ތުރުކީގެ މަނަވަރު ލިބުމަކީ ރައްކާތެރިކަން ދަމަހައްޓަން އެޅުނު މުހިންމު ފިޔަވަޅެއް: ޑިފެންސް

ތުރުކީގައި އެމްއެންޑީއެފްގެ ސިފައިން ތުރުކީގެ ދިފާއީ ބާރާއި އެކު ތަމްރީންތައް ކުރިއަށް ގެންދަނީ: މި މަނަވަރު އަންނަ ޖުލައި މަހު ރާއްޖެ އަންނާނެ ކަމަށް ތުރުކީގެ ދިފާއީ ވުޒާރާއިން ބުނެފައިވޭ -- ފޮޓޯ: އޭއޭ

ތުރުކީގައި އެމްއެންޑީއެފްގެ ސިފައިން ތުރުކީގެ ދިފާއީ ބާރާއި އެކު ތަމްރީންތައް ކުރިއަށް ގެންދަނީ: މި މަނަވަރު އަންނަ ޖުލައި މަހު ރާއްޖެ އަންނާނެ ކަމަށް ތުރުކީގެ ދިފާއީ ވުޒާރާއިން ބުނެފައިވޭ -- ފޮޓޯ: އޭއޭ

ތުރުކީ ސަރުކާރުން ރާއްޖެއަށް ހިލޭއެހީގެ ގޮތުގައި ހަދިޔާކުރި ޑޯގަން ކްލާސްގެ މަނަވަރަކީ އިންޑިއާ ކަނޑުގެ ރައްކާތެރިކަން ދެމެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ޑިފެންސް މިނިސްޓްރީން މިރޭ ބުނެފި އެވެ.

ޑިފެންސް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ މަނަވަރު ލިބުމަކީ އިންޑިއާ ކަނޑުގެ ރައްކާތެރިކަން ދެމެހެއްޓުމުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ ޒިންމާދާރު މެންބަރެއްގެ ހައިސިއްޔަތުން ރާއްޖެއިން އަދާކުރަން ޖެހޭ ދައުރު އަދާކުރުމުގެ ގާބިލު ބަޔަކަށް ސިފައިން ހެދުމަށް ކުރެވުނު މުހިންމު ކަމެއް ކަމަށެވެ.

"ދިވެހިރާއްޖެއިން އަދާކުރަން ޖެހޭ ދައުރު ފުރިހަމައަށް އަދާކުރުމުގެ ގާބިލުކަން ހުރި ބަޔަކަށް ދިވެހި ސިފައިން ހެއްދެވުމަށް، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިއަށް ވާސިލުވުމަށް ނެގުނު ވަރަށް މުހިންމު ފިޔަވަޅެއް،" ޑިފެންސުން ބުންޏެވެ.

Advertisement

ޑިފެންސް މިނިސްޓްރީން ބުނީ ތުރުކީ ހަދިޔާކުރާ މަނަވަރު ރާއްޖެއަށް ގެނެސް، ރާއްޖޭގެ ދިފާއީ ބާރުގެ ހިދުމަތަށް ނެރެ ސިފައިން އެ އުޅަނދު އޮޕަރޭޓް ކުރުމާ ގުޅޭ ގޮތުން ތުރުކީގައި ދިވެހި ސިފައިން ތަމްރީނު ކުރަމުންދާ ކަމަށެވެ.

ރައީސް މުއިއްޒު އެންމެ ބޮޑު އިސްކަމެއް ދެއްވާ ސިޔާސަތަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކޮށް ރައްކާތެރި ކުރުންކަން ވެސް ޑިފެންސުން ފާހަގަކުރި އެވެ.

"ސިފައިންގެ ހިދުމަތަށް އިތުރުކުރެވޭ މި ގާބިލުކަމަކީ، ގާނޫނު އަސާސީ އާއި ސިފައިންގެ ގާނޫނުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގައި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރަށް ލިބިގެންވާ ބޮޑު ކުރިއެރުމެއް،" ޑިފެންސުން ބުންޏެވެ.

ތުރުކީން ރާއްޖެއަށް ހަދިޔާކުރި މަނަވަރަކީ ރާއްޖޭގެ ދިފާއީ ކަންކަމުގައި އެހީތެރިވެދިނުމުގެ ގޮތުން ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެމްއޯޔޫގެ ދަށުން ހަދިޔާކުރި އުޅަނދެކެވެ.

ތުރުކީން ހަދިޔާކުރަނީ މަނަވަރަކީ އެ ގައުމުގައި އުފައްދާފައިވާ ޓީސީޖީ ވޮލްކަން (ޕީ-343) މަނަވަރެވެ. ޖަރުމަނު ކުންފުންޏަކުން ފަރުމާކޮށްފައިވާ މި އުޅަނދަކީ ވަޔާއި ކަނޑުގެ މަގުން ހަމަލާދިނުމުގެ ގާބިލިއްޔަތުކަން ލިބިފައިވާ އުޅަނދެކެވެ. މިއީ މެއި، 1984 އިން ފެށިގެން ތުރުކީ އަސްކަރިއްޔާއިން ބޭނުންކުރަމުން އައިސްފައިވާ އުޅަނދެކެވެ.

އަންނަ ޖުލައި މަހުގެ ތެރޭގައި މި މަނަވަރު ރާއްޖެ އަންނާނެ ކަމަށް ތުރުކީން ބުނެފައިވާއިރު، މަނަވަރު ބޭނުންކުރަން ދިވެހި ސިފައިން ދަނީ މިހާރު ވެސް ތަމްރީނުތައް ހޯދަމުންނެވެ. މިދިޔަ ހަފުތާގައި ސިފައިން ފެށި މި ތަމްރީނުތައް ހަދަމުން ދަނީ ތުރުކީގެ ނޭވަލް ފޯސަސް ކޮމާންޑުންނެވެ. އަދި އަންނަ މަހުގެ 9 ގައި ތަމްރީނުތައް އެއްކޮށް ނިންމާލާނެ އެވެ.

ތުރުކީން މި މަނަވަރު ހަދިޔާކުރަން ނިންމާފައި މިވަނީ މިސައިލްތަކެއްގެ ބަދަލުގައި ތުރުކީގެ އިންވެސްޓަރަކަށް ޓޫރިޒަމްގެ ބޭނުންތަކަށް ފަޅުތަކެއް ދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް އަޑުއަރާފައިވާ ދަނޑިވަޅެއްގަ އެވެ. އެކަމާ ގުޅިގެން ސަރުކާރުން މިހާތަނަށް އެއްވެސް ބަހެއް ނުބުނާއިރު، މިކަން ދޮގެއް ނުކުރެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox