މަޖިލީހަށް ގަރާރު ހުށަހެޅުން ދަތިކުރުމަށް ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު ގޮވާލައިފި

ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު : މަޖިލީހަށް ގަރާރު ހުށަހެޅުމަށް ދަތިކުރަން ފަލާހު ވަނީ މިއަދު ގޮވާލާފަ --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު : މަޖިލީހަށް ގަރާރު ހުށަހެޅުމަށް ދަތިކުރަން ފަލާހު ވަނީ މިއަދު ގޮވާލާފަ --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެކި މައްސަލަތަކުގައި އިދިކޮޅުން މަޖިލީހަށް ހުށަހަޅާ ގަރާރުތަކަށް ބަހުސް ކުރުމަކީ ބޭކާރު މަސައްކަތެއްގެ ގޮތުގައި ސިފަކުރައްވާ، ގަރާރަށް ބަހުސްކުރަން ފެނޭތޯ ބެލުމަށް ފުރަތަމަ ވޯޓަކަަށް އަހަން ޖެހޭނެހެން މަޖިލީހުގެ ގަވާއިދު ބަދަލުކުރުމަށް ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ގޮވާލައްވައިފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބިމެއް ގަތުމަށް ފައިސާ ޗާޕުކުރަން ނިންމާފައިވާތީ، އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ހުށެހުޅުއްވި ގަރާރަށް ބަހުސްކުރައްވަމުން ފަލާހު ވިދާޅުވީ އިދިކޮޅުން ހުށަހަޅަނީ ތާކުން ތާކު ނުޖެހޭ ގަރާރުތަކެއް ކަމަށެވެ.

"އަޅުގަނޑަށް ފެނޭ ހަމަ ކުއްލި މައްސަލައެކޭ އެއްގޮތަށް ގަރާރަށް ވެސް މަޖިލީހުގެ ގަވާއިދާ ބަދަލު ގެންނަން. އެ ގަރާރެއް ހުށަހަޅާފަ މި މަޖިލީހުގަ ފުރަތަމަ އަޅުގަނޑުމެން އިއްޒަތްތެރި މެންބަރުންނަށް ބަހުސްކުރަން ފެނޭތޯ ބަލާފަ ބަހުސް އަކަށް ދިޔުން އެއީ އަޅުގަނޑަށް ފެންނަ ގޮތުގަ ވަރަށް މުހިންމު ކަމެއް،" ފަލާހު ވިދާޅުވި އެވެ.

މިއީ ޕީއެންސީގެ ޕީޖީ ލީޑަރުގެ ހައިސިއްޔަތުން ފާޅުކުރާ ހިޔާލެއް ނޫން ކަމަށާއި ގަރާރުތަކަށް ބަހުސްކުރަން ދަތިކުރަން ޖެހެނީ ތާކުން ތާކު ނުޖެހޭ ގަރާރުތައް ކުރިއަށް އޮތްތަނުގައި ގިނަވެދާނެތީ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"މިއީ ކޮންކަހަލަ ކަމެއްތޯ މި ކުރަނީ. އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހަށް އައްޔަންކޮށްފަ ރައްޔިތުން މި ތިބެނީ މިކަހަލަ ތާކުން ތާކު ނުޖެހޭ ކަންކަން ކުރާކަށް ނޫން،" ފަލާހު ވިދާޅުވި އެވެ.

އޭނާގެ ފަހުން ވާހަކަދެއްކެވި ޕީއެންސީއަށް ނިސްބަތްވާ ވިލިމާލެ ދާއިރާގެ މެންބަރު، މުހައްމަދު އިސްމާއިލްވެސް ވަނީ ގަރާރުތައް ހުށަހަޅާއިރު ބަހުސްކުރަން ފެނޭތޯ ނުވަތަ ގަރާރު ބޭރުކޮށްލަން ޖެހޭތޯ ބަލަން ވޯޓެއް ނަގަން ތާއީދުކުރާ ކަމަށް ވިދާޅުވެފަ އެވެ.

މަޖިލީހުގެ ގަވާއިދު މިހާރު އޮތް ގޮތުން ހުށަހަޅާ ގަރާރުތަކަށް ބަހުސްކުރަން ޖެހެ އެވެ. ނަމަވެސް ކުއްލި މައްސަލަތަކަށް ބަހުސްކުރުމުގެ ކުރިން އެ މައްސަލައެއް ބަލައިގަންނަން ވޯޓު ނަގަ އެވެ.

ވެރިކަންކުރާ ޕާޓީގެ މެންބަރުން މި ބީދައިން ވާހަކަދައްކާފައިވާއިރު، އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭނެ ގޮތަށް އެ ޕާސްޕޯޓު މަނާ ކުރަން ހުށަހަޅާފައިވާ ބިލުގެ މަސައްކަތް ލަސް ކުރާތީ އިދިކޮޅުން މިއަދުގެ ޖަލްސާއަށް ހުށަހެޅި މައްސަލަ ބަލައިނުގަންނަން ރިޔާސަތުން ވަނީ ނިންމާފަ އެވެ.

މިއަދު ރިޔާސަތުގައި އިންނެވި ވެރިކަން ހިންގާ ޕީއެންސީއަށް ނިސްބަތްވާ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ މައުރޫފް ހުށަހެޅުއްވި މައްސަލައަކީ ކުއްލި މައްސަލައެއްގެ ގޮތުގައި ބަލައިނުގަނެވޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރިން މިނިސްޓަރު އިރުތިޝާމް، ޖައިޝަންކަރާ ބައްދަލުކުރައްވައިފި

ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް. ޖައިޝަންކަރާ ނިއުދިއްލީގައި ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި.

ވޯޓުލުމުގެ އިންތިޒާމުތައް ދަށްވެ މެންބަރުންގެ ޝަކުވާ

އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގެ އިންތިޒާމުތައް ދަށްވުމުގެ ސަބަބުން، ވޯޓުލުން ލަސްވުމާއި އޮފިޝަލުންނާއި ވަސީލަތްތައް މަދުވުމުގެ މައްސަލަތައް ކުރިމަތިވެ ގިނަ ބައެއްގެ ހިތްހަމަނުޖެހުން އަމާޒުވި. މިކަމާ ގުޅިގެން ޕާޓީގެ ޗެއާޕާސަން ރައީސް ނަޝީދު ވިދާޅުވީ، އިންތިޒާމުތަކަށް ދަތިވީ ސަރުކާރުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން ކަމަށް.

ޒުވާނުންގެ ވޯޓު ކަރުދާސް ދޫކުރެވިގެން ވޯޓު ފޮށްޓެއް ބަންދުކޮށްފި

އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި، މާފަންނު ދެކުނު ދާއިރާގެ ވޯޓުލާ ލިސްޓުގައި ނުހިމެނޭ ބަޔަކަށް ޒުވާނުންގެ ވޯޓު ކަރުދާސް ދޫކުރެވުނު މައްސަލައެއްގައި އެ ދާއިރާގެ ވޯޓު ފޮށި ވަނީ ބަންދުކޮށްފައި. މި މައްސަލައާ ގުޅިގެން ކުރީގެ ފޮށި ބަންދުކުރުމަށްފަހު އައު ފޮށްޓެއްގައި ވޯޓުލާން ވަނީ ފަށާފައި.

އެމްޑީޕީ އިންތިހާބުގައި ވޯޓުލުން 09:00 ޖަހަންދެން އިތުރުކޮށްފި

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފެށުން ލަސްވުމާ ގުޅިގެން، ވޯޓުލުމުގެ ވަގުތު މިރޭ 09:00 އާ ހަމައަށް ވަނީ އިތުރުކޮށްފައި. ޖުމްލަ 1،102 މަގާމަކަށް މެންބަރުން އިންތިޚާބުކުރާ މި އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 30 ގައި.

ނުރައްކާތެރި "ރަތްމަޑި" އައްޑޫން ފެނިގެން ރުއް ބޭރުކުރުން މަނާ

ރުކުގެ އާއިލާގެ ގަސްތަކަށް ނުރައްކާތެރި ގެއްލުންދޭ "ރަތްމަޑި" އައްޑޫ ސިޓީން ފެނުމާ ގުޅިގެން، އެ ސިޓީން އެހެން ރަށްރަށަށް ރުއް ބޭރުކުރުން އެގްރިކަލްޗާ މިނިސްޓްރީން ވަނީ މަނާކޮށްފައި. މި މަޑި ފެތުރުން ހުއްޓުވުމަށްޓަކައި އިންސެކްޓިސައިޑް ޖެހުމާއި ރުއްތައް ބަލައި ފާސްކުރުމުގެ ޚާއްޞަ މަސައްކަތްތަކެއް އެ މިނިސްޓްރީން މިހާރު ވަނީ ފަށާފައި.

އެމްޑީޕީ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފަށައިފި

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ 1،102 މަގާމަކަށް މެންބަރުން ހޮވުމަށް ބާއްވާ ވޯޓުލުން މިއަދު މެންދުރުފަހު ވަނީ ފަށާފަައި. މި އިންތިޚާބުގައި ޖުމްލަ 1،612 ކެންޑިޑޭޓުން ވާދަކުރާއިރު، މީގެ ތެރޭގައި އެންމެ ބާރުގަދަ ގުނަން ކަމަށްވާ ގައުމީ މަޖިލީހުގެ 359 ގޮނޑި ހިމެނޭ. އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 30 ގައި.

މަރުގެ އަދަބުން ސަލާމަތްވި ދިވެއްސަކު ނޭޕާލުން ހައްޔަރުކޮށްފި

ލަންކާގައި އިއްވި މަރުގެ ހުކުމުން ދާދިފަހުން ސަލާމަތްވި ދިވެއްސަކު، ގިނަ އަދަދެއްގެ ފައިސާތަކަކާއެކު ނޭޕާލުން ހައްޔަރުކުރި. ނޭޕާލް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކުރީ ކަތަމަންޑޫގެ ހޮޓަލެއްގައި ހުއްޓާ، އެކި ގައުމުތަކުގެ ފައިސާ ފެނުމާ ގުޅިގެން.

Newsletter

Get the latest news delivered straight to your inbox