މިހާތަނަށް ނެރުނު އެންމެ ކަޑަ ގޭމް އަލުން ނެރެނީ

ބިގް ރިގްސް ގެ މަންޒަރެއް -- ފޮޓޯ: ސްޓީމްޑީބީ

ބިގް ރިގްސް ގެ މަންޒަރެއް -- ފޮޓޯ: ސްޓީމްޑީބީ

އެންމެ ކަޑަ ނުވަތަ ކަމުނުދާ ގޭމުގެ ގޮތުގައި ފާހަގަކުރެވިފައިވާ "ބިގް ރިގްސް: އޯވާ ދަ ރޯޑް ރޭސިން" އަލުން ނެރުމަށް ތައްޔާރުވާން ފަށައިފި އެވެ.

މީގެ 22 އަހަރު ކުރިން 2003 ނެރުނު މި ގޭމަކީ ވަރަށް ދަށް ފެންވަރުގެ ގޭމެއްގެ ގޮތުގައި ވަނީ މަޝްހޫރުވެފަ އެވެ.

ސްޓީމްޑީބީގެ ޑޭޓާބޭސްގައި މިއަދު ބުނެފައިވާ ގޮތުގައި މި ގޭމް 2025 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި އަލުން ނެރުމަށް ރޭވިފައި ވިޔަސް މިގޭމް ދެވަނަ ފަހަރަށް ނެރެނީ އިތުރު އަޕްޑޭޓްތަކާ އެކުގައި ކަމެއް އަދި ނޭނގެ އެވެ.

ސްޓީމްގައި މި ގޭމުގެ ތަފްސީލުގައި ބަޔާންކޮށްފައިވާ ގޮތުން، މި ގޭމަކީ އެމެރިކާގެ އެކި ސަރަހައްދުތަކުގައި ބޮޑެތި ޓްރަކުތައް ދުއްވައިގެން މުދާ އުފުލުމާއި ރޭސް ކުރުމުގެ މައްޗަށް ބިނާކޮށްފައިވާ ގޭމެކެވެ.

މި ގޭމް ތަރައްގީކުރި ކުންފުންޏަކީ ސްޓެލާ ސްޓޯން ކަމަށްވާއިރު، ޕަބްލިޝްކުރާ ފަރާތަކީ މާގަރީޓް އެންޓަޓެއިންމަންޓް ކަމަށް ބަޔާންކޮށްފައިވެ އެވެ. ނަމަވެސް މާގަރީޓް އެންޓަޓެއިންމަންޓްގެ މައުލޫމާތު އިންޓަނެޓުން ލިބެން ނެތެވެ.

މި ގޭމް އަލުން ނެރުމަށް ރޭވިފައިވާކަމުގެ މައުލޫމާތު ހާމަވެފައި މިވަނީ އޭޕްރިލް ފޫލްސް ޑޭއާ ކައިރިވަމުންދާ ދުވަސްވަރެއްގައި ކަމަށްވުމާއެކު، މިއީ މަޖަލަކަށް ބަޔަކު ފަތުރައިގެން އުޅޭ މައުލޫމާތެއް ކަމަށްވުމުގެ ފުރުސަތު އޮތްކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެ އެވެ.

ނަމަވެސް މިއީ ތެދު މައުލޫމާތެއް ކަމުގައިވާނަމަ، މެޓަކްރިޓިކްގައި ސައްތައަކުން އެންމެ 8 ޕޮއިންޓް ލިބި، އެންމެ ދަށް ރޭޓިންގެ ގޭމުތަކުގެ ތެރޭގައި ހިމެނޭ ގޭމެއް އަލުން ނެރުމަށް ތައްޔާރުވަމުންދާކަން ފާހަގަކުރެވެ އެވެ.

ބިގް ރިގްސް: އޯވާ ދަ ރޯޑް ރޭސިން" ގޭމް 2003 ވަނަ އަހަރު ނެރުނު އިރު، ގޭމްސްޕޮޓުން މި ގޭމަށް ދިނީ 10 ން 1 ޕޮއިންޓެވެ. މި ގޭމުގައި ކޮލިޝަން ޑިޓެކްޝަން ނެތުމާއި، ސީޕީޔޫ އޮޕޮނަންޓުން ރޭސް ފެށޭ ހިސާބުން ކުރިއަށް ނުދިއުމާއި، ގޭމް ކޮންޓްރޯލް ކުރުމުގައި ހުރި މައްސަލަތަކުގެ ސަބަބުން މި ގޭމަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ.

މީގެ އިތުރުން، މި ގޭމުގައި ރޭސް ކާމިޔާބުކުރުމުން ދައްކާ ސްކްރީނުގައި "ޔޫ އާ ވިނަ" މިހެން ލިޔެފައި ހުންނަ ގޮތުން، މި ގޭމަކީ އިންޓަނެޓުގައި މަޖާ މީމްއަކަށްވެސް ވެފައިވާ ގޭމެކެވެ.

ގޭމްސްޕޮޓުން 2003 ވަނަ އަހަރު މި ގޭމަށް ދިން ރިވިއުގައި ބުނެފައިވަނީ މިއީ ވަރަށް ދަށް ފެންވަރުގެ ގޭމެއް ކަމަށެވެ. އެހެން ކަމުން މި ގޭމުގެ އަގު ވެސް ވަނީ ވަރަށް ބޮޑަށް ދަށްކޮށްފައެވެ. އަދި މި ގޭމް ނެރުނު ކުންފުނިން މި ގޭމް ރަނގަޅަށް ޓެސްޓުކޮށްފައިވާކަމަށް ބުނެފައިވީ ނަމަވެސް، ގޭމުގެ ފެންވަރުން ވަރަށްބޮޑަށް ދަށް ކަމަށް ގޭމްސްޕޮޓުން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox