އަހަރުގެ ބޮޑު ފިލްމަކީ އަބަދަށް: އެކަމަކު އެހެން އެ ކިޔަނީ ކީއްވެގެންތަ؟

Apr 9, 2025, 12:43 PM
އަހަރުގެ ބޮޑު ފިލްމަކީ އަބަދަށް: އެކަމަކު އެހެން އެ ކިޔަނީ ކީއްވެގެންތަ؟

މޫމިން ފުއާދު ލިޔެ ޑައިރެކްޓް ކުރީމާ އެހެން ނުކިޔަންވީ ހަމަ އެއްވެސް ސަބަބެއް ނެތެވެ. މި މަހުގެ 28 ވަނަ ދުވަހު އޮލިމްޕަހުގައި ޝޯތައް ދައްކަން ޓިކެޓް ވިއްކަން ފަށާފައިވާ ދިވެހި ފިލްމު "އަބަދަށް" ގެ ފަހަތުގައި ހުރި މި ކުޅަދާނަ ޑައިރެކްޓަރުގެ އެހެން މަސައްކަތްތަކުން އެންމެ ފުރަތަމަ ފަށައިގަންނަމާ ހިނގާށެވެ.

ނޫރު އެން މޫވީޒް އިން 'މޫވީ އޮފް ދަ އިޔާ' ގެ ޓެގުލައިނު އަޅުވައިގެން ވިއްކަމުން އަންނަ ފިލްމު އަހަރުގެ ބޮޑު ފިލްމަށް ވެގެން އުޅޭ ސަބަބު އޭރުން ވަރަށް ބޮޑަށް ސާފުވާނެ އެވެ.

މި ފިލްމުގެ ހުންގާނުގައި ހުރި ޑައިރެކްޓަރު މޫމިން ފުއާދު ގެނެސްދިން އޭނާގެ އަލަތު ޑައިރެކްޝަން 'ހޭލާ' އަކީ 2006 ވަނަ އަހަރު ފިލްމީ ދާއިރާ އަށް އިންގިލާބެއް ގެނެސްދިން މަސައްކަތެކެވެ. ދިވެހިން ފިލްމު އުފައްދާ ވައްޓަފާޅި އެއްކޮށް ބަދަލުކޮށްލި އެ ފިލްމަކީ އެފަހަރުގެ ގައުމީ ފިލްމު އެވޯޑްސްގައި ވެސް ރަންތަރި 'ތަޅާލި' އުފެއްދުމެކެވެ. އަދި ދިވެހި ފިލްމަށް ޝައުގުވެރިވާ ވަރަށް ގިނަ ބަޔަކު އިއްތިފާގުވާ ގޮތުން ނަމަ އަދިވެސް މިހާތަނަށް އޮލިމްޕަހުން ބެލުނު އެންމެ އުފެއްދުންތެރި ދިވެހި ފިލްމަކީ އަލީ ޝިފާއުއާ އެކު މޫމިން ލިޔެ ޑައިރެކްޓްކުރި 'ހޭލާ' އެވެ.

Advertisement

އެކަމަކު 'ހޭލާ' އަކީ މޫމިންގެ ހުނަރުވެރިކަމުން ބެލުންތެރިން އާޝޯހުކޮށްލި ގަނޑުފެންގަނޑުގެ ވަރަށް ކުޑަ މިންވަރެއްކަން އޭނާ ސާބިތުކޮށްދިނީ ޕްރޮޑިއުސަރު ހުސެއިން ނޫރައްދީނު ނަސީރުއާ އެކު 2011 ވަނަ އަހަރު އޭނާ ގެނެސްދިން ވަރުގަދަ ދިވެހި ފިލްމު 'ލޫދިފާ' އިންނެވެ.

'ލޫދިފާ' ވަނީ އެފަހަރުގެ ގައުމީ ފިލްމު އެވޯޑްސްގައި ޖުމްލަ 18 ކެޓަގަރީއަކުން އެވޯޑްތަކަށް ނޮމިނޭޓްވެ، އޭގެ ތެރެއިން 12 އެވޯޑް ކާމިޔާބުކޮށްފަ އެވެ. އެންމެ މޮޅު ޑައިރެކްޓަރާއި ސްކްރީންޕްލޭ އަދި މޮޅު ފިލްމުގެ އެވޯޑް ވެސް 'ލޫދިފާ' އަށް ލިބުނުއިރު މޫމިންގެ އާ ފިލްމު އެވަރުގެ ކާމިޔާބީއެއް ތަކުރާރުކޮށްފާނެ ކަމުގެ އަނެއް ހެއްކަކީ މި ފިލްމުގެ ޕްރޮޑިއުސަރުގެ ގޮނޑީގައި ވެސް ހުރި ހުސެއިން ނޫރައްދީން ނާސިރެވެ.

'އަބަދަށް' އަހަރުގެ އެންމެ ބޮޑު ފިލްމަށް ވެގެންދާ ދެ ވަނަ ސަބަބަކީ ވެސް ނޫރެވެ.

އޭނާގެ ޕްރޮޑިއުސަރުކަމުގެ އަލީގައި އޮލިމްޕަހަށް އަބަދުވެސް އަންނަކީ ތަފާތު، މޮޅެތި ފިލްމުތަކެވެ. އަދި ހަމައެކަނި ރާއްޖޭގައި ރަން ވަނަތަކެއް ހާސިލުކުރާ ފިލްމުތަކެއް އެކަންޏެއް ވެސް ނޫނެވެ.

އަބަދަށް ގެ ޕޯސްޓަރު
އަބަދަށް ގެ ޕޯސްޓަރު

އަބަދަށް ގެ ޕޯސްޓަރު

އެހެންކަމުން އާ ފިލްމަކާ އެކު ނޫރައްދީނު، އޮލިމްޕަހަށް އެނބުރި އައުމަކީ، އަނެއްކާވެސް އެހެން ލެވެލެއްގެ ދިވެހި ފިލްމެއް ބަލައިލުމުގެ ފުރުސަތު ދިވެހިންނަށް ތަނަވަސްވީ ކަމުގެ ސާފު ހެއްކެކެވެ. އަނެއްކާވެސް 'އެންމެ ބޮޑު ފިލްމޭ' ކިޔާވަރުގެ ފިލްމެއް ދައްކަން ތައްޔާރުވެފައިވާ ކަމުގެ ނިޝާނެކެވެ.

މާލޭގައި ތޮތްޖެހިފައި އޮތް ކުށުގެ ވެއްޓާއި އާއިލާތަކުގެ ވާހަކަތައް ކިޔައިދޭ 'އަބަދަށް' އަހަރުގެ ބޮޑު ފިލްމަކަށް ވާ އަނެއް ސަބަބަކީ މި ފިލްމުގައި މުހިންމު ރޯލުތައް އަދާކޮށްފައިވާ ތަރިންނެވެ. އޭގެ ތެރެއިން ވެސް ތަޖުރިބާކާރު ދެ އެކްޓަރުން ކަމުގައިވީ ކޮޕީ އިސްމާއިލް ރަޝީދު އާއި ޔޫސުފް (ޔޫއްޕެ) ޝަފީއު ފިލްމުން އެކުގައި ފެނިގެން ދިއުމަކީ ވަރަށް ހާއްސަ ސަބަބެކެވެ.

މިއީ ދިވެހި ސިނަމާގެ ދެ ހެވީވެއިޓުންގެ ގޮތުގައި ބެލުންތެރިން ބަލައިގެންފައިވާ އަދި އެވޯޑް ސީޒަންތަކުގައި އެކަން ކަށަވަރުކޮށްދީފައިވާ ދެ އެކްޓަރުން އެތައް އަހަރެއްގެ މެދުކެނޑުމަކަށް ފަހު އެކުގައި މިގޮތަށް ސްކްރީނުން ފެނިގެންދާނެ ފުރަތަމަ ފިލްމެވެ. މަރްހޫމް ކޮޕީ މުހައްމަދު ރަޝީދު 2003 ވަނަ އަހަރު ގެނެސްދިން 'އެދިއެދިހޯދީމޭ' އަކީ މި ދެ ތަރިން އެކުގައި ރިހި ސްކްރީނުން ފެނިގެން ދިޔަ ފުރަތަމަ ފިލްމެވެ.

'އަބަދަށް' ވެގެން ދާނީ އޭގެ މުޅިން ތަފާތު އައު ސަފުހާއަކަށެވެ.

ރާއްޖޭގެ ފިލްމީ ދާއިރާ އަށް ބަލާއިރު މިވަގުތު ނެގޭނެ އެންމެ ކުޅަދާނަ އެއް ބަތަލާ އަކީ ވާޝިޔާ މުހައްމަދެވެ. ތަޖުރިބާކާރު ޑައިރެކްޓަރު ޓެޑްރީ ނިޔާޒު އެތައް އަހަރެއްގެ މެދުކެނޑުމަކަށް ފަހު އަލުން އޮލިމްޕަހަށް އެނބުރި އައި ވަރުގަދަ ފިލްމު 'ލަސްވިޔަސް' އިން ވާޝިޔާ އެ އޮތީ އޭނާގެ ހުނަރުވެރިކަމުގައި އެއްވެސް ޝައްކެއް ނެތްކަން ސާބިތުކޮށްދީފަ އެވެ. އެހެންކަމުން ވާޝިޔާ ލީޑްކުރާ ފިލްމެއް އަބަދުވެސް ވާނީ ބޮޑު ފިލްމަކަށެވެ.

ފިލްމުން ފެނިގެންދާނެ އަނެއް ޒުވާން ތަރި އަކީ އަހުމަދު ޝާރިފް އެވެ. ބައިސްކޯފުގެ މަޝްހޫރު ޑްރާމާތައް ކަމުގައިވާ "އެހެނަސް" އާއި 'މަޒްލޫމް' އާއި 'ގުދަން' ފަދަ އުފެއްދުންތަކުން އޭނާ ވަނީ ބެލުންތެރިންގެ އިތުބާރާއި ޔަގީންކަން ކަށަވަރުކޮށްފަ އެވެ. މީޑިއާ ނެޓްގެ 'ގަރީނާ' އާއި 'ދަރަކަ' އަދި ފީޗާ ފިލްމު 'ފްރީ ޑެލިވަރީ' އިން އޭނާ ވަނީ އޭނާގެ އެކްޓިންގައިވީ ފޫޓޫފީތާ ދައްކާލައިފަ އެވެ.

އެހެންކަމުން މިހުރީ 'އަބަދަށް' އަހަރުގެ އެންމެ ބޮޑު ފިލްމަށް ވެގެންދާހާ ސަބަބުތަކެވެ. މި ލިސްޓް އަދިވެސް އިތުރަށް ދިގުކޮށް ލިޔެވިދާނެ އެވެ. މިސާލަކަށް، މި ފިލްމުގައި މަސައްކަތްކޮށްފައިވާ ޕްރޮޑަކްޝަން ހައުސް އޯކޭޒް އިންކް އެވެ. އޯކޯޒް އަކީ މިވަގުތު ރާއްޖޭގެ ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ އެންމެ ވަރުގަދަ އެއް ޕްރޮޑަކްޝަން ސްޓޫޑިއޯ އެވެ. އެމީހުންގެ މަސައްކަތެއް ގޯހަށް ނުދާނެކަން ކަށަވަރުކޮށްދީފައިވާ ޓީމެކެވެ. މަޝްހޫރު އޯކޭ ސާޖީ އާއި މުހައްމަދު މުންތަސިރު އަދި ތަޖުރިބާކާރު ސިނަމަޓޯގްރަފާ ކަނޑި އިބްރާހިމް ވިސާންގެ ބެލުމުގެ ދަށުގައިވާ ޕްރޮޑަކްޝަން މި ހައުސް އިން ފިލްމަށް ކޮށްފައިވާ މަސައްކަތް ޓްރެއިލާ އިން މިހާރު ވެސް އެ އޮތީ ފެންނާށެވެ.

ފަހުގެ ޚަބަރު

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox