ކުޅުންތެރިން އަދިވެސް ކުރީގެ ގޭމްތަކަށް ލޯބިކުރޭ

ގިނަމީހުންނަށް އަދިވެސް ކަމުދަނީ މީގެ 6 އަހަރު ކުރީގެ ގޭމްތައް --

ގިނަމީހުންނަށް އަދިވެސް ކަމުދަނީ މީގެ 6 އަހަރު ކުރީގެ ގޭމްތައް --

އޮންލައިން ގޭމް ކުޅޭ ގިނަ ކުޅުންތެރިން އަދިވެސް ލޯބިކުރަނީ ކުރީގެ ގޭމްތަކަށް ކަމަށާއި، އެފަދަ ކުޅުންތެރިން ގިނަ ވަގުތު ވެސް ހޭދަކުރަނީ ކުރީގެ ގޭމްތަކުގައި ކަމަށް އިންޑަސްޓްރީގެ ރިޕޯޓަކުން ހާމަވެއްޖެއެވެ.

މި ހަފްތާގައި ބޭއްވުނު ގޭމްސް ޑިވެލޮޕަ ކޮންފަރެންސްގައި ނިއުޒޫ އިން ވަނީ، 2024 ވަނަ އަހަރުގެ ކުޅުންތެރިންގެ އާދަތަކާއި ހަރަދުކުރުމުގެ ވައްޓަފާޅި ދައްކުވައިދޭ ތިންވަނަ އަހަރީ ރިޕޯޓު ނެރެފައެވެ.

މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި 2024 ވަނަ އަހަރު ނެރުނު ގޭމްތަކަށް ވަރަށް މަދު ވަގުތުކޮޅެއް ހޭދަކުރާއިރު، ގިނަ ކުޅުންތެރިން އަދިވެސް ގިނަ ވަގުތު ހޭދަކުރަނީ ކުރީގެ ގޭމްތަކުގައެވެ.

ޕީސީ ގޭމްތަކުގައި ހޭދަކުރާ ޖުމްލަ ވަގުތުގެ 67 ޕަސެންޓު ހޭދަކުރަނީ 6 އަހަރު ނުވަތަ އެއަށްވުރެ ގިނަ ދުވަސްވީ ގޭމްތަކުގައެވެ. މީގެ ތެރޭގައި އެންމެ މަގުބޫލު ގޭމްތަކަކީ ކައުންޓަ ސްޓްރައިކް 2 އަދި ޖީއޯ (7.1 ޕަސެންޓު)، ލީގް އޮފް ލެޖެންޑްސް (6.4 ޕަސެންޓު)، ރޯބްލޮކްސް (6.2 ޕަސެންޓު)، ޑޯޓާ 2 (5.8 ޕަސެންޓު) އަދި ފޯޓްނައިޓް (5.4 ޕަސެންޓު) އެވެ.

ކޮންސޯލްތަކުގައި މި ތަފާތު ކުޑަ ނަމަވެސް، ޕްލޭސްޓޭޝަންގައި 6 އަހަރަށްވުރެ ގިނަ ދުވަސްވީ ގޭމްތަކުގައި ހޭދަކުރާ ވަގުތަކީ 44 ޕަސެންޓެވެ. އަދި އެކްސްބޮކްސްގައި މިއީ 49 ޕަސެންޓެވެ. ދެ ކޮންސޯލްގައިވެސް 2024 ގައި ނެރުނު ގޭމްތަކުގައި ހޭދަކުރާ ވަގުތަކީ 15 ޕަސެންޓެވެ.

ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި 2024 ވަނަ އަހަރު ސްޓީމްގައި އެވްރެޖްކޮށް ކޮންމެ މީހަކު 10 ގޭމް ކުޅެފައިވެއެވެ. ޕްލޭސްޓޭޝަންގައި ވެސް މި އެވްރެޖަކީ 10 އެވެ. އެކްސްބޮކްސްގައި މިއަދަދަކީ 9 އެވެ. މި އަދަދު ގުނުމުގައި ކޮންމެ ގޭމެއްގައިވެސް މަދުވެގެން 2 ގަޑިއިރު ކުޅެފައި ވާންޖެހެއެވެ.

"ކުޅުމުގެ އާދަތައް މަދު ގޭމްތަކަކަށް ހަނިވަމުންދާކަމާއި، މިކަމުގެ ސަބަބުން އައު ގޭމްތަކަށް ލިބޭ މާކެޓް ކުޑަވަމުންދާ ކަމަށް" ރިޕޯޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި ފުލް ޕްރައިސް ކޮންސޯލް ގޭމްތަކުން އަހަރެއްގެ މައްޗަށް ލިބޭ އާމްދަނީއަކީ 19.9 ބިލިއަން ޑޮލަރެވެ. މިއީ 2023 އާ އަޅާބަލާއިރު 14 އިންސައްތައިގެ ދަށްވުމެކެވެ.

ނިއުޒޫ އިން މިކަން ނިސްބަތްކުރަނީ 2023 ގައި ނެރުނު ވަރުގަދަ ގޭމްތަކާ އަޅާބަލާއިރު 2024 ގައި ނެރުނު ގޭމްތައް ދެރަވުމަށެވެ. 2023 ގައި ނެރުނު ގޭމްތަކުގެ ތެރޭގައި ދަ ލެޖެންޑް އޮފް ޒެލްޑާ: ޓިއާސް އޮފް ދަ ކިންގްޑަމް، ސްޕައިޑަމޭން 3، ބޯލްޑާސް ގޭޓް 3 އަދި ސުޕަ މާރިއޯ ބްރޯސް ވަންޑަރ ހިމެނެއެވެ.

މި ރިޕޯޓުން ދައްކުވައިދެނީ ގޭމިން އިންޑަސްޓްރީގައި ކުރީގެ ގޭމްތަކުގެ ދައުރު އަދިވެސް ވަރަށް މުހިންމުކަމާއި، އައު ގޭމްތަކަށް ކުޅުންތެރިންގެ ސަމާލުކަން ހޯދުމަކީ ގޮންޖެހުންތަކެއް ހުރި ކަމެއްކަމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox