ޔުވެންޓަަސް އިން ނުވަ މަސް ތެރޭ މޮޓާ ވަކިކޮށްފި، އާ ކޯޗަކީ ޓޫޑޯ

Mar 24, 2025, 3:50 AM
ޔުވެންޓަަސް އިން ނުވަ މަސް ތެރޭ މޮޓާ ވަކިކޮށްފި، އާ ކޯޗަކީ ޓޫޑޯ

ޓިއުރިން، ޔުވެންޓަސް (މާޗް 24) - މި ސީޒަނުގައި ޔުވެންޓަަސްގެ ކޯޗުކަމާ ހަވާލުވި ތިއާގޯ މޮޓާ، ނުވަ މަސް ތެރޭ މަގާމުން ވަކިކޮށް، އެ ޓީމުގެ ކޯޗަކަށް އީގޯ ޓޫޑޯ ހަމަޖައްސައިފި އެވެ.

ތިން އަހަރުގެ ކޮންޓްރެކްޓެއްގައި މި ސީޒަނުގައި ޔުވެންޓަސްގެ ކޯޗުކަމާ ހަވާލުވި މޮޓާ، 42، އަށް މި ސީޒަނުގައި ދިން ބައެއް ޓާގެޓްތަކަށް ވާސިލްނުވެވިދާއިރު، އެންމެ ފަހުން ޔުވެންޓަސް ކުޅުނު މެޗުތަކުގައި ވެސް އެ ޓީމުގެ ނަތީޖާތައް ދަށެވެ.

މޮޓާ، އެންމެ ފަހުން ޔުވެންޓަސް އަށް ކޯޗުކޮށްދިން މެޗަކީ، ފިއޮރެންޓީނާ ދަނޑުގައި 3-0 އިން ޔުވެންޓަސް ބަލިވި މެޗެވެ. އޭގެ ކުރިން، ހަފްތާގައި ޔުވެންޓަސް ވަނީ އަމިއްލަ ދަނޑުގައި އެޓަލަންޓާ އަތުން 4-0 އިން ބަލިވެފަ އެވެ.

ޔުވެންޓަސް ވަނީ ޗެމްޕިއަންސް ލީގުގެ ނޮކައުޓް ޕްލޭއޮފުން ކަޓައިފަ އެވެ. މިދިޔަ ސީޒަނުގައި ޔުވެންޓަސް ޗެމްޕިއަންކަން ހޯދި އިޓާލިއަން ކަޕުން ވެސް ވަނީ ކަޓައިފަ އެވެ. މި ހުރިހާ ކަމަކަށް ބަލައި، މޮޓާ ބަަދަލުކޮށް ސީޒަން ސަލާމަތްކުރަން ކޯޗު ބަދަލުކުރީ، އެވެ.

އަދި، ޔުވެންޓަސްއާ ގުޅުނު، ކްރޮއޭޝިއާ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ، ޓޫޑޯ އަކީ އެ ޓީމަށް ކުރިން ކުޅުނު ކުޅުންތެރިއެކެވެ.

މި ސީޒަނުގެ ނިޔަލަށް ޓޫޑޯ، ޔުވެންޓަސްގެ ކޯޗުކަމާ ހަވާލުވިއިރު، އޭނާ ވަނީ އެ ޓީމަށް 1998 އިން 2007 އަށް ކުޅެފަ އެވެ.

އެ ގޮތުން، ޔުވެންޓަސް އަށް 150 މެޗު ކުޅެދިން ޓޫޑޯގެ ކޯޗިން ކެރިއަރަށް ބަލާއިރު، އޭނާ ވަނީ، ގަލަތަސަރާއި، މާސޭގެ އިތުރުން އިޓަލީގެ ދެ ކްލަބް ކަމަށްވާ އުދިނޭޒީ އާއި ވެރޯނާ އަދި ލާޒިއޯ އަށް ކޯޗުކޮށްދީފަ އެވެ. މިދިޔަ ސީޒަނުގެ ފަހު ތިން މަހުގައި އޭނާ ހުރީ ލާޒިއޯގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox