ޖޭއެސްސީ މެންބަރުންގެ ސުލޫކީ މައްސަލައެއް ބަލައިދިނުމަށް އެދި އަޒްމިރާލްދާ މަޖިލީހަށް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު، އަޒްމިރާލްދާ ޒާހިރު؛ އަޒްމިރާލްދާ ވިދާޅުވެފައި ވަނީ އޭނާގެ މައްސަލަތަކާމެދު ގޮތެއް ނިންމުމުގައި ޖޭއެސްސީ މެންބަރުން އަމަލު ކުރަންޖެހޭ ސުލޫކީ މިންގަނޑާ އެ މެންބަރުން ތަކުރާރުކޮށް ހިލާފުވެފައިވާ ކަމަށް -- ފޮޓޯ: އަހުމަދު އާއިދު / އަދަދު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު، އަޒްމިރާލްދާ ޒާހިރު؛ އަޒްމިރާލްދާ ވިދާޅުވެފައި ވަނީ އޭނާގެ މައްސަލަތަކާމެދު ގޮތެއް ނިންމުމުގައި ޖޭއެސްސީ މެންބަރުން އަމަލު ކުރަންޖެހޭ ސުލޫކީ މިންގަނޑާ އެ މެންބަރުން ތަކުރާރުކޮށް ހިލާފުވެފައިވާ ކަމަށް -- ފޮޓޯ: އަހުމަދު އާއިދު / އަދަދު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ސަސްޕެންޑު ކޮށްފައިވާ ޑރ. އަޒްމިރާލްދާ ޒާހިރުގެ މައްސަލަތައް ބެލުމުގައި ޖޭއެސްސީގެ މެންބަރުން އަމަލު ކުރަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށް ވިދާޅުވެ އެ މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް އަޒްމިރާލްދާ މައްސަލައެއް ހުށަހަޅައިފި އެވެ.

ޖޭއެސްސީ މެންބަރުންގެ ސުލޫކީ މައްސަލަ ބަލައިދިނުމަށް އެދި އަޒްމިރާލްދާ މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އޭނާގެ މައްސަލަތައް ތަހުގީގު ކުރުމުގެ ތެރޭގައި އެ ކޮމިޝަނުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ސުލޫކީ މިންގަނޑާ މެންބަރުން ތަކުރާރުކޮށް ހިލާފުވެފައިވާ ކަމަށެވެ.

އެ މައްސަލަ ބަލައި، ޖޭއެސްސީގެ މެންބަރުން އަމަލު ކުރައްވަން ޖެހިވަޑައިގަންނަވާ ސުލޫކީ މިންގަނޑުން ބޭރުން ކުރައްވަމުން ގެންދަވާ އަމަލުތައް ހުއްޓުވައި ފިޔަވަޅު އަޅައިދިނުމަށް އަޒްމިރާލްދާ މަޖިލީހަށް ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައިވެ އެވެ.

އެގޮތުން ޖޭއެސްސީ މެންބަރުން އަމަލު ކުރައްވަން ޖެހިވަޑައިގަންނަވާ ސުލޫކީ މިންގަނޑުން ބޭރުން ކުރައްވާފައިވާ ކަމަށް ވިދާޅުވެ އަޒްމިރާލްދާގެ ސިޓީގައި ހަ ކަމެއް ފާހަގަކުރައްވައި ތަފުސީލު ހިމަނުއްވާފައިވެ އެވެ.

އެއީ:

  1. ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގު ނިގުޅައިގަތުން
  2. އިންސާފުން އެއްކިބާވެ ހުރެ މައްސަލަ ބަލައި ވަކި ނަތީޖާއެއް ހާސިލު ކުރުމަށް މަސައްކަތް ކުރުން
  3. ފުރައްސާރަ ކުރުމުގެ ގޮތުން ކޮމިޝަނުގެ އިސްނެގުމަށް އެތައް އަހަރެއް ކުރިން ހިނގާފައިވާ ހާދިސާތައް ތަހުގީގުކުރާ ކަމަށް ބުނުން
  4. އިންސާފުން އެއްކިބާވެ އަމަލު ކުރުން
  5. އަޑުއެހުންތައް ސިއްރު ކުރުން
  6. ލިޔެކިޔުން ނުދިނުމާއި މައުލޫމާތު ސިއްރުކޮށް ގާނޫނީ ހައްގުތަކަށް ހުރަސްއެޅުން

އަޒްމިރާލްދާގެ މައްޗަށް ކުރަނީ އޭނާގެ ފިރިކަލުން މައްސަލައެއްގައި ހައްޔަރު ކުރުމުން، ބަންދުން ދޫކޮށްލުމަށް އެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމުގެ ތުހުމަތާއި މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓަށް ލިބެންޖެހޭ މުހިންމު ލިޔެކިޔުންތަކެއް ފޯރުކޮށްދިނުމަށް ދެކޮޅު ހަދައިގެން ހައި ކޯޓުގެ ކުރީގެ ރަޖިސްޓްރާ ހުސެއިން މުހައްމަދު ހަނީފު ހާޒިރުކޮށް ޖަވާބުދާރީ ކުރި ތަނުގައި އޭނާ އިންނެވި ކަމަށް ބުނާ މައްސަލަ އެވެ.

އެ ދެ މައްސަލަ ވެސް ޖޭއެސްސީން ތަހުގީގު ކުރަމުންދާއިރު، އެ މައްސަލަތަކުގައި އަޒްމިރާލްދާގެ ބަޔާން ނަގައި ޖޭއެސްސީން ވަނީ ނިންމައިފަ އެވެ.

އަޒްމިރާލްދާގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު، މަހާޒް އަލީ ޒާހިރު އާއި އެ ކޯޓުން އިސްތިއުފާދެއްވި ހުސްނުއްސުއޫދު ސަސްޕެންޑުކޮށް ސުލޫކީ މައްސަލަތަކެއް ބަލަން ފެށީ ސިޔާސީ ޕާޓީއަކުން ވަކިކޮށްފި ނަމަ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި ބަދަލު ބާތިލް ކުރަން ހުށަހަޅާފައި އޮތް މައްސަލައިގެ އަޑުއެހުމެއް ތާވަލުކުރި ދުވަހު އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ދަނިކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު ވަކި ކުރަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ވެރިކަން ކުރާ ޕީއެންސީން ފެބްރުއަރީ 27، ގައި ބިލެއް ވެސް ފާސްކުރި އެވެ. ނަމަވެސް އެ ބިލަށް ފާޑުކިޔުން އަމާޒުވުމުން ތަސްދީގު ނުކުރައްވައި ރައީސް މުއިއްޒު އަނބުރާ މަޖިލީހަށް ފޮނުވީ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ބަންޑާރަނައިބު އަހުމަދު އުޝާމް ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ ހުސްނުއްސުއޫދު ފަނޑިޔާރުކަމުން އިސްތިއުފާދެއްވީ އެއަށްފަހު އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑުކުރި މައްސަލަ ހުސްނުއްސުއޫދުގެ އިތުރުން އަޒްމިރާލްދާ ވަނީ އދ. އަށް ހުށަހަޅުއްވާފަ އެވެ. އަޒްމިރަލްދާ މައްސަލަ ހުށަހެޅުއްވީ ގާނޫނީ ވަކީލުންނާއި ފަނޑިޔާރުންގެ މިނިވަންކަމާ ބެހޭ އދ. ގެ ރެޕަޓުއާއަށެވެ. ހުސްނުއްސުއޫދު މައްސަލަ ހުށަހެޅުއްވީ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރުގެ އޮފީހަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރި މައްސަލައިގައި ޖަވާބުދާރީވުމަށް އދ އިން ދިވެހި ސަރުކާރަށް ވަނީ އަންގައިފަ އެވެ. ނަމަވެސް ސަރުކާރުން ރަސްމީކޮށް އަދި އެކަމުގައި އެއްވެސް އެއްޗެއް ނުބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox