ވެލެންސިއާ އިން 1.3 މިލިއަން ރުފިޔާ ދައްކައި ދަރަނި ހަލާސްކޮށްފި؛ ތާރީހީ ކަމެއް!

Mar 19, 2025, 1:08 AM
ދަރަނީގެ ގޮތުގައި ވެލެންސިއާ އިން ވަނީ ބޯހަސް އަށް ނުދީ ހުރި މުސާރައިގެ 40،000 ޑޮލަރު ދައްކައިފައި.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

ދަރަނީގެ ގޮތުގައި ވެލެންސިއާ އިން ވަނީ ބޯހަސް އަށް ނުދީ ހުރި މުސާރައިގެ 40،000 ޑޮލަރު ދައްކައިފައި.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

ރާއްޖޭގެ ފުޓްބޯޅައިގެ ވަރުގަދަ ބާރު، ކްލަބް ވެލެންސިއާ އިން ރާއްޖޭން ބޭރުގެ އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާގެ ގޮތުގައި އޮތް 1.3 މިލިއަން ރުފިޔާ ދައްކައި، ދަރަނި ހަލާސްކޮށް، އެ ކްލަބްގެ ތާރީހުގައި ވެސް މާލީ ގޮތުން ވެއްޓުނު އެންމެ ބޮޑު އަޑިގަނޑުން އަރައިގަނެފި އެވެ.

ބިދޭސީ ކުޅުންތެރިންނަށް ނުދީ ހުރި މުސާރައިގެ މައްސަލައިގައި ފީފާ އިން ވެލެންސިއާ އަށް އަދަބު ދިނީ 2022 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އެއީ، އެއްވެސް ކުޅުންތެރިއަކު ޓީމުގައި ރަޖިސްޓްރީ ނުކުރެވޭ ގޮތަށް ދިން އަދަބެކެވެ.

އެކަމަކު، ޖެހިގެން އައި އަހަރު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހަމަޖައްސައިދިން ގޮތަކަށް، ވެލެންސިއާގެ އިތުރުން، އެހެން ކްލަބްތަކެއް ވެސް ޓްރާންސްފާ ނުގެނެވޭ ގޮތަށް ބޭންއެއްގައި އޮއްވައި ކުޅުންތެރިން ރަޖިސްޓްރީ ކޮށްދިނެވެ.

މި މައްސަލަ ފީފާގެ ސަމާލުކަަމަށް އައިސް، ފަހުން އެ ކަމުގައި އެފްއޭއެމުން ޖޫރިމަނާއެއް ދޭން ޖެހޭ ގޮތަށް ފީފާ އިން ވަނީ އަދަބެއް ދީފަ އެވެ. މިއީ، އެފްއޭއެމްގެ މައްސަލައެއް ކަމަށްވުމުން، ފީފާ އިން، އެ ކަމާ ކްލަބެއް ޖޫރިމަނާ ނުކުރެ އެވެ.

ވެލެންސިއާގެ ދަރަނީގެ ގޮތުގައި، އެންމެ ބޮޑަށް އޮތީ، ބިދޭސީ ދެ ކުޅުންތެރިން ކަމަށްވާ ބޯހާސް މާޓިން އާއި ހޯސޭ ޑޮމިންގޭޒަށް ދޭން ޖެހޭ ފައިސާގެ އިތުރުން، އޭއެފްސީ ކަޕް މެޗަކަށް ބަންގްލަދޭޝަށް ނުދިއުމުން، ދައްކަން ޖެހުނު ޖޫރިމަނާ އެވެ.

ވެލެންސިއާގެ ޗެއާމަން، އަބްދުﷲ އަޒްމީން، "އަދަދު ސްޕޯޓްސް" އަށް ވިދާޅުވީ، ހުރިހާ ފައިސާއެއް ދައްކައި ހަލާސްކުރިއިރު، 1.3 މިލިއަން ރުފިޔާ ދަރަނީގެ ގޮތުގައި ދައްކަން ޖެހުނު ކަމަށެެވެ.

"ބޯހަސްގެ އެކަނި ވެސް 40،000 ޑޮލަރު، ޖުމްލަ އެއްކޮށް އަހަރެމެން އަތުން ހަރަދުވެއްޖެ މި ހުރިހާ ފައިން އަކަށް، 1.3 މިލިއަން ރުފިޔާ، އެ ވަރު މި އެރި ސަބަބަކީ ޑޮލަރު ގަންނަން މި ޖެހެނީ ބްލެކް މާކެޓުން،" ވެލެންސިއާގެ ސަޕޯޓަރެއްގެ ގޮތުގައި ފަށައި، ފަހުން އެ ކްލަބް އުނދަގޫ ފައްތަރެއްގައި އޮއްވައި، ޗެއާމަން ކަމަށް ހަވާލުވި، އަޒްމީން ވިދާޅުވި އެވެ.

"ޑޮލަރު އަގުބޮޑުކޮށް ގަންނަން ޖެހޭތީވެ، އަސްލު ރޭޓަށް ވުރެ އަނެއްހެން ބުނާ ކަމަންވަންޏާ، ނުވަ ލައްކަ ރުފިޔާ ނޫނީ ގާތްގަނޑަކަށް އެއް މިލިއަން ރުފިޔާ އިން ނިމެން އިން އެއްޗެއް މި ދިޔައީ 1.3 މިލިއަން އަށް. އެ ވަރު މިވީ ބްލެކް މާކެޓުން ޑޮލަރު މި ގަތީ. ފުރަތަމަ ގަތީ، 18.60 އަށް ފަހު، 19 އަށް. ބޯހާސްގެ އެކަނި ވެސް ހަތް ލައްކަ އިން ނުވަ ލައްކަ އަށް އެރި،"

ކުޅިވަރު ނޫސްވެރިއެއްގެ ގޮތުގައި ވެސް ގިނަ ހިދުމަތްތަކެއް ކުރި އަޒްމީން ވިދާޅުވީ، ވެލެންސިއާގެ ހިދުމަތްތެރިންނާއި އެކި ގޮތްގޮތުން ކްލަބަށް އެހީވާ މީހުންނާ އެކު ދެކެވުނު ވާހަކަތަކަށް ބަލާއިރު، ކަށަވަރުވާ ކަމަކަށް އޮތީ މިއީ، އެ ކްލަބްގެ ތާރީހުގައި ވެސް ދެއްކި އެންމެ ބޮޑު ދަރަނި ކަމަށެވެ.

"ވެލެންސިއާގެ ތާރީހުގައި ވެސް މި ވަރުގެ ބޮޑު ދަރަންޏެއް ކްލަބްގައި ނެތް. މިހާ ބޮޑު ދަރަންޏެއް ދެއްކީމަ ދެން ވާ ގޮތަކީ، ސީޒަން ފަށްޓަން ބަލާއިރު، ފައިނޭންޝިއަލީ ވަރަށް ބައިވަރު އުނދަގޫތައް އެބަހުރި. އަނެއްހެން ބުނާކަމަށްވަންޏާ ވެލެންސިއާގައި އޮންނާނީ ޖޫނިއާ ޓީމެއް، އެކަމަކު ބޭރު (ބިދޭސީ) ތިން މީޙުން ގެންނާނަން، ކޯޓާއާ އެއްވަރަށް،" އަލުން ބަލުން ވަރުގަދަ ޓީމެއް އެކުލަވާލަން ބަލާއިރު، ހުރި ގޮންޖެހުމަށް އިޝާރާތްކުރައްވައި، އަޒްމީން ވިދާޅުވި އެެވެ.

އެނގިފައިވާ ގޮތުގައި، ވެލެންސިއާ އަށް ކުޅުނު ރާއްޖޭގެ ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާ އަދާކުރުމުގެ އެއްބަސްވުންތަކެއް ވަނީ ހަދައިފަ އެވެ.

ވެލެންސިއާގެ ކޯޗުކަމުގައި އެކި ފަހަރު މަތިން ގިނަ އަހަރުތަކެއް މަސައްކަތްކުރި، އިސްމާއިލް އާސިފް (ކުޑަހީނާ)ގެ ކޯޗުކަމުގައި، ވެލެންސިއާ އިން އަންނަނީ މި ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޕްރީ ސީޒަން ޕްރެކްޓިސް ކުރިއަށް ގެންދަމުންނެވެ.

އަޒްމީން ވިދާޅުވީ، ޓީމަށް ގެންނާނެ ބިދޭސީ ކުޅުންތެރިން ވެސް ފައިނަލް ކުރެވިއްޖެ ކަމަށާއި އެ ކުުޅުންތެރިންނާ އެކު، ވެލެންސިއާގައި އޮތް ޒުވާން ޓީމު ބިލްޑް ކުރުމަށް ކުރާ މަސައްކަތުގައި ކުރިއަށް އޮތް ސީޒަނުގައި ވެސް ކުރިއެރުންތަކެއް ހޯދޭނެ މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ.

"އެކަޑަމީން ފެށިގެން އައި ކުދިން އެ ތިބި، އަސްލު މި ކުދިން ލައިގެން ޓާގެޓަކީ ޓީމެއް ބިލްޑް ކުރުން،" އަޒްމީން ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox