ބާޒާރުގައި ކުރުނބައެއްގެ އަގު 60ރ. އަށް އުފުލިއްޖެ

ބާޒާރުގައި ކުރުނބާ ވިއްކުމަށް ތައްޔާރުކުރަނީ: ބާޒާރުގައި ކުރުނބާގެ އަގު 60ރ. އަށް ވަނީ އުފުލިފައި -- ފޮޓޯ: އަދަދު ފައިލް

ބާޒާރުގައި ކުރުނބާ ވިއްކުމަށް ތައްޔާރުކުރަނީ: ބާޒާރުގައި ކުރުނބާގެ އަގު 60ރ. އަށް ވަނީ އުފުލިފައި -- ފޮޓޯ: އަދަދު ފައިލް

މާލޭ ދަތުރުވެރިންގެ މާރުކޭޓުގައި ކުރުނބާ ސަޕްލައި ވަރަށް ބޮޑަށް މަދުވެ، ކުރުނބައެއްގެ އަގު 60ރ. އަށް އުފުލިއްޖެ އެވެ.

މި ރޯދަ މަސް ފެށުނުއިރު ރަނގަޅު ކުރުނބައެއްގެ އަގު ހުރީ 25ރ. އާއި 35ރ. އާ ދެމެދުގަ އެވެ. ނަމަވެސް މިއަދު ބާޒާރުގައި ކުޑަ ކުރުނބައެއްގެ އަގު ހުރީ 45ރ. އާއި 60ރ. އާ ދެމެދުގަ އެވެ.

ކުރުނބާ ފުޅިއެއްގެ އަގު މި ރޯދަ މަސް ފެށުނު ފަހުން އެންމެ މައްޗަށް ވެސް އަރައިގެންދިޔައީ 160ރ. އަށެވެ. ނަމަވެސް މިއަދު ބާޒާރުގައި ކުރުނބާ ފުޅިއެއްގެ އަގު ވެސް ވަނީ 180ރ. އަށް އަރައިފަ އެވެ.

ކުރުނބާ ސަޕްލައި ދަށްވުމާ ގުޅިގެން ލަންކާއިން ވެސް ކުރުނބާ ގެނެސްގެން މިފަހަރު ބާޒާރުގައި ވިއްކާފައިވެ އެވެ. އެކަމަކު ލަންކާ އިން ގެނައި ޝިޕްމަންޓު ވެސް ބާޒާރުން މިހާރު ވަނީ ހުސްވެފަ އެވެ.

ބާޒާރުގައި ކުރުނބާ ފުޅި ވަކިން ވިއްކާ ވިޔަފާރިވެރިއަކު އަދަދު އާ ވާހަކަދައްކަމުން ބުނީ މިއަދު ކުރުނބާ ފުޅި ނުވިއްކާ ކަމަށާއި އެއީ ކުރުނބާ ވަކިން ލިބޭ އަގު އިންތިހާއަށް ބޮޑުވުމުން ކަމަށެވެ.

"ކުރުނބައެއް މި ލިބެނީ 50ރ. ނުވަތަ 60ރ. އަށް. ކިހިނެއް އެވަރުން ފުޅި ހަދައިގެން ވިއްކަނީ. ކުރުނބާ ހަމަ އެއްގޮތަކަށް ވެސް ނުލިބިގެން މިއުޅެނީ،" އޭނާ ބުންޏެވެ.

ބާޒާރުން ވާހަކަ ދެއްކި އިތުރު މީހަކު މި ނޫހަށް ބުނީ މާދަމާ ވެސް ކުރުނބާގެ އަގު އިތުރަށް އުފުލޭނެ ކަމަށާއި ކުރުނބާ ލިބޭނެ މަގެއް މިހާތަނަށް ފަހި ކުރެވިފައި ނުވާ ކަމަށެވެ.

އާންމުކޮށް ރޯދަ މަހު މީހުން ބޭނުންކުރާ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ކަރާ ކިލޯއެއްގެ އަގު 30ރ. އަށް ވަނީ އުފުލިފަ އެވެ. އަދި ކާއްޓެއް 10ރ. އިން ފެށިގެން 30ރ. އަށް ލިބެން ހުއްޓެވެ.

ބާޒާރުގައި މިއަދު އެންމެ އަގު ކުޑަކޮށް ހުރީ މިރުހުގަ އެވެ. އެގޮތުން 100 ގްރާމް މިރުސް ލިބެން ހުރީ 10ރ. އާއި 15ރ. އަށެވެ. ކިލޯއެއްގެ އަގު 100ރ. އަށް ވެސް ލިބެން އެބަހުއްޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox