށްފައި

Newsletter

Get the latest news delivered straight to your inbox