ހުލާސާކޮށް އިއްޔެ: ރައީސް މުއިއްޒުގެ ހުދުމުހުތާރު ވެރިކަން

Feb 28, 2025, 1:36 AM
ރައީސް މުއިއްޒު އާއި ޖޭއެސްސީ އަށް އައްޔަންކުރި ޔަޒީދު މުހައްމަދު. ޖޭއެސްސީގެ މެންބަރަކަށް ހުންނެވި ސަމީރު ވަކިކޮށް، ޔަޒީދު އައްޔަން ކުރީ، ސިޔާސީ ޕާޓީއަކުން މެންބަރަކު ވަކިކޮށްފި ނަމަ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ފާސް ކުރި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލަނިކޮށް އެ ކޯޓުގެ ދެ ފަނޑިޔާރުން ވަކިކޮށް ފަނޑިޔާރުންގެ އަދަދު ފަހަކަށް ބަދަލު ކުރަން ބިލެއް ހުށަހަޅާފައި ވަނިކޮށް.

ރައީސް މުއިއްޒު އާއި ޖޭއެސްސީ އަށް އައްޔަންކުރި ޔަޒީދު މުހައްމަދު. ޖޭއެސްސީގެ މެންބަރަކަށް ހުންނެވި ސަމީރު ވަކިކޮށް، ޔަޒީދު އައްޔަން ކުރީ، ސިޔާސީ ޕާޓީއަކުން މެންބަރަކު ވަކިކޮށްފި ނަމަ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ފާސް ކުރި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލަނިކޮށް އެ ކޯޓުގެ ދެ ފަނޑިޔާރުން ވަކިކޮށް ފަނޑިޔާރުންގެ އަދަދު ފަހަކަށް ބަދަލު ކުރަން ބިލެއް ހުށަހަޅާފައި ވަނިކޮށް.

ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންވަނީ ރާއްޖޭގައި ހުދުމުހުތާރު ވެރިކަމެއް ކުރައްވައި، އެއްވެސް އިންތިހާބެއް މި ގައުމުގައި ނުބާއްވަން ކަމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވި އެވެ.

އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ފައްޔާޒް ވިދާޅުވީ ރައީސް މުއިއްޒުގެ ވިސްނުން ހުރީ 2013 ގައި ސުޕްރީމް ކޯޓުން ގައިޑްލައިންތަކެއް ނެރި، އިންތިހާބު އޮޅާލި ހިސާބަށް ގެންދިޔުމަށް ކަމަށެވެ.

"ޑރ. މުއިއްޒުގެ ވިސްނުން އެހެރީ ހުދުމުހުތާރު ވެރިކަމެއްކޮށް، ކުރިއަށް އޮތްތާގައި ދިވެހިރާއްޖޭގައި އިންތިހާބެއް ވެސް ނުބޭއްވުން. އިންތިހާބެއް ބޭއްވިޔަ ނުދިނުމަށްޓަކައި ސުޕްރީމް ކޯޓަށް ތިބޭފުޅުން ހަދުމަފުޅު ބަހައްޓަވާ 2013 ގައި ސުޕްރީމް ކޯޓުން ގައިޑްލައިންތަކެއް ނެރި، އިންތިހާބު އޮޅާލި. އެދިމާލަށް ގެންދިޔުމުގެ ވިސްނުމުގައި ޑރ. މުއިއްޒު އެެހެރީ،" މިދިޔަ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ފައްޔާޒު ވިދާޅުވި އެވެ.

Advertisement

ސައްހަ ވޯޓެއް ރާއްޖޭގައި ދެން ބާއްވައިފިނަމަ ރައީސް މުއިއްޒުއަށް ދިވެހިން ވޯޓު ނުދޭނެކަން އެމަނިކުފާނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް މުއިއްޒު އިންތިހާބު ފަސްކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓުވަން އިހުތިޖާޖުތައްކޮށް މި ވެރިކަން ނިންމަން މަސައްކަތްކުރަން ޖެހޭ ކަމަށާއި އެކަމުގައި އެމްޑީޕީގެ މެންބަރުން ދެމިތިބޭނެ ކަމަށެވެ.

ފައްޔާޒު ވަނީ ރައީސް މުއިއްޒުއަށް ވޯޓު ދެއްވި ބޭފުޅުން ހިމެނޭހެން ރާއްޖޭގެ ހުރިހާ ރައްޔިތުން އެމަނިކުފާނާ ދެކޮޅަށް ނިކުތުމަށް ގޮވާލައިފަ އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ޕްލާސްޓިކް ހޮޅި މަނާކުރުން ފަސްކުރުމުން އެމްޑީޕީގެ ކަންބޮޑުވުން

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބައެއް ބާވަތްތައް މަނާކުރުން 2031 ވަނަ އަހަރަށް ފަސްކުރުމަށް ސަރުކާރުން ނިންމި ނިންމުމާމެދު އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކުރޭ. އެ ޕާޓީން ބުނީ މިއީ ތިމާވެށި ހިމާޔަތްކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެއް ފަހަތަށް ޖައްސާލުން ކަމަށް.

"ރަސްމާލެ ކުއްޔަށް ދެވިގެން ނުވާނެ، އެކަމާ ދެކޮޅު ހަދަންޖެހޭ"

ރަސްމާލޭގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ކުއްޔަށް ދިނުމަކީ ދައުލަތަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ، ޝަމްހީދު އެކަމާ ދެކޮޅު ހައްދަވާ. މަޖިލީހަށް ސިއްރުން މިފަދަ އަގުހުރި ބިންތައް ދޫކުރުމަކީ ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަމެއް ކަމަށާއި، މި އެއްބަސްވުމުގެ ސަބަބުން ބިން ހިއްކުމަށް ދިޔަ ޚަރަދުވެސް ދައުލަތަށް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި.

ބީއެމްއެލްއިން 12 ބުރީގެ އޮފީސް އިމާރާތެއް ތަރައްގީކުރަނީ

ބޭންކް އޮފް މޯލްޑިވްސްއިން މާލޭގައި 12 ބުރީގެ އޮފީސް އިމާރާތަކާއި 3 ބުރީގެ ކޮމާޝަލް އިމާރާތެއް ޑިޒައިންކޮށް، ފައިނޭންސްކޮށް، އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ. މި މަޝްރޫއަށް ކުރިމަތިލާ ފަރާތްތަކަކީ ތަޖުރިބާކާރު ކުންފުނިތަކަކަށް ވާންޖެހޭއިރު، މަޝްރޫއު ކުރިއަށް ގެންދަންޖެހޭނީ ކޮންޓްރެކްޓަރުން އަމިއްލައަށް ފައިސާ ހޯދައިގެން.

މާދަމާއަށް ތާވަލުކުރި ޔާމީންގެ ޝަރީއަތް އަންނަ މަހަށް ފަސްކޮށްފި

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޚުލާސާ ބަޔާން އިއްވުމަށް މާދަމާއަށް ތާވަލުކުރި އަޑުއެހުން އަންނަ މަހުގެ 8 ވަނަ ދުވަހަށް ވަނީ ފަސްކޮށްފައި. މީގެ އިތުރުން، ވ. އާރަށް މައްސަލައިގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅޭ އަޑުއެހުމެއް މި މަހުގެ 29 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފައި.

އެމްޑީޕީގެ އެކްޓިވިސްޓު ޝާމިން ބަންދުން ދޫކޮށްލައިފި

އެމްޑީޕީގެ މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެކްޓިވިސްޓު މުހައްމަދު ޝާމިން ހައްޔަރުކުރީ، އޭނާގެ މައްޗަށް މުދަލަށް ގެއްލުންދިނުމާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތުކޮށްފަ.

އަބޫދާބީ ކުންފުނީގެ ފްލެޓުތައް ސަރުކާރަށް ލިބެނީ ހިލޭ

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓަކީ ސަރުކާރުން އެއްވެސް ގެރެންޓީއެއް ނުވަތަ ފައިނޭންޝަލް ކޮމިޓްމަންޓެއް ދީގެން ހިންގާ މަޝްރޫއެއް ނޫން ކަމަށާއި، މިއީ އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ސަރުކާރުން ބުނޭ.

ނައިބުރައީސް އދ. ގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައިފި

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައި މޫސުމީ ބަދަލުތަކާއި ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި. މި ބައްދަލުކުރެއްވުމުގައި ރާއްޖެއިން އިސްކަންދޭ މުހިންމު ކަންކަމާއި ފަލަސްތީނުގެ ހާލަތާ ގުޅޭގޮތުން ވާހަކަދެއްކެވި.

Newsletter

Get the latest news delivered straight to your inbox