އެތުލެޓިކޯ ކަޓުވާލައި ބާސެލޯނާ އިން ފައިނަލުގައި ރެއާލާ ދެކޮޅަށް

Apr 3, 2025, 7:57 AM
އެތުލެޓިކޯ ކަޓުވާލައި ބާސެލޯނާ އިން ފައިނަލުގައި ރެއާލާ ދެކޮޅަށް

މެޑްރިޑް (އޭޕްރީލް 3) - ސްޕެނިޝް ކަޕް (ކޮޕަ ޑޭލް ރޭ) ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި 1-0 އިން އެތުލެޓިކޯ މެޑްރިޑް ބަލިކޮށް، އެ ޓީމު ކަޓުވާލުމަށް ފަހު، ފައިނަލުގައި ބާސެލޯނާ އިން ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެން ޖެހިއްޖެ އެވެ.

މި ދެ ޓީމު ބާސެލޯނާ ދަނޑުގައި ކުޅުނު ފޯރިގަދަ މެޗުގައި އެތުލެޓިކޯ އިން ވަރުގަދަ ކުޅުމެއް ދައްކައި މެޗު 4-4 އިން އެއްވަރުކުރި އެވެ. އެހެންކަމުން، ރޭ އެތުލެޓިކޯ ދަނޑުގައި ކުޅުނު މެޗުގައި ކޮންމެ ޓީމެއް މޮޅުވި ނަމަވެސް އޮތީ ފައިނަލުގެ ފުރުސަތު ހުޅުވިފަ އެވެ.

އެތުލެޓިކޯގެ ދަނޑު، ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ބާސެލޯނާ އިން ކާމިޔާބުކުރީ މެޗުގެ 27 ވަނަ މިނިޓްގަ އެވެ. އެ ގޮތުން، ލަމީން ޔަމާލް ދިން ހިތްގައިމު ޕާހަކުން އޭރިއާތެރެއިން އަރައި، މި ލަނޑު ޖެހީ ފެރާން ޓޮރޭސް އެވެ.

ބާސެލޯނާގެ ލީޑުފުޅާކޮށްދޭން އެންމެ ރަނގަޅު ހަަމަލާތަކެއް ފޮނުވާލީ ރަފީނިއާ އެވެ. އެކަމަކު ގޯލެއް ޖެހޭގޮތެއްނުވި އެވެ. އެތުލެޓިކޯ އަށް އެއްވަރުކޮށްދޭން އަލެކްސަންޑަ ސޯލޯތު އާއި އަންޓުއާން ގްރީޒްމަން އެޓޭކްތަކެއް ކުރި ނަމަވެސް ގޯލެއް ޖެހޭގޮތެއްނުވި އެވެ.

ސްޕެނިޝް ކަޕްގެ ޗެމްޕިއަންކަން، ރެކޯޑް 31 ފަހަރު ހޯދާފައިވާ ބާސެލޯނާ އިން މި މަހު 26 ވަނަ ދުވަހު ކުޅޭ ފައިނަލުގައި ރެއާލްއާ ބައްދަލުކުރާއިރު، ބާސެލޯނާ އިން އެންމެ ފަހުން ކުޅުނު 21 މެޗުން ވެސް ބަލިވެފައިނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox