އެސްއީޒެޑެއްގައި ޓައުންޝިޕް ތަރައްގީކުރަން އެންމެ ކުޑަ އިންވެސްޓްމަންޓަކީ 500 މިލިއަން ޑޮލަރު

ވާވު އަތޮޅުގައި އޮންނަ މާގުޅީ ފަޅު: އެސްއީޒެޑުގެ ދަށުން ހުޅުމާލެ ކައިރި ފަޅެއް ވަނީ ފްލޯޓިން ސޯލާ މަޝްރޫއަކަށް ދޫކޮށްފައި -- ފޮޓޯ: ގޫގުލް އާތު

ވާވު އަތޮޅުގައި އޮންނަ މާގުޅީ ފަޅު: އެސްއީޒެޑުގެ ދަށުން ހުޅުމާލެ ކައިރި ފަޅެއް ވަނީ ފްލޯޓިން ސޯލާ މަޝްރޫއަކަށް ދޫކޮށްފައި -- ފޮޓޯ: ގޫގުލް އާތު

ސްޕެޝަލް އިކޮނޮމިކް ޒޯނު (އެސްއީޒެޑު) ގެ ގޮތުގައި ކަނޑައެޅޭ ސަރަހައްދުތަކުގައި ދެމެހެއްޓެނިވި ޓައުންޝިޕްތައް ތަރައްގީކުރަން ބޭނުންވާ ނަމަ މަދުވެގެން 500 މިލިއަން ޑޮލަރު އިންވެސްޓުކުރަން ޖެހޭ ގޮތަށް އެސްއީޒެޑު ބޯޑު އޮފް އިންވެސްޓްމަންޓުން މިއަދު ކަނޑައަޅައިފި އެވެ.

ދެމެހެއްޓެނިވި ޓައުންޝިޕް ތަރައްގީކުރުމަށް ރަސްމީ މާނައެއް ކަނޑައަޅައި އެ ބޯޑުން ގެޒެޓުކުރި އިއުލާނުގައި ވަނީ މި އިންވެސްޓުމަންޓުގެ މުޅި އަދަދު ހާއްސަކުރެވިފައި ހުންނަންވާނީ ހަމައެކަނި ޓައުންޝިޕް ތަރައްގީކުރުމުގެ ބަޔަށް ކަމަށެވެ.

އެސްއީޒެޑުތަކުގައި ޓައުންޝިޕް ނުވަތަ މީހުން ދިރިއުޅޭ ސަރަހައްދުތަކުގެ މަގުސަދަކީ މުއްސަނދި އާއިލާތަައް ރާއްޖޭގައި އުޅުމަށް ޝައުގުވެރިކުރުމެވެ. އެސްއީޒެޑު އިންވެސްޓްމަންޓު ބޯޑުން ވަނީ މިފަދަ މަޝްރޫއުތަކުގައި ހިމެނޭނެ ތަންތަން ވެސް ކަނޑައަޅާފަ އެވެ.

Advertisement

އޭގެ ތެރޭގައި ހިމެނެނީ:

  • ލަގްޒަރީ ވިލާތަކާއި މަތީ ފެންވަރުގެ ގެދޮރު ހިމެނޭ ގޮތަށް ރިއަލް އެސްޓޭޓު ތަރައްގީކުރުން
  • އެންމެ މަތީ ފެންވަރުގެ ޓޫރިސްޓު ރިސޯޓާއި ހޮޓާ އަދި މެރީނާ
  • ރާއްޖެއަކީ މި ސަރަހައްދުގައި ސިއްހީ އަދި ތައުލީމީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ގާއިމުކުރުމަށް, ދުނިޔޭގެ ފެންވަރުގެ ސިއްހީ މަރުކަޒުތަކާއި ތައުލީމީ ވަސީލަތްތައް
  • ދިގު މުއްދަތަކަށް ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަތްކުރަން މަގުފަހިކުރަން, މަދުވެގެން 60 ޕަސެންޓު އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ހިންގޭ ހަކަތަ އާއި ކުނި މެނޭޖުކުރުމަށް އަމިއްލައަށް ފުދުންތެރި އިންފްރާސްޓްރަކްޗާ
  • ކާބޯތަކެތީގެ ރައްކާތެރިކަމަށް ޓަކައި ޒަމާނީ ޒަމާނީ ދަނޑުވެރިކަމުގެ ޓެކްނޮލޮޖީތަކާއި އެކުއަކަލްޗާ މެދުވެރިކޮށް، އިންވެސްޓްމަންޓް ބޯޑުން ކަނޑައަޅާ މަދުވެގެން ދެ މުހިންމު ބާވަތެއްގެ ނުވަތަ އުފެއްދުމެއްގެ ގައުމީ އިމްޕޯޓުގެ މަދުވެގެން 50 ޕަސެންޓު ކަށަވަރުކުރުން
  • މުއްސަނދި އާއިލާތައް ރާއްޖޭގެ އެކި ސްޕެޝަލް އިކޮނޮމިކް ޒޯންތަކުގައި ދިރިއުޅުމަށް ޝައުގުވެރިކުރުވުމަށް ބޭނުންވާ ސަޕޯޓް އިންފްރާސްޓްރަކްޗާ
  • މުވައްޒަފުންނާއި އެ މީހުންގެ އާއިލާތަކަށް ބޭނުންވާ ސަޕޯޓް އިންފްރާސްޓްރަކްޗާ އާއި އަސާސީ ހިދުމަތްތައް، މީގެ ތެރޭގައި ގެދޮރު، ތައުލީމު، ސިއްހީ ދުމަތް، އަދި މުނިފޫހިފިލުވުމުގެ ހިދުމަތްތައް ހިމެނޭގޮތަށް.

އެސްއީޒެޑު ބޯޑު އޮފް އިންވެސްޓްމަންޓުން ބުނީ ޓައުންޝިޕްތަކުގެ މާނަކުރުން ރަސްމީކުރުމުގެ ބޭނުމަކީ އެސްއީޒެޑު ގާނޫނުގެ ދަށުން ރިވިއުކުރުމުގެ މަރުހަލާ އަވަސްކުރުމެވެ.

މި މާނަކުރުމުގެ ސަބަބުން ރާއްޖޭގެ ތަރައްގީގެ މަގުސަދުތަކަށް އެހީތެރިވެދޭ ދެމެހެއްޓެނިވި, އަގުހުރި, ސްޓްރެޓެޖިކް ގޮތުން ފައިދާހުރި އިންވެސްޓުމަންޓުތައް އިތުރުކުރަން ސަރުކާރުން ދޭ އަހައްމިއްޔަތުކުރަން ކަށަވަރުކޮށްދެވޭނެ ކަމަށް ވެސް އެ ބޯޑުން ބުންޏެވެ.

އެސްއީޒެޑު ގާނޫނުގެ ދަށުން މިހާތަނަށް ތަަރައްގީކުރުމުގެ ހުއްދަ ދޫކުރީ "ޕްރޮޖެކްޓު ސޯލާ ސިޓީ" އަށެވެ. މި ޕްރޮޖެކްޓުގެ މައިގަނޑު ބޭނުމަކީ ފްލޯޓިން ސޯލާ ޕެނަލްތަކެއް ބޭނުންކޮށްގެން މާލޭ ސަރަހައްދަށް ބޭނުންވާ ކަރަންޓު އުފައްދައި, ފޯރުކޮށްދިނުމެވެ.

ކެނެޑާގެ ނެޑާގެ އަބްރަކްޒަސް ކުންފުނިން ހިންގާ މި ޕްރޮޖެކްޓަށް 187 މިލިއަން ޑޮލަރު އިންވެސްޓުކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެ އެވެ. އޭގެ ތެރެއިން 100 މިލިއަން ޑޮލަރު އިންވެސްޓުކުރަނީ ސޯލާ ހަކަތައިގެ ނިޒާމަށެވެ. ބާކީ 87 މިލިއަން ޑޮލަރު އިންވެސްޓުުކުރަނީ ރިއަލް އެސްޓޭޓާއި ސިނާއީ ސަރަހައްދެއް ގާއިމުކުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox