ތިމާވެށީގެ ޖޫރިމާނާ ނުލިބޭ މައްސަލަ ހައްލުކުރެވޭނީ ގާނޫނުތައް ބަދަލުކޮށްގެން ކަމަށް އިދާރާތަކުން ބުނެފި

ރަސްފަރީ ފަރަށް އެރި ބޯޓެއް: މިހާތަނަށް އެންމެ ބޮޑު ޖުރިމަނާއެއް ދެއްކީ މި ބޯޓުން -- ފޮޓޯ: އެމްއެންޑީއެފް

ރަސްފަރީ ފަރަށް އެރި ބޯޓެއް: މިހާތަނަށް އެންމެ ބޮޑު ޖުރިމަނާއެއް ދެއްކީ މި ބޯޓުން -- ފޮޓޯ: އެމްއެންޑީއެފް

ތިމާވެއްޓަށް ގެއްލުން ދިނުމުގެ މައްސަލަތަކުގައި ކުރާ ޖޫރިމަނާ ފައިސާ ހޯދޭޏީ މިހާރު ހުރި ގާނޫނުތައް ބަދަލުކޮށް ކަމާބެހޭ ވުޒާރާތަކާއި އެންވަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އެއް ކަމަކަށް އެއްބަސްވެ، ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގައި އިދާރާތަކުން މިއަދު ބުނެފި އެވެ.

މިފަދަ މައްސަލަތަކާ ގުޅިގެން ކުރާ ޖޫރިމަނާތައް ނުލިބޭ މައްސަލަ ދިރާސާކުރަމުން އެންވަރަމަންޓު އެންޑް ކްލައިމެޓު ޗޭންޖު ކޮމިޓީގައި މިހެން ވިދާޅުވީ އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމެވެ. އޭނާ މިހެން ވިދާޅުވީ ގުދުރަތީ މާހައުލަށް ބޮޑެތި ގެއްލުންތަކެއް ލިބޭ މައްސަލަތަކުގައި ހަމަ އެއްވެސް ހައްލެއް ނެތީތޯ ސުވާލުކޮށް މެންބަރަކު ކަންބޮޑުވުން ފާޅުކުރެއްވުމުންނެވެ.

ނައީމް ވިދާޅުވި ގޮތުގައި ފައިސާ ހޯދުމުގައި ގިނަ ދަތިތަކެއް އެބަހުއްޓެވެ. އެއް ކަމަކަށް އޭނާ ފާހަގަކުރެއްވީ ޖޫރިމަނާ ކުރާ ބޯޓުތަކަށް ރާއްޖޭގެ ސަރަހައްދުގައި އެެއްވެސް ހުރަހެއް ނެތި ހަރަކާތްތެރިވެވޭ މައްސަލަ އެވެ. އަދި ޖޫރިމަނާ ދައްކަން އޮތަސް ސަރުކާރުން އެ މައްސަލަތަކުގައި ޝާމިލުވާ ވިޔަފާރިތަކާ ވިޔަފާރީގެ މުއާމަލާތްކޮށް ފައިސާ ދެމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ފަރާތްތަކަށް ސަރުކާރުގެ ފަރާތުން ދޭން ޖެހޭ ފައިސާ ވެސް، ހަމަ އެ ޖޫރިމަނާގެ އަދަދު 300 މިލިއަން، 400 މިލިއަން، އެހެން ހުރި ކަމުގައިވިިޔަސް، ސަރުކާރުން އެ މީހުންނަށް ދައްކަން ޖެހޭ ލާރީތައް ވެސް ހަމަ ބަރާބަރަށް ދައްކަމުންދޭ. މި މީހުންނަކަށް ނެތް މާ ބޮޑު ހުރަހެއް ނެތް މިޔަކު ޖޫރިމަނާއެއް އޮތަސް. މިކަމުގައި އޮޕަރޭޓުކުރުމުގައި،" އޭނާ ވިދާޅުވި އެވެ.

އެހެން މައްސަލައެއްގެ ގޮތުގައި ނައީމް ފާހަގަކުރެއްވީ ރާއްޖޭގެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ އިންޝުއަރެންސް ކުޑަ މައްސަލަ އެވެ. އޭނާ ވިދާޅުވީ އެ ފަދަ ބޯޓުތަކުން އޮންނަނީ ވަރަށް ކުޑަ، މިނިމަލް ކަވަރޭޖު ލިބޭ ވަރުގެ އިންޝުއަރެންސެއް ކަމަށެވެ.

އެހެން ދިމާވަނީ، ނައީމް ގަބޫލުކުރައްވާ ގޮތުގައި، ރާއްޖެ ދަތުރުކުރާ އުޅަނދުފަހަރުގެ އިންޝުއަރެންސާ ގުޅޭ ރަނގަޅު އުސޫލުތަކެއް ހެދިފައި ނެތުމެވެ. އަދި އިންޝުއަރެންސް ފުރިހަމަ ނުވިޔަސް ރާއްޖެ ދަތުރުކުރެވޭ ކަމަށާއި އެ މައްސަލަ ހައްލުކުރެވޭނީ ގަވާއިދުތައް ބަދަލުކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަށް ހައްލެއް ހުށަހަޅުއްވަމުން އޭނާ ވަނީ މިގޮތަށް ޖޫރިމަނާ ކުރެވޭ އުޅަނދުފަހަރާއި އެ އުޅަނދުތަކުގެ ވެރިންނަށް ރާއްޖޭގައި ހަރަކާތްތެރިވުމުގައި ކޮންމެ ވެސް ހުރަސްތަކެއް އަޅަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ކޯޓަށް ނުގޮސް، ކޯޓުން ބޭރުން މައްސަލަތައް ހައްލުކުރަން ފަސޭހަވާނެ ކަހަލަ ގޮތަކަށް ކަންކަން އިންތިޒާމް ކުރަން ވެސް އޭނާ ހުށަހެޅުއްވި އެވެ.

މި މައްސަލައިގައި އޭޖީ އޮފީހުން ވަނީ ޖޫރިމަނާތައް ތަންފީޒުކުރަން ހުރި ގޮންޖެހުންތައް ވެސް ކޮމިޓީއާ ހިއްސާކޮށްފަ އެވެ. އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި އޭޖީ އޮފީހުން ފާހަގަކުރީ މިފަދަ މައްސަލަތަކުގައި މިހާރު އޮންނަ އިޖުރާއަތްތަކެވެ.

އެ ގޮތުން ޖޫރިމަނާ ކުރުމުން، އެންވަރަމަންޓު މިނިސްޓްރީގައި ވެސް މައްސަލަ އިސްތިއުނާފު ކުރެވޭ ކަމަށާއި މިހެން ހެދުމުން، ކޯޓަށް މައްސަލަ ހުށަހަަޅާފައި އޮއްވައި އަނބުރާ ގެންނަން ޖެހިފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ. ދެން އެ މައްސަލަ އަލުން ކޯޓަށް ހުށަހެޅެނީ މިނިސްޓަރު އެކަމާ މެދު ގޮތެއް ނިންމުމުން ކަމަށް އޭޖީ އޮފީހުން ބުންޏެވެ

މައްސަލަ ކޯޓަށް ހުށަހެޅުމުން ވެސް ދަތިތަކާ ދިމާވާ ކަމަށް އޭޖީ އޮފީހުން ބުންޏެވެ. މިހާތަނަށް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން އެންމެ މައްސަލައެއް ނިމިފައިވާއިރު، އެ މައްސަލައިގައި ވެސް ފައިސާ ހޯދަން ޖެހިފައި ވަނީ ބޯޓު ވިއްކާލައިގެން ކަމަށް އެ އޮފީހުގެ ވަކީލު ބުންޏެވެ. ބޯޓު ވިއްކާލުމުގެ ކަންކަން ކުރަން ހުކުމް ތަންފީޒުކުރުމުގެ އަމުރަކަށް އެދިފައިވާނެ ކަަމަށް އޭނާ ބުންޏެވެ.

އޭޖީ އޮފީހަށް ދިމާވާ އަނެއް މައްސަލައަކީ ފަރަށް އަރާ ބޯޓު ފަހަރުގެ ވެރިންނަކީ ބޭރުގެ ވިޔަފާރިތަކަށް ވުމެވެ. އެހެންވެ، ދެން އޮންނަ ގޮތަކީ އެ ބޯޓުގެ ރާއްޖޭގެ އެޖެންޓާ ދެކޮޅަށް ދައުވާކުރުން ކަމަށް އޭނާ ވިދާޅުވި އެވެ. މިއާ އެކީގައި އިތުރު މައްސަލަތަކެއް ނިކުމެ، ކޯޓު މަރުހަލާ ދިގުލައިގެންދާ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

"އަޅުގަނޑުމެން ދައުވާ ކުރާ ކޮންމެ ފަހަރެއްގައި އެޖެންޓު އެބަ ނަގާ އިޖުރާއީ ނުކުތާއެއް ސެއިން ތިމަންނަމެންނަކީ ހަމައެކަނި އެޖެންޓޭ، ތިމަންނަމެންގެ ޒިންމާއަކީ މި ހިސާބަށޭ މި އޮންނަނީ. އެހެންމަ ތިމަންނަމެންނެއް މި ލަޔަބިލިޓީ ނަގާކަށް ނުޖެހޭނެ ކަމަށް ވިދާޅުވެ،" އޭޖީ އޮފީހުގެ ވަކީލު ވިދާޅުވި އެވެ.

ކޮމިޓީގައި އެންމެ ފުރަތަމަ ވާހަކަ ދެއްކި، އެންވަރަމަންޓު މިނިސްޓްރީގެ މަންދޫބު ވެސް ވަނީ ގާނޫނީ ގޮތުން ހުރި ހުރަސްތައް ފާހަގަކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި މިއީ ވަރަށް ޒަމާންވީ، ހައްލު ހޯދަން ބޭނުންވެފައި އޮތް ބޮޑު މައްސަލައެއް ކަމަށެވެ.

މިހާތަނަށް ތިމާވެއްޓަށް ގެއްލުން ދީގެން 51 މައްސަލައެއްގައި ފަސް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޖޫރިމަނާކޮށްފައިވާއިރު، ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރި ބޯޓުތަކާއި އެހެނިހެން ވިޔަފާރިތަކުގެ ތެރެއިން ޖޫރިމަނާ ދެއްކީ މަދު ބަޔެކެވެ. މިހާރު ކޮމިޓީން މަސައްކަތް ކުރަމުންދަނީ މި ފައިސާތައް ލިބޭނެ ގޮތެއް ހޯދައި، މުސްތަގުބަލުގައި މިހެން ލިބޭ ގެއްލުންތަކުގައި އަމަލުކުރާނެ ގޮތްތަކެއް ކަނޑައަޅަން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ދެނެގަތުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox