‏ސީފުޑްގައި ހުންނަ އާސެނިކަކީ ކުޑަކުދިންނަށް ‏‏ބޮޑު ނުރައްކަލެއް‏

ސިއްހީ މާހިރުން ލަފާދެއްވަނީ ސީފްޑްބާވަތްތައް ކެއުމުގައި ސަމާލުވުމަށް ---

ސިއްހީ މާހިރުން ލަފާދެއްވަނީ ސީފްޑްބާވަތްތައް ކެއުމުގައި ސަމާލުވުމަށް ---

‏ސީފުޑްގައި އެކުލެވޭ އާސެނިކް‏‎ ‎‏އަކީ ކުޑަކުދިންނަށް ‏‏ސިއްހީ ގޮތުން ނުރައްކާތަކެއް ކުރިމަތިވެދާނެ ‏‏މާއްދާއެއް ކަމަށް އާ ދިރާސާ އަކުން ‏‏ހާމަވެއްޖެ އެވެ. ‏

‏ޗައިނާގެ ޝެންޒެން ސެންޓަ ފޯ ޑިޒީޒް ‏‏ކޮންޓްރޯލްގެ ރިސާޗަރެއް ކަމަށްވާ ބޯ ފޫގެ ‏‏އިސްނެގުމުގެ ދަށުން، ޗައިނާގެ ޝެންޒެން ‏‏ސިޓީގައި ކުރެވުނު މި ދިރާސާއިން ވަނީ ‏‏މަސްމަހާމެހީގައި އެކުލެވޭ އާސެނިކްގެ ސަބަބުން ‏‏ކުޑަކުދިންނަށް ކުރިމަތިވެދާނެ ނުރައްކާތަކާ ބެހޭ ‏‏މުހިންމު މައުލޫމާތުތަކެއް ފާހަގަކޮށްފަ އެވެ‏‎.‎

‏އާސެނިކްގެ ގިނަ ބާވަތްތަކުގެ ތެރެއިން، ‏‏އިނޯގެނިކް އާސެނިކްއަކީ އެންމެ ވިހަ އެކުލެވޭ ‏‏ބާވަތެވެ. އިންޓަނޭޝަނަލް އެޖެންސީ ފޯ ‏‏ރިސާޗް އޮން ކެންސައިން، މިއީ ގްރޫޕް 1ގެ ‏‏ނުރައްކާތެރި މާއްދާއެއް ކަމަށް ކަނޑައަޅާފައިވެ އެވެ. ‏‏

Advertisement

މި ދިރާސާގައި، ‏‏މަސް، ކަކުނި އަދި އެހެނިހެން މޫދު ކާނާގެ ‏‏ސާމްޕަލްތައް ބަލާ ދިރާސާކޮށް، އޭގައި އެކުލެވޭ ‏‏އިނޯގެނިކް އާސެނިކްގެ މިންވަރު ‏‏ވަޒަންކުރެވުނެވެ‏‎.‎

‏ދިރާސާއިން އެނގުނު ގޮތުގައި ކުޑަކުދިންނާއި ފުރާވަރުގެ ކުދިންނަކީ ވަކި ބާވަތްތަކުގެ ސީފުޑް ‏‏ގިނައިން ކެއުމުން އިތުރަށް ނުރައްކަލަށް ‏‏ހުށަހެޅޭ ގްރޫޕެކެވެ. ސަބަބަކީ އެ ކުދިންގެ ‏‏ހަށިގަނޑުގެ ބަރުދަން ދަށްވުމުގެ ސަބަބުން، ބޮޑެތި ‏‏މީހުންނަށްވުރެ އެ ކުދިންގެ ހަށިގަނޑަށް ބޮޑު ‏‏އަސަރެއް ކުރުމެވެ.

ކުޑަކުދިން ސީފުޑްގެ އެއް ‏‏ބާވަތެއްގެ ތަކުރާރުކޮށް ކެއުމުން، ‏‏އާސެނިކްގެ މިންވަރު އިތުރުވެ، ދުރު ‏‏މުސްތަގުބަލުގައި ސިއްހީ މައްސަލަތައް ދިމާވުމުގެ ‏‏ފުރުސަތު ބޮޑުވާ ކަމަށް ވެސް ހޯދުނެވެ. އަދި ސީފުޑް ‏‏ގިނައިން ކެއުމާ ގުޅިގެން ކެންސަރު ނޫން ‏‏ބައެއް މައްސަލަތަކުގެ ނިޝާންތައް ދިރާސާ ބައިވެރިވި ބައެއް ފަރާތްތަކުގެ ކިބައިން ‏‏ފާހަގަކުރެވުނެވެ.

‏މި ދިރާސާއިން މައިންބަފައިންނަށް ‏‏އިރުޝާދު ދެނީ ކުދިން މަސް އަދި ޑިނގާ ކާ ‏‏އަދަދަށް އިތުރަށް ސަމާލުކަންދިނުމަށެވެ. ބޮޑެތި ‏‏މީހުން ވެސް ތަފާތު ކާނާތައް މެނޫގައި ‏‏ހިމަނައިގެން، އާސެނިކްގެ ނުރައްކާ ކުޑަކުރުމަށް ‏‏ބާރުއަޅައެވެ‏‎.‎

‎"‎‏މި ދިރާސާއިން އަޅުގަނޑުމެންނަށް ‏‏ހަނދާންކޮށް ދެނީ ކުޑަކުދިންނަށް ހާއްސަ ‏‏ސަމާލު ކަމެއް ދޭންޖެހޭކަން،" ބޯ ފޫ ވިދާޅުވި އެވެ.

‏ސިއްހީ އިދާރާތަކުން ބާރު އަޅަނީ ސީފުޑްގެ ‏‏ބާވަތްތައް އެއްކޮށް ދޫކޮށްނުލައި، ކުޑަކުދިންފަދަ ‏‏ނާޒުކު ގްރޫޕްތަކަށް އޭގެ ބޭނުންކުރާ މިންވަރު ‏‏މަދުކުރުމަށެވެ.

‏ދުނިޔޭގެ އެކި ހިސާބުތަކުގައި، ބޯފެނާއި ހަނޑޫ ‏‏ފަދަ ކާނާގައި އިނޯގެނިކް އާސެނިކްގެ މައްސަލަ ‏‏ދިމާވެ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ‏‏ކުޑަކުދިންނަކީ، އެކުދިންގެ އޯގަންތައް ‏‏ތަރައްގީވަމުންދާތީ އާއި އަވަސް ދުވެލީގައި ‏‏ބޮޑުވަމުންދާތީ، އިސްކަންދޭންޖެހޭ ގްރޫޕެކެވެ‏‎.‎

މިއީ ފުޑް އެންޑް ކެމިކަލް ޓޮކްސިކޮލޮޖީގައި ޝާއިއުކޮށްފައިވާ ދިރާސާއެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox