އިސްކަންކަމުގެ ފިޤުހުވެރިކަން

އިސްކަންކަމުގެ ފިޤުހުވެރިކަން

އަރަބި ގައުމެއްގައި އާންމުން އުޅޭ ސަރަހައްދެއްގައި ހުރި މިސްކިތެއްގެ ހުކުރު ޖަމާއަތުގައި ހިނގާދިޔަ ކަމެކެވެ. މިސްކިތަށް މީހުން ފުރިބާރުވެފައި ވަނިކޮށް، އިމާމް މީހާ ކާރުކޮޅުގައި ވަޑައިގެންނެވިއެވެ. އެޔަށްފަހު ކާރުކޮޅުން ނުކުމެވަޑައިގެން، މިސްކިތުގެ ތެރެއަށް ވެދެވަޑައިގަތްއިރު، ލައިގެންހުރި އަތަރުގެ މީރުވަހުން ސަރަހައްދު އެއްވަސްކޮށްފައި ވެއެވެ. ކެތްތެރިކަމުގެ މުހިންމުކަމާބެހޭ ގޮތުން ނުހަނު އަސަރު ގަދަ ހުތުބާއެއް ދެއްވައި އެދުވަހުގެ ހުކުރު ޖަމާއަތް ނިންމަވާލެއްވި އެވެ.

ހުކުރު ޖަމާއަތް ނިމިގެން މީހުންތައް ދާން ފެށުމުން، މިސްކިތުގައި އިން މުސްކުޅި ބޭބެއަކު، އިމާމުގެ ކައިރިއަށް ޖެހިލާފައި ވަރަށް އަދަބުވެރިކަމާއެކު ވާހަކައެއް ނަންގަތުމުގެ އިޒުނަ ހޯއްދަވައި އިމާމް މީހާއަށް ދެންނެވިއެވެ. ހުތުބާ ވަރަށްވެސް ރީއްޗެވެ. އެހެންނަމަވެސް ކެތްތެރިކަމުގެ ހަގީގީ މާނަ އެނގިވަޑައިގަންނަވާތޯއެވެ؟ ކެތްތެރިކަމަކީ ކޮބައިކަން ދެނެގަތުމަށް އަޅުގަނޑާއެކު މި ފިނި މޫސުމުގެ ފަތިސް ވަގުތު ހިންގަވާށެވެ. މި ގަދަ ފިނީގައި މަގުމަތީގައި ފިހިގަނޑެއް ހިފައިގެން އަޅުގަނޑު އުޅޭ އުޅުމުގައި ޝޭޚް ވެސް ބައިވެރިވެވަޑައިގަންނަވަނިކޮށް ކެތްތެރިކަމުގެ ހަގީގީ މާނައަކީ ކޮބައިކަން އެނގިވަޑައިގަންނަވާނެއެވެ. މިގޮތަށް ކުރާ މަސައްކަތުން މަހުގައި ލިބޭ އުޖޫރައިގެ ޖުމުލަ ހޭދަކޮށްގެން ވެސް ޝޭޚް ތުރުކުރައްވައިގެން ތިހުންނެވި މޮޅު އަތަރުގެ ތިއްކެއް ވެސް ނުގަނެވޭނެއެވެ.

އަޅުގަނޑުމެން މުސްލިމް ގައުމުތައް ނިކަމެތިވެފައި، ފަހަތަށް ޖެހިފައި، ކުރިނާރާ މިތިބެނީ އާންމުންގެ ކެތްތެރިކަމެއް ނެތުނީމާހެއްޔެވެ؟ އަހަރެމެން މުސްލިމް ގައުމުތަކުގައި އުފެއްދުންތެރިކަން އިތުރުކޮށް، ޒަމާނީ އިލްމުވެރިކަމުން މަދުވައި ބައި ކުރިއެރުވުމަށް ވާގިވެރިވުން އެއީ އިލްމުވެރިންގެ ޒިންމާއަކަށް ނުވަނީތޯއެވެ؟ އަހަރެމެންގެ ގައުމުތަކުގައި މިއުޅޭ ސިޔާސީ މީހުންގެ މަކަރުވެރިކަމާއި ފަސާދައާއި ވައްކަން އެއީ ބޮޑު ސިއްރެއް ގޮތުގައި ބާއްވައިގެން ކެތްތެރިވުމަކީ އާންމުންގެ ދީނީ ޒިންމާކަމުގައި ހަދައިގެން އުޅެގެން އިސްލާމީ އުންމަތަށް ކުރިއެރުމެއް ލިބިދާނެތޯއެވެ؟

މުސްކުޅި ބޭބެ އެބުނެދެނީ އިސްލާމީ އުންމަތަށް ދިމާވެފައިވާ އެތައް ހާސް މައްސަލައެއްގެ ހައްލެވެ. ކެތްތެރިކަމަކީ މުސްލިމުންގައި ހުރުން ކޮންމެހެން ބޭނުންތެރި އަދި އެކަމަށް ދީނުގައި ތަކުރާރުކޮށް އަމުރުވެވިގެންވާ ކަމެކެވެ. އެކަމަކު މުސްކުޅި ބޭބެ އިމާމު މީހާގެ ސަމާލުކަމަށް ގެނެސްގަތުމަށް މަސައްކަތް އެކުރަނީ، 'ފިޤުހުލްއައުލަވިއްޔާތު' އެވެ. މާނައަކީ؛ އިސްކަންތައް އިސްކުރުމުގެ ފިޤުހުވެރިކަމެވެ.

ކީރިތި ޤުރުއާނުގައި ވަކި އާޔަތެއް އޮތްގޮތް އެނގިގެން ނުވަތަ ހަދީސެއްގައި ވަކި ކަމެއް ބަޔާންކޮށްފައިވާ ގޮތް އެނގޭ ކޮންމެ މީހަކީ ފިޤުހުވެރިއެއް ނޫނެވެ. ދީނީ ޢިލްމުގައި ފިޤުހުވެރިއަކަށްވާނީ، އާޔަތްތަކާއި ހަދީސްތަކުން ވަކި ވަކި ކަންކަމުގެ ހުކުމްތައް ނެރެގަންނާނެ ގޮތް ދެނެގަތުމުގެ ވިސްނައިގަތުމާއި އެކަމަށް އެކަށޭނެ އިލްމުވެރިކަމާ ހަމައަށް ވާސިވެފައިވާ މީހުންނެވެ. އެހެންނަމަވެސް ކޮންމެ ފިޤުހުވެރިއަކީ އަދި އިސްކަންތައް އިސްކުރުމުގެ ފިޤުހުވެރިކަން ހުރި މީހަކަށް ނުވެދާނެ އެވެ.

ފިޤުހުލްއައުލަވިއްޔާތު ނުވަތަ އިސްކަންތައް އިސްކުރުމުގެ ފިޤުހުވެރިކަން މި މައުލޫއަކީ ޒަމާނީ މައުލޫއެކެވެ. އެހެން އެކަންވީ އިސްކަންތައް ފަސްކޮށް، ފަސްކަންތައް އިސްކުރުމަކީ، ކުރީގެ އަހަރެމެންގެ އިސްލާމީ ކާބަފައިން ކޮށްއުޅުނު ކަމެއް ނޫނެވެ. އޭރު އޮތް މައްސަލައެއް ނޫނެވެ. އެހެންކަމާއެކު އިސްކަންކަމުގެ ފިޤުހުވެރިކަމޭ ބުނެ ފުރަތަމައަށްވެސް ވާހަކަދައްކަވާފައިވަނީ ޒަމާނީ އިލްމުވެރިންނެވެ. އެގޮތުން އެންމެ ގަދަޔަށް އެ ވާހަކަ ދެއްކެވި ބޭފުޅަކީ އެނަމުގައި ފޮތެއްވެސް ލިޔުއްވި މިފަހު ޒަމާނުގެ މުޖައްދިދު ޑރ އަލްޢައްލާމާ ޔޫސުފުލްޤަރަޟާވީއެވެ. މާތް ﷲ އޭނާއަށް ރަޙުމަތްލައްވައި ސުވަރުގޭގެ ނިއުމަތްދެއްވާށި އެވެ!

އިސްކަންކަންމުގެ ފިޤުހުވެރިކަމަކީ އިސްލާމީ ޝަރުޢުގައި ނުހަނު ބޮޑަށް މުސްލިމުން އެމައްޗަށް ތަބާވުން ލާޒިމްކޮށްފައިވާ ކަމެއްކަމުގެ އެއް ދަލީލަކީ، ތައުބާ ސޫރަތުގެ 19 ވަނަ އާޔަތެވެ. ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވުމަކީ އެންމެ މަތީގައި އޮތް އެންމެ އިސްކަންކަމާއި، އެކަމާއި ހައްޖުވެރިންނަށް ފެންދިނުމާއި މިސްކިތް އިމާރާތްކުރުމާއި އެއްހަމަނުވާނެކަން އެއާޔަތުގައި ބަޔާންކުރައްވާފަ އެވެ. ހައްޖުވެރިންނަށް ފެންދިނުމާއި މިސްކިތް ބިނާކުރުން އެއީ ކިތަންމެ މުހިންމު މަތިވެރިކަމެއް ކަމަށްވިޔަސްމެ އެވެ.

ސުންނަތުން މިކަމުގެ ދަލީލަކަށް މާތް ނަބިއްޔާގެ މިދަންނަވާ ހަދީސް ފުދެއެވެ. "އީމާންކަން ފަސްދޮޅަސް ނުވަތަ ހަތްދިހަ އެތައް ބަޔަކަށްވެއެވެ. އޭގެ ތެރެއިން އެންމެ މަތިވެރިކަމަކީ، ﷲ ފިޔަވައި އިލާހަކު ނުވާކަމަށް ހެކިވުމެވެ. އަދި އެންމެ ތިރީގައިވާ ކަމަކީ، މަގުމަތިން އުނދަގޫތައް ފިލުވުމެވެ. އަދި ލަދުވެތިކަމަކީ އީމާންކަމުގެ ބައިތަކުގެ ތެރެއިން ބަޔެކެވެ."

އިސްކަންކަންކަމުގެ ފިޤުހުވެރިކަން ނެތުމަކީތޯއެވެ؟ ފަރުޟު ނަމާދުތަކަށްވުރެ ސުންނަތް ނަމާދުތަކަށް އިސްކަންދިނުމަކީ މިކަހަލަ ކަމެކެވެ. ޒިކުރުތަކާއި ވިރުދުތައް ކިޔުމަށް ނުހަނު އަހަންމިއްޔަތުކަން ދޭއިރު، އެ އަހަންމިއްޔަތުކަން އިޖުތިމާއީ ވާޖިބުތަކުގައި ނުފެނުމަކީ މިކަމުގެ މިސާލެކެވެ. މައިބަފައިންނަށް ހެޔޮކޮށް ހިތުމާއި ގާތްތިމާގެ ކަމުގެ ގުޅުން ދެމެހެއްޓުމާއި އަވަށްޓެރިންނަށް އިހުސާންތެރިވުމާއި ނިކަމެތިންނަށް އަޅާލުންފަދަ ކަންކަމުގައި އެ އަހަންމިއްޔަތުކަން އެވަރަށް ނުފެނި، އަތުގައި ލާރި ހުރީތީ ދިހަބާރަފަހަރު ހައްޖާއި އުމުރާވަމުންދާ ދިއުމަކީ މީގެ މިސާލެކެވެ.

ރަށަކަށް ނުވަތަ ސަރަހައްދަކަށް ހޮސްޕިޓަލަކަށް ނުވަތަ ސްކޫލަކަށް މާބޮޑަށް ބޭނުންޖެހިފައިވާ ހާލަތެއްގައި، ނުވަތަ ހޮސްޕިޓަލާއި ސްކޫލްތަކުގައި ޑޮކްޓަރުންނާއި ޓީޗަރުން ހަމަ ނުވެގެން އުޅެނިކޮށް، ރަށުގައި ދެ މިސްކިތް ހުއްޓައި އަނެއްކާވެސް އިތުރު މިސްކިތެއް އަޅަމުންދާ މަންޒަރު ފެންނަނީ މަދެއްކޮށެއް ނޫނެވެ. އިސްލާމީ އުންމަތުގެ އުފެއްދުންތެރިކަން ދަށްކަމާއި، އުންމަތުގައި އޭގެ ޒާތުން އިލްމީ އަދި އިގުތިސާދީ ބާރުވެރިކަމެއް ނެތްއިރު، އެފަދަ މައުލޫތަކުގެ ބަދަލުގައި، އަތުކުރީ ގަޑިއެޅުން މޮޅު އިތުރީ ދީނީ ގޮތުން ކަނާތުގައިތޯ ވާތުގައިތޯ ބަހުސްކޮށްފާނެއެވެ.

އިސްލާމީ ދައުވަތު ދިނުމުގައި ހިނގާ މިބާވަތުގެ މިސާލުތަކަށް ބަލާއިރު، އަދުލުވެރިވުމަށާއި ސިޔާސީ ބޮޑެތި ނިންމުންތަކުގައި ކަމުވޮށިގެންވާ ފަރާތްތަކާ މަޝްވަރާކުރުމަށް ބާރުއެޅުމާއި، އިންސާނުންގެ ހައްގުތަކަށް ވަކާލާތުކުރުމަށްވުރެ، އެފަދަ ބޮޑެތި ނަތީޖާތަކާ ގުޅުން ނެތް މައުލޫތަކަށް އެކަނި ހޭލުންތެރިކުރުމުގެ ގޮތްތައް ފެނުމަކީ ހަމަ މިބާވަތުގެ ކަމެކެވެ.

ހައްލަކީ އިސްކަންކަމުގެ ފިޤުހުވެރިކަން އާލާކުރުމެވެ. އެކަމަށް ސިޔާސީ ފަރާތްތަކާއި ދީނީ އިލްމުވެރިންވެސް ސަމާލުކަން ދެއްވުމެވެ. އާންމުންވެސް މިކަމަށް ހޭއަރުވައި ހޭލުންތެރިކުރުމެވެ. އޭރަށް ބޮޑެތި މައްސަލަތައް އެންމެންގެ ސަމާލުކަމަށް އަންނާނެ އެވެ. އިސްކަންކަން އެންމެންގެ ލޮލަށް ފެންނާނެ އެވެ. ކޮރަޕްޝަނާއި ވައްކަމާއި ފަސާދަ އެގޮތުން މަދުކުރެވިދާނެ އެވެ. މަގާމުތަކަށް ކުފޫ ހަމަ ނުވާ މީހުން މަގާމުތަކުން ދުރަށް ލެވި، ހަރުދަނާ އަދި ކަންކަން ކުރަންއެނގޭ މީހުންނާ މަގާމުތައް ހަވާލުވެވުމުން، ގައުމަށް އިސާހިތަކު ކުރިއެރުމާއި ތަރައްގީ އަންނަން ފަށާފާނެ އެވެ. ރިބަވީ އިންޓްރެސްޓްތަކުން މަތިމައްޗަށް ދަރަނިއަރާފައިވާ ގައުމުގެ ބައިތުލްމާލުން ކުރަންނުޖެހޭ ހަރަދުތަކެއް ކުރެވެމުންދާނަމަ އެކަންކަން މުޅިން ހުއްޓި، ހަގީގީ މާނައިގައި ރިބާއާ ވެސް ދުރަށް ދެވިދާނެ އެވެ.

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox