އީސްޕޯޓްސް: ކުޅުންތެރިންނަށް ދިމާވާ ސިއްހީ ބައެއް މައްސަލަތަކާއި އޭގެ ހައްލު

އީސްޕޯސްޓްގައި ލިބޭ ސިއްހީ ގެއްލުންތަކުން ސަލާމަތްވުމަކީ އުނދަގޫ ކަމެއް ނޫން ---

އީސްޕޯސްޓްގައި ލިބޭ ސިއްހީ ގެއްލުންތަކުން ސަލާމަތްވުމަކީ އުނދަގޫ ކަމެއް ނޫން ---

އީސްޕޯޓްސްގެ މަގުބޫލުކަން ދުނިޔޭގައި އިތުރުވެ، ގޭމިން މުބާރާތްތަކުގައި ކުޅޭ ކުޅުންތެރިންނަށް މިލިއަނުން ފައިސާ ލިބޭއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގޭމިން އޯގަނައިޒޭޝަންތައް ދަނީ އިތުރަށް އުފެދެމުންނެވެ. މިފަދަ އޯގަނައިޒޭޝަންތަކާއި އިދާރާތައް މެދުވެރިކޮށް ޕްރޮފެޝަނަލް ކުޅުންތެރިން، ހަމަ ކޮންމެ ދުވަހަކު ވެސް އަންނަނީ އިތުރުވަމުންނެވެ. ނަމަވެސް މިފަދަ ކުޅިވަރެއްގައި ވެސް ކުޅުންތެރިންނަށް ސިއްހީ ގޮތުން ގެއްލުން ލިބޭ ކަންތައްތަކެއް ހުރެއެވެ.

މިކަމުގައި އެންމެ އާންމުކޮށް ފެންނަ ގެއްލުމަކީ އަތާއި އުޅަނބޮށި، އަދި މުޅި އަތްދަނޑީގެ މައްސަލަތަކެވެ. ޕްރޮފެޝަނަލް ކުޅުންތެރިން ދުވާލަކު 8-12 ގަޑިއިރަށްވުރެ ގިނައިރު ގޭމްކުޅުމުގެ ސަބަބުން (ވަކި ހަރަކާތްތަކެއް ތަކުރާރުކޮށް ކުރުމުން) އެ ހަރަކާތަށް ބޭނުންކުރާ ހަށިގަނޑުގެ ބައިތަކަށް ބޮޑެތި ގެއްލުންތައް ލިބެ އެވެ.

މީގެތެރޭގައި ރިޕެޓިޓިވް ސްޓްރެއިން އިންޖަރީއާއި (RSI)، ކާޕަލް ޓަނަލް ސިންޑްރޯމް، ޓެނިސް އެލްބޯ އަދި ގޭމާސް ތަމްފަދަ ހާލަތްތައް ހިމެނެއެވެ. މިފަދަ ހާލަތްތަކުގައި އަތުގައި ވޭން އިހުސާސްވުމާއި، ހަންގަނޑު ކުރަކިވުމާއި، ބާރު ދެރަވުންފަދަ ކަންކަން ތަޙައްމަލުކުރަން ޖެހެއެވެ.

އަދި ހަމައެހެންމެ ދިގު މުއްދަތަކަށް ގޭމްކުޅުމުގެ ސަބަބުން ބުރަކައްޓާއި ކަނދުރާގައި ރިހުމާއި، ލޮލުގެ މައްސަލަތައް ކުރިމަތިވުމަކީ ޕްރޮފެޝަނަލް ކުޅުންތެރިންގެ މެދުގައި އާންމުކޮށް ދިމާވާ ކަމެކެވެ.

ކޮންމެ ގަޑިއިރަކުން ހުސް ވަގުތުކޮޅެއް ނުނަގައި، ސްކްރީނަށް އެއްކޮށް އަބަދު ބަލައިގެން، އެއްތަނެއްގައި ގިނަ ވަގުތު ހޭދަކުރުމަކީ ވެސް ލޮލަށް ގެއްލުން ލިބިދާނެ ނުރަނގަޅު އާދައެކެވެ.

މީގެ އިތުރުން ނިދުމުގައި ދަތިތަކާދިމާވެ، ކަންބޮޑުވުމާއި ނަފުސާނީ ގެއްލުންތައް ލިބުމަކީ ވެސް މިފަދަ ކުޅުންތެރިންގެ މެދުގައި އާންމުކޮށް ދިމާވާ ކަމެކެވެ.

ގިނަ ދިރާސާތަކުން ދައްކާގޮތުގައި މިފަދަ މައްސަލަތަކުން ސަލާމަތްވުމަކީ އޭގެ ޒާތުގައި އުނދަގޫ ކަމެއް ނޫނެވެ. އެގޮތުން މި މައްސަލަތަކުން ސަލާމަތްވުމަށްޓަކައި ގޭމް ކުޅުމުގެ ކުރިއާއި ފަހުން ބައެއް ކަސްރަތުތައް ކުރުމަކީ ކެރިއާ ދިގުމުއްދަތަކަށް ދެމެހެއްޓުމަށް އެހީވެދޭނެ ކަމެކެވެ.

މިގޮތުން އަތުގެ ކަސްރަތު ތަކާއި، ކަރާއި ބުރަކަށީގެ މައްސަލަތަކުން ސަލާމަތްވުމަށް ބޭނުންވާ ކަސްރަތު ތައް ދާއިމީކޮށް ހުއްޓައިނުލައި ކުރުމާއި، އަދި ލޮލުގެ މައްސަލަތަކުން ސަލާމަތްވުމަށް 20-20-20 ގަވާއިދު ފަދަ ގޮތްތައް ބޭނުންކުރެވިދާނެއެވެ. އެއީ ކޮންމެ 20 މިނެޓަކުން، 20 ފޫޓު ދުރުގައި ހުރި އެއްޗަކަށް 20 ސިކުންތު ބެލުމެވެ. މިއީ ލޮލަށް ހުސްވަގުތުކޮޅެއް ދިނުމަށް އެންމެ ރަނގަޅު އެއް ގޮތެވެ.

ގޭމިން ސެޓަޕް ރަނގަޅުކުރުމަކީ ވެސް މިފަދަ މައްސަލަތައް ހުއްޓުވުމަށް ވަރަށް މުހިންމު ކަމެކެވެ. މީގެތެރޭގައި މޮނިޓަރުގެ މަތީކައިރި ލޮލާ އެއްލެވެލްގައި ބެހެއްޓުމާއި، ކޮނޑު ވެސް ސީދާކޮށް ބެހެއްޓުމާއި، ގޮނޑީގައި އިންނައިރު، ބުރަކަށްޓަށް ސަޕޯޓް ލިބޭގޮތަށް އިށީނުމާއި، ފައިތިލަ ބިމުގައި ޖެހޭގޮތަށް ބެހެއްޓުން ހިމެނެއެވެ.

ޕްރޮފެޝަނަލް ގޭމިންގ ދުނިޔެއަށް ނިކުންނަން ބޭނުންވާ ހުރިހާ ފަރާތްތަކުން ވެސް މިފަދަ ކަންކަމަށް ސަމާލުކަން ދެއްވުން އެދެވިގެންވެއެވެ. މިގޮތަށް ސަމާލުކަން ދިނުމަކީ ކެރިއަރ ދިގުމުއްދަތަކަށް ދެމެހެއްޓުމަށް އެހީވެދޭނެ ކަމެއް ކަމުގައި ފާހަގަކުރެވެއެވެ.

އެހެނީ މިފަދަ ސިއްހީ ދަތިތަކަކީ ޕްރޮފެޝަނަލް ކުޅުންތެރިންގެ ކެރިއާ އަވަހަށް ނިމުމަކަށް ގެނެސްދޭ އެންމެ ބޮޑު ސަބަބުކަމުގައި ފާހަގަކުރެއެވެ. އަދި އެއްވެސް ވޭނެއް ނުވަތަ ރިހުމެއް ގިނަ ދުވަސްވަންދެން ނުފިލާ ހުރެއްޖެނަމަ، ނުވަތަ އަތާއި އަތްތިލައަށް ނާޒުކު ވޭންތަކެއް ނުވަތަ ކުރަކިވުން އިހުސާސްވާނަމަ، ވަގުތުން ޑޮކްޓަރަކަށް ދެއްކުމަކީ މުހިންމު ކަމެކެވެ. އަދި މިފަދަ ކަސްރަތު ތައް ކުރުމުގެ ކުރިން އެންމެ ރަނގަޅީ ދާއިރާގެ އެކްސްޕާޓެއް ނުވަތަ ސިއްހީ އެހީތެރިއެއްގެ އެހީހޯދުމެވެ.

އީސްޕޯޓްސްއަކީ މިހާރު ވަރަށް މުހިންމު ވާދަވެރި ކުޅިވަރަކަށް ވެފައިވާއިރު، ގޭމަރުންނަށް މަދުން ނަމަވެސް ސިއްހީ މައްސަލަތައް ދިމާވެއެވެ. މިފަދަ މައްސަލަތަކުން ސަލާމަތްވެ ދެމެހެއްޓެނިވި ގޮތެއްގައި ކުޅުންތެރިއެއްގެ ގޮތުގައި ދެމިހުރުމަށް އެކަށީގެންވާ ކަސްރަތުތައް ކުރުމާއި، ގޭމިންގ ސެޓަޕް ރަނގަޅުކުރުމާއި އަދި ހަށިގަނޑަށް އިހުސާސްވާ ވޭންތަކަށް ސަމާލުކަން ދިނުން ވަރަށް މުހިންމެވެ.

މިކަންކަމަށް ސަމާލުކަން ދީފިނަމަ އިސްޕޯޓްސްގައި ކުރިއަށް ދާން ބޭނުން ފަރާތްތަކަށް އޮތީ އުފާވެރި އުއްމީދީ މުސްތަގުބަލެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox