އަލީބާބާގެ އޭއައި މޮޑެލްގެ އަޕްގްރޭޑް ވާޝަނެއް ނެރެނީ

މި އައު ވާރޝަން ނެރުމަށް ރާވާފައިވަނީ އޭޕްރީލްގައި -- ފޮޓޯ: ރޮއިޓާސް

މި އައު ވާރޝަން ނެރުމަށް ރާވާފައިވަނީ އޭޕްރީލްގައި -- ފޮޓޯ: ރޮއިޓާސް

ޗައިނާގެ ޓެކްނޮލޮޖީ އަދި އީ-ކޮމާސް ދާއިރާގެ ބޮޑު ކުންފުންޏެއް ކަމަށްވާ އަލިބާބާ ގުރޫޕުން އެ ކުންފުނީގެ ފްލެގްޝިޕް އޭއައި މޮޑެލްގެ އަޕްގްރޭޑް ވާރޝަނެއް ކަމަށްވާ "ކުވެން 3" މި މަހު ނެރުމަށް ރާވަމުންދާ ކަމަށް ބްލޫމްބާގް ނިއުސްއިން ރިޕޯޓުކޮށްފި އެވެ.

މި އާ ވާޝަން ނެރުމަށް ރާވާފައިވަނީ އޭޕްރީލް މަހުގެ ފަހުކޮޅު ކަމަށް ވިޔަސް، މި ތާރީހަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުގައި ބުނެފައި ވެއެވެ.

މިއަހަރުގެ ކުރީކޮޅު ޗައިނާގެ ޑީޕްސީކްއިން ނެރުނު އޭއައި މޮޑެލް ބާޒާރުގައި މަގުބޫލުވުމާ ގުޅިގެން، އޭއައި ކުންފުނިތަކުން އައު ޕްރޮޑަކްޓްތައް ނެރުމުގެ ވާދަވެރިކަން އިތުރުވެފައި ވެއެވެ. ޑީޕްސީކްއިން ނެރުނު މޮޑެލަކީ ހުޅަނގުގެ ވާދަވެރިންނާ އަޅާބަލާއިރު އަގު ހެޔޮކޮށް ތައްޔާރުކުރެވުނު މޮޑެލެއް ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.

ޑީޕްސީކްގެ ކާމިޔާބީއަށް ޖަވާބު ދިނުމުގެ ގޮތުން އެންމެ އަވަހަށް އަމަލުކުރި ކުންފުނިތަކުގެ ތެރޭގައި އަލިބާބާ ހިމެނެ އެވެ. އެގޮތުން ޖެނުއަރީ މަހުގެ ފަހުކޮޅު އަލިބާބާއިން "ކުވެން 2.5-މެކްސް" ނަމަކަށް ކިޔާ އަޕްގްރޭޑް ވާރޝަނެއް ނެރެ، އެ މޮޑެލަކީ ޑީޕްސީކް-ވީ3 އަށްވުރެ ފެންވަރު މަތީ މޮޑެލެއް ކަމަށް ދައުވާކުރި އެވެ.

ޗައިނާގެ ގިނަ ރައްޔިތުން މަސައްކަތުން ދުރުގައި ތިބޭ ޗައިނީސް އައު އަހަރުގެ ފުރަތަމަ ދުވަހު "ކުވެން 2.5-މެކްސް" ނެރުމަކީ އާދަޔާ ހިލާފު ކަމެކެވެ. މިކަމުން ދައްކުވައިދެނީ ޑީޕްސީކްގެ ސަބަބުން ޗައިނާގެ އެހެން ވާދަވެރިންނަށްވެސް ކުރިމަތިވެފައިވާ ޕްރެޝަރެވެ.

އަލިބާބާއަކީ ޗައިނާގެ އެންމެ ބޮޑު އީ-ކޮމާސް އަދި ޓެކްނޮލޮޖީ ކުންފުނިތަކުގެ ތެރެއިން އެއް ކުންފުންޏެވެ. 1999 ވަނަ އަހަރު ޖެކް މާ އިން އުފައްދާފައިވާ މި ކުންފުނިން ވޭތުވެދިޔަ އަހަރުތަކުގައި އޭއައި ދާއިރާއަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައި ވެއެވެ.

އަލިބާބާގެ "ކުވެން" ސީރީޒްގެ އޭއައި މޮޑެލްތަކަކީ ޗައިނާގެ އޭއައި ދާއިރާގައި އިސް ސަފުގައި ހިމެނޭ މޮޑެލްތަކެވެ. ނަމަވެސް، ފަހަކަށް އައިސް ޑީޕްސީކް ފަދަ އައު ކުންފުނިތަކުން ނެރެމުންދާ އައު ޓެކްނޮލޮޖީތަކާ ވާދަކުރުމަށްޓަކައި އަލިބާބާއިން އިތުރު މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަ ކުރެވެ އެވެ.

މި ދާއިރާގައި ކުރިއަރަމުން އަންނަ ވާދަވެރިކަމަކީ ޗައިނާގެ އޭއައި ޓެކްނޮލޮޖީ އިތުރަށް ތަރައްގީ ވުމަށް މަގުފަހިވާނެ ކަމެއް ކަމަށް ގިނަ ފަރާތްތަކުން ދެކެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox