އޮލްމޯ އަށް ސީޒަން ނިމެންދެން ބާސެލޯނާ އަށް ކުޅެވޭނެ ކަމަށް ކަނޑައަޅައިފި

Apr 4, 2025, 2:33 AM
އޮލްމޯ އަށް ސީޒަން ނިމެންދެން ބާސެލޯނާ އަށް ކުޅެވޭނެ ކަމަށް ކަނޑައަޅައިފި

ބާސެލޯނާ (އޭޕްރީލް 4) - ރެޖިސްޓްރޭޝަން މައްސަލަ ޖެހިފައިވާ ބާސެލޯނާ އަށް ކުޅޭ ސްޕެއިން ފޯވާޑް، ޑަނީ އޮލްމޯ އަށް ސީޒަން ނިމެންދެން ބާސެލޯނާގެ މެޗުތަކުގައި ކުޅެން ހުރަހެއް ނެތް ކަމަށް ސްޕެއިނުގެ ނެޝަނަލް ސްޕޯޓްސް ކައުންސިލް (ސީއެސްޑީ) އިން ނިންމައިފި އެވެ.

ބާސެލޯނާގެ މާލީ މައްސަލަތަކުގެ ސަބަބުން، އެ ޓީމުން މި ސީޒަނުގައި ގެނައި، އޮލްމޯ އާއި ޕައު ވިކްޓޯގެ ރެޖިސްޓްރޭޝަން ކެންސަލްކޮށްލި މައްސަލައިގައި، ބާސެލޯނާ އިން ވަނީ ކޯޓު މެދުވެރިކޮށް ވަގުތީ ހައްލެއް ހޯދައިފަ އެވެ. އެއީ، މި އެޕީލް މަރުހަލާ ނިމެންދެން އޮލްމޯ އާއި ޕައު ވިކްޓޯ އަށް ކުޅެވޭ ގޮތަށެވެ. އެކަން އެހެން އޮއްވައި، ދާދި ފަހުން، ސްޕެނިޝް ލީގު ހިންގާ ލަލީގާ އިން ވަނީ، ބާސެލޯނާގެ މާލީ ހާލަތު އޮތީ އޮލްމޯ ރަޖިސްޓްރީ ކުރެވޭ ގޮތަށް ނޫން ކަމަށް ހާމަކޮށްފަ އެވެ.

ލަލީގާގެ މި ނިންމުމާ އެކު، ސްޕޯޓްސް ކައުންސިލުން ބުނެފައިވަނީ، މި ވަގުތު އެއްބަސްވެވިފައި އޮތް އުސޫލުން ސީޒަން ނިމެންދެން، އޮލްމޯ އާއި ޕައު ވިކްޓޯ އަށް ބާސެލޯނާގެ މެޗުތަކުގައި ކުުޅެން ހުރަހެއް ނެތް ކަމަށެވެ.

ސްޕޯޓްސް ކައުންސިލްގެ މި ނިންމުން އެޕީލް ކުރަން ލަލީގާ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މި ސީޒަން ފެށުމުގެ ކުރިން، ބާސެލޯނާ އިން ވަނީ އޮލްމޯ ގަންނަން ލައިޕްޒިގަށް 65 މިިލިއަން ޑޮލަރު ޖުމްލަ އެކު ދައްކަން ނިންމައިފަ އެވެ. އޮލްމޯގެ ޑީލްގެ ފައިސާތައް ދެ އަހަރަށް ބަހާލައިގެން ދައްކަން، ބާސެލޯނާ އިން އެއްބަސްވީ އެ ކްލަބްގެ މާލީ ހާލަތަށް ބަލައިފަ އެވެ.

އެކަމަކު، ސްޕެނިޝް ލަލީގާގެ ގަވާއިދުގެ ތެރެއިން އޮލްމޯ ރަޖިސްޓްރީ ކުރަން ބާސެލޯނާ އަށް އެންމެ ފުރަތަމަ ދުވަހުން ވެސް މައްސަލަ ދިމާވި އެވެ. އެއީ، އޭނާގެ ކޮންޓްރެކްޓް ހިނގާ ހަ އަހަރުގެ މުއްދަދަށް އެކަށޭނެ މިންވަރަށް ބާސެލޯނާގެ މާލީ ހާލަތު އެ ވަގުތު ތަން ނުދޭތީ އެވެ. އެކަމަކު، ލަލީގާ އިން ވަނީ ކުޅުންތެރިއާގެ ހައްގަށް ވިސްނުމަށް ފަހު، ރަޖިސްޓްރޭޝަން ނިންމަން، އޮގަސްޓުން ފެށިގެން މިދިޔަ ޑިސެމްބަރު ނިޔަލަށް ފުރުސަތު ދީފަ އެެވެ. އެހެންނަމަވެސް އެ މުއްދަތު ތެރޭގައި ބާސެލޯނާ އަށް އެކަން ނުނިންމި މިހާރު ވަނީ ބޮޑު މައްސަލަތަކެއްގެ ތެރޭގައި ތާށިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox