ޑިސްކޯޑުން ގޭމަރުންނަށް ހާއްސަ އޯވަލޭ ފީޗާ ތައާރަފުކޮށްފި

ޑިސްކޯޑަކީ ގޭމަރުންނަށް އަމާޒުކޮށްގެން ހަދާފައިވާ މުވާސަލާތީ ޕްލެޓްފޯމެއް --

ޑިސްކޯޑަކީ ގޭމަރުންނަށް އަމާޒުކޮށްގެން ހަދާފައިވާ މުވާސަލާތީ ޕްލެޓްފޯމެއް --

ދުނިޔޭގެ އީސްޕޯޓްސް މައިދާނަށް އައު ހަލަބޮލި ކަމެއް ގެނެސްދޭނެ ކަމަށް ބެލެވޭ، ގޭމަރުންނަށް ހާއްސަ އައު އޯވަލޭ ފީޗާއެއް ޑިސްކޯޑުން ތައާރަފުކޮށްފި އެވެ. މި ފީޗާއަކީ ގޭމަރުންނާއި ސްޓްރީމަރުންނަށް އެތައް ގޮތަކުން ފައިދާކުރާނެ ކަމަށް ބެލެވޭ އަޕްޑޭޓެކެވެ.

އަންގާރަ ދުވަހު ޑިސްކޯޑުން ކުރި އިއުލާނުގައި ބުނެފައިވަނީ މި އޯވަރލޭ ފީޗާ ފަރުމާކޮށްފައި ވަނީ "މުޅިން އަލުން" ކަމަށެވެ. މި ބަދަލާއެކު ގޭމް ސްޓްރީމްކުރުމުގެ ތަޖުރިބާ ވަރަށް ބޮޑަށް ރަނގަޅުވެގެންދާނެ ކަމަށް ޑިސްކޯޑުން ބުނެފައިވެއެވެ.

ކުރިން ބޭނުންކުރަމުން އައި އޯވަލޭގައި ހުރި އެންމެ ބޮޑު މައްސަލައަކީ މުޅި ޑިސްކޯޑް ކްލައިންޓް ސްކްރީނުގެ މެދުތެރެއަށް އައިސް ސްޓްރީމް ބްލޮކްވުމެވެ. ނަމަވެސް އާ އަޕްޑޭޓާއެކު ގޭމަރުންނަށް ވަކިވަކި ވިޖެޓްތައް ސްކްރީނުގެ ވަށައިގެން ބެހެއްޓޭނެ އެވެ. މިގޮތުން މެސެޖްތައް ފެނުމާއި، އަޑާއި ވީޑިއޯގެ ސެޓިންގްތައް ބަދަލުކުރުން ފަދަ ކަންކަން ކުރެވޭނެއެވެ.

ފޮޓޯ ކްރެޑިޓް: ޑިސްކޯޑް
ފޮޓޯ ކްރެޑިޓް: ޑިސްކޯޑް

ފޮޓޯ ކްރެޑިޓް: ޑިސްކޯޑް

އީސްޕޯޓްސް ދާއިރާގައި މުހިންމު ބަދަލެއް ގެނެސްދޭނެ ކަމަށް ބެލެވޭ އަނެއް ފީޗާއަކީ ޕިކްޗާ-އިން-ޕިކްޗާ ވިޖެޓެވެ. މި ވިޖެޓް މެދުވެރިކޮށް އެއް ގޭމަރަކަށް އެހެން ގޭމަރެއްގެ ސްޓްރީމް ބެލޭނެ އެވެ. މިއީ ޓީމް ގޭމްތަކުގައި ވަރަށް ބޮޑަށް ބޭނުންތެރިވާނެ ފީޗާ އެކެވެ. އަދި ލައިވް ޗެޓްތަކުގައި އެހެން ބައިވެރިންގެ ވެބްކެމް ވީޑިއޯވެސް މިފީޗާ މެދުވެރިކޮށް ފެންނާނެއެވެ.

ޑިސްކޯޑުން މަޢުލޫމާތު ދީފައިވާ ގޮތުގައި މި އައު އޯވަލޭ ފީޗާ އިތުރު ގިނަ ގޭމްތަކާ ގުޅި، ޕާފޯމަންސް ވެސް ރަނގަޅުވާނެ އެވެ. މިއީ އީސްޕޯޓްސް ކުޅުންތެރިންނާއި ސްޓްރީމަރުންނަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ގިނަ ފަރާތްތަކުން ދެކެއެވެ.

ޑިސްކޯޑުން އޭގެ ޑެސްކްޓޮޕް އެޕްލިކޭޝަނަށްވެސް ބައެއް އަޕްޑޭޓްތައް ތައާރަފުކުރަމުންދާ ކަމަށް ވަނީ ހާމަކޮށްފަ އެވެ. އެގޮތުން ޑާކް މޯޑް ބޭނުންކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އުފާވެރި ހަބަރެއްގެ ގޮތުގައި، އިތުރު ހިލޭ ޑާކް ތީމްތަކެއް ލިބެން ފަށާނެ އެވެ. މިގޮތުން ކަޅު އަދި ގްރޭ ކުލައިގެ ތަފާތު ޝޭޑްތަކުގެ މެދުގައި ބަދަލުކުރެވޭނެ އެވެ. މީގެ ތެރޭގައި އޭޝް، ޑާކް އަދި އޮނިކްސް ހިމެނެ އެވެ. މީގެ އިތުރުން، އައު ޔޫއައި ޑެންސިޓީ އޮޕްޝަންތަކުން ޔޫޒަރުންނަށް ލަފުޒުތަކުގެ ދެމެދުގައި ހުންނަ ޖާގަ ބަދަލުކުރެވޭނެ އެވެ.

ފޮޓޯ ކްރެޑިޓް: ޑިސްކޯޑް
ފޮޓޯ ކްރެޑިޓް: ޑިސްކޯޑް

ފޮޓޯ ކްރެޑިޓް: ޑިސްކޯޑް

މި އަޕްޑޭޓްތައް އަމާޒުކުރެވިފައިވަނީ ގިނައިން ބޭނުންކުރާ ފަރާތްތަކަށެވެ. ހާއްސަކޮށް ސާވާ ތެރޭގައި ލައިވްސްޓްރީމްތައް ކޮށްގެން ފައިސާ ހޯދާ ކްރިއޭޓަރުންނަށެވެ. ނަމަވެސް، ރައްޓެހިންނާއެކު ގޭމް ކުޅޭ އާންމު ޔޫޒަރުންނަށްވެސް މި ފެންވަރު މަތިކޮށްދޭ އަޕްގްރޭޑްތައް މަރުހަބާ ކިޔާނެ ކަމަށް ބެލެވެ އެވެ.

ޑިސްކޯޑަކީ މައިގަނޑު ގޮތެއްގައި ގޭމަރުންނަށް އަމާޒުކޮށްގެން ހަދާފައިވާ 2015 ވަނަ އަހަރު ތައާރަފު ކުރެވުނު، މުވާސަލާތީ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމް އުފެއްދި ފަހުން، އޭގެ މަގުބޫލުކަން އަވަސް ދުވެއްޔެއްގައި އިތުރުވެ، މިހާރު ވަނީ ގޭމިން ކޮމިއުނިޓީގެ އިތުރުން އެހެނިހެން އޮންލައިން ކޮމިއުނިޓީތަކުގެ މެދުގައިވެސް ވަރަށް މަގުބޫލު ވެފަ އެވެ.

ޑިސްކޯޑްގެ ހާއްސަ ކަންތައްތަކުގެ ތެރޭގައި ޓެކްސްޓް، ވޮއިސް އަދި ވީޑިއޯ ޗެޓް، ސާވާތައް ހެދުމުގެ ގާބިލުކަން، އަދި ސްކްރީން ޝެއަރިން ފަދަ ކަންކަން ހިމެނެ އެވެ.

ޑިސްކޯޑުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އޭގެ ފީޗާތައް އިތުރަށް ފުރިހަމަކޮށް، ބޭނުންކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ހޯދައިދިނުމަށެވެ. މިފަހަރު ތަޢާރަފުކޮށްފައިވާ އައު އޯވަރލޭ ފީޗާއަކީ މި މަސައްކަތުގެ އެއް ނަތީޖާއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox