ޕާކިސްތާނުން ހަ ދާއިރާއަކުން ތަމްރީން ހެދުމުގެ 50 ފުރުސަތު މާލެ ސިޓީ ކައުންސިލުން ހުޅުވާލައިފި

މާލެ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް: ޕާކިސްތާނުން ހަ ދާއިރާއަކުން ތަމްރީން ހެދުމުގެ 50 ފުރުސަތު ސިޓީ ކައުންސިލުން ވަނީ ހުޅުވާލާފައި -- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް: ޕާކިސްތާނުން ހަ ދާއިރާއަކުން ތަމްރީން ހެދުމުގެ 50 ފުރުސަތު ސިޓީ ކައުންސިލުން ވަނީ ހުޅުވާލާފައި -- ފޮޓޯ: މާލެ ސިޓީ ކައުންސިލް

ސްޓްރޯންގް ސިޓީޒް ނެޓްވޯކްގެ އޭޝިއާ ޕެސިފިކް ރީޖަން އިން މާލެ ސިޓީ ކައުންސިލަށް ޕާކިސްތާނުން ހަ ދާއިރާއަކުން ތަނަވަސްކޮށްދިން 50 ތަމްރީން ޕްރޮގްރާމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ޕާކިސްތާނަށް ދަތުރު ކުރުމުގެ ހަރަދާއި، ހުރުމާއި ކެއުން އަދި ކޯސް ފީގެ ހަރަދު ހަމަޖައްސައިދޭ އެ ތަމްރީން ޕްރޮގްރާމަށް ކުރިމަތިލާން ހުޅުވާލީ އޭޕްރިލް 20، 2025 ވާ އާދީއްތަ ދުވަހުގެ 2:00 ގެ ކުރިންނެވެ.

އޮންލައިން އެޕްލިކޭޝަން ފޯމް ފުރައިގެން ކަނޑައަޅާފައިވާ އޯލެވެލް އާއި ތައުލީމީ ސެޓްފިކެޓްތައް ނުވަތަ ގްރޭޑް 10 ލީވިން ސެޓްފިކެޓް އަދި އައިޑެންޓިޓީ ކާޑު އެޓޭޗް ކުރަން ޖެހޭނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ތަމްރީން ހަދަން ފުރުސަތު ލިބޭ މީހުންނަށް ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި މާލެ ސިޓީގައި ރަށްވެހިވެފައިވުމާއި އުމުރުން 18 އަހަރާއި 35 އަހަރުގެ ދެމެދުގެ ޒުވާނަކަށްވުން އަދި ގްރޭޑް 10 އާ ހަމައަށް ތައުލީމް ހާސިލްކޮށްފައިވުން ހިމެނެ އެވެ.

ތަމްރީން ފުރުސަތުތައް ހުޅުވާލި ދާއިރާތައް:

  • ހެލްތުކެއާ އެންޑް ސޯޝަލް ކެއާ
  • ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން
  • ޓީޗާސް އެންޑް އެޑިއުކޭޝަން ޕްރޮފެޝަނަލްސް
  • އައިޓީ އެންޑް ޑިޖިޓަލް ޕްރޮފެޝަންސް
  • ރީޓެއިލް ހޮސްޕިޓާލިޓީ އެންޑް ކަސްޓަމާ ސާވިސް
  • އެގްރިކަލްޗާ

ތަމްރީން ޕްރޮގްރާމަށް ހޮވޭ މީހުންގެ ނަންތައް ޝޯޓްލިސްޓުކޮށްފައި އެޕްރިލް 25، ގެ ކުރިން އަންގާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުންޏެވެ.

ތަމްރީން ހަދަން ޝޯޓްލިސްޓްކުރެވޭ މީހުން ޕާކިސްތާނަށް ދިޔުމަށް ހަމަޖެހިފައި ވަނީ މެއި ނުވަތަ ޖޫން މަހު އެވެ. އެތަނުގައި ތަމްރީން ހަދާނީ 12 ހަފްތާ އާއި 24 ހަފްތާއާ ދެމެދު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox