ހުލާސާކޮށް އިއްޔެ: ލަންކާ ހޮސްޕިޓަލްސްއިން އާސަންދަ ކަނޑާލުން

Apr 2, 2025, 1:01 AM
ހުލާސާކޮށް އިއްޔެ: ލަންކާ ހޮސްޕިޓަލްސްއިން އާސަންދަ ކަނޑާލުން

ބިލުތަކަށް ފައިސާ ނުދައްކާތީ ގިނަ އަދަދެއްގެ ދިވެހިން ހިދުމަތް ހޯދާ ސްރީ ލަންކާގެ، ލަންކާ ހޮސްޕިޓަލްސް އިން އާސަންދައިގެ ދަށުން ހިދުމަތް ދިނުން ހުއްޓާލައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ކޮލަމްބޯގައި ހުންނަ ލަންކާ ހޮސްޕިޓަލްސް އަށް ބޭސްފަރުވާ ހޯދުމަށް އިއްޔެ ދިޔަ އާންމުންގެ ބަޔަކު އަދަދު ނޫހާ ވާހަކަ ދައްކަމުން ބުނީ ހިދުމަތް ހޯދަން ދިޔުމުން އާސަންދަ ނުލިބޭ ކަމަށް ބުނީ ހޮސްޕިޓަލުގެ ސްޓާފުން ކަމަށެވެ.

"އެ މީހުން ބުނީ މިއަދުން ފެށިގެން ހިދުމަތް ހުއްޓާލަން ނިންމާފައޭ ވަނީ. ކީއްވެތޯ އެހުމުން ތަފުސީލު ދެވެން ނެތް ކަމަށް ބުނީ،" އެ ހޮސްޕިޓަލަށް ދިޔަ ބަލި މީހެއްގެ އާއިލާގެ މެންބަރަކު ބުންޏެވެ.

މިކަމާ ގުޅިގެން ސުވާލުކުރުމުން އާސަންދައިގެ އެމްޑީ އައިމިނަތު ޒީނިޔާ ވިދާޅުވީ، މިފަދަ މައުލޫމާތެއް ލިބިފައިނުވާ ކަމަށާއި ލަންކާ ހޮސްޕިޓަލްސް އިން ހިދުމަތް ހުއްޓާލި ސަބަބެއް ވެސް ނޭނގޭ ކަމަށެވެ.

ނަމަވެސް, މިކަމުގެ މައުލޫމާތު އެނގޭ މަސްދަރަކުން މި ނޫހަށް މައުލޫމާތު ދިން ގޮތުގައި ލަންކާ ހޮސްޕިޓަލްސް އިން އާސަންދައިގެ ހިދުމަތް ދިނުން ހުއްޓާލީ ގިނަ އަދަދެއްގެ ބިލުތަކަކަށް ފައިސާ ނުދައްކާ އޮވެގެންނެވެ. ބިލުތަކަށް ނުދައްކާ ހުރި ފައިސާގެ އަދަދު އެތައް މިލިއަނަކަށް އަރާނެ ކަމަށްވެސް އެ ފަރާތުން މައުލޫމާތު ދިނެވެ.

ލަންކާ އަކީ ރާއްޖެއިން ބޭރުގައި އެންމެ ބޮޑު ދިވެހި އާބާދީއެއް އޮންނަ އެއް ގައުމެވެ. ބޭސްފަރުވާ ހޯދުމަށް އެ ގައުމުގައި ދިގު މުއްދަތަކަށް ދިރިއުޅޭ ދިވެހިންގެ އަދަދު ވެސް މަދެއް ނޫނެވެ.

ލަންކާގެ ހޮސްޕިޓަލަކުން އާސަންދަ ދިނުން ހުއްޓާލާފައިވާއިރު، ޔޫއޭއީ އާއި ތައިލެންޑުގެ ހޮސްޕިޓަލްތަކުން އާސަންދަ ހޯދައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. ނަމަވެސް އެ ދެ ގައުމުން ސިއްހީ ހިދުމަތް ހޯދާ ފަރާތްތަކަށް އާސަންދަ ލިބުމުގައި ދަތިތަކެއް ހުރި ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

މި ސަރުކާރު ވެރިކަމަށް އައި ފަހުން އާސަންދައިގެ ހިންގުން ވަނީ ވަރަށް ބޮޑަށް ދޯދިޔާވެފަ އެވެ. އެގޮތުން، ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ މަޖިލިސް މެންބަރުން ބޭނުންވާ ބަޔަކަށް އާސަންދަ ހަމަޖައްސަން އާސަންދައިގެ އޮފީހުގައި ވަނީ ވަކި ޑެސްކެއް ހަމަޖައްސައިފަ އެވެ. އެގޮތަށް ހަމަޖެއްސީ މެންބަރުންގެ ޝަކުވާ ބޮޑުވެގެންނެވެ.

އޭގެ އިތުރުން، ކުރިން އާސަންދައިގެ ދަށުން ލިބުނު ގިނަ ބޭސް މިހާރު ނުލިބޭކަމުގެ ޝަކުވާ ވެސް ވަނީ ބޮޑުވެފަ އެވެ. އޭގެ ތެރޭގައި ކެންސަރު އަދި ހަކުރު ބައްޔަށް ފަރުވާ ކުރާ މީހުން ދާއިމަށް ކާން ޖެހޭ ބައެއް ބޭސްތައް ހިމެނެ އެވެ. އޭގެ އިތުރުން ވެސް ދިވެހިން ކުރިން ބޭނުން ކުރަމުން އައި ވަރަށް ގިނަ ބޭސްތަކެއް މިހާރު އާސަންދައިގެ ދަށުން ނުލިބެ އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox