ފުލުހުން މެދުވެރިކޮށް އިހުސާން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ މަޖިލީހަށް ސިޓީއެއް

ފުލުހުން މެދުވެރިކޮށް އިހުސާން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ މަޖިލީހަށް ސިޓީއެއް

މަގާމުގެ ނުރަނގަޅު ނުފޫޒު ބޭނުންކޮށްގެން ފުލުހުން މެދުވެރިކޮށް ސުޕްރީމް ކޯޓަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ އެ ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފްގެ ފަރާތުން އޭނާގެ ވަކީލު ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވައިފި އެވެ.

އިސްމާއީލްގެ ގާނޫނީ ވަކީލު އިބްރާހިމް ޝަމީލް ސޮއިކޮށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އާއި ޖުޑީޝަރީ ކޮމިޓީއަށް ފޮނުވި ސިޓީގައި ވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ސްޕާއެއްގައި ހުއްޓައި އޭނާ ހައްޔަރު ކުރުމަށް ފަހު ފުލުހުން އަމަލުކޮށްފައިވާ ގޮތް ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފަ އެވެ.

އެގޮތުން، ފުލުހުންގެ ހައްޔަރަށް އޭނާ ގެންދިޔައީ އެއްވެސް ކުށުގެ އަމަލެއް ހިންގަމުން ދަނިކޮށް ނޫން ކަމަށާއި، އިސްމާއީލް ހައްޔަރުކުރީ ގާނޫނީ ބާރެއް ނެތިކަން އެނގޭ ކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވެ އެވެ. އެ ކަންކަން މި މައްސަލައާ ގުޅިގެން ފުލުހުން ތައްޔާރުކުރި އިންސިޑެންޓް ރިޕޯޓާއި ބަންދު ދޫކޮށްލި އަމުރުން އެނގޭކަން ވެސް ސިޓީގައި ބަޔާންކޮށްފައިވެ އެވެ.

ބަންދުން ދޫކޮށްލި ފަހުން ފޭސްބުކް ޕޭޖެއްގައި ހަށި ވިއްކާ ތަނަކުން އިސްމާއީލް ހައްޔަރުކުރި ކަމަށް ބުނެ ފޮޓޯ ޖަހައި ޕޯސްޓުކުރީ އޭނާ ހައްޔަރުކުރުމަށް ފަހު ހިފެހެއްޓި އައިޑީ ކާޑުގެ ފޮޓޯ ނަގައި ފުލުހުންގެ ތެރެއިން ކަމަށް ވަނީ ސިޓީގައި ތުހުމަތުކޮށްފަ އެވެ. ސޯޝަލް މީޑިއާގައި އަބުރު ކަތިލުމުގެ އެތައް ކަމެއް ހިނގަމުންދިޔައިރު ވެސް ތަހުގީގު ނިންމި ގޮތް ހިއްސާކުރަން ފުލުހުން ދެކޮޅު ހެދި ކަމަށް ވެސް ސިޓީގައި ބުނެފައިވެ އެވެ.

"އެ މައްސަލައާ ގުޅުވައި މަގާމުގެ ނުރަނގަޅު ނުފޫޒު ބޭނުންކޮށްގެން ހޯމް މިނިސްޓަރު އަލީ އިހުސާން، ފުލުހުން މެދުވެރިކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ގަބޫލުކުރެވޭ ކަމަށާއި، މި ހުރިހާ ކަމަކީ އެ ކޯޓުގައި ހިނގަމުންދާ މައްސަލަތަކެއް ސަރުކާރުން ބޭނުންވާ ގޮތަކަށް ނިންމުމަށް ފަނޑިޔާރުންނަށް ޕްރެޝަރު ކުރުމަށާއި، ކޮންމެވެސް އުޒުރެއް ދައްކައިގެން ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ވަކިކުރުމަށް އުފައްދައިގެން އުޅޭ ހާލަތެއް،" އެ ސިޓީގައި ބަޔާންކޮށްފައިވެ އެވެ.

އެ މައްސަލާގައި ދައުވާ ނުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމުމުން ވެސް އެކަން އިސްމާއީލަށް ނާންގައި ފުލުހުންގެ އިދާރާއިން މައްސަލަ "ޕާކު ކޮށްފައި" ބޭއްވީ ފުލުހުންގެ އެކި އޮފިސަރުންނަށް އިހުސާން ނުފޫޒު ފޯރުވައިގެން ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

މިފަދަ ތުހުމަތުތަކެއް އިހުސާނަށް އަމާޒުވެފައި ވަނިކޮށް ފަނޑިޔާރު އަޒްމިރަލްދާ އަދި ފަނޑިޔާރު މަހާޒް ވަނީ ޖޭއެސްސީން ސަސްޕެންޑުކޮށްފަ އެވެ. އަދި ފަނޑިޔާރު ހުސްނުއްސުއޫދު ވެސް ވަނީ ސަސްޕެންޑުކޮށްފަ އެވެ.

ފަނޑިޔާރުން ވަކި ކުރުމުގެ ބިލު ތަސްދީގު ކުރުމުގެ ކުރިން ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރަން ޖޭއެސްސީއިން ނިންމީ، ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ކުރިން ނެތީސް، ހަމައެކަނި ބިލުގެ ބޭނުމަށް ފަނޑިޔާރެއްގެ މައްސަލަ ބަލައި ވަކި ކުރުމަކީ އިންސާފު ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ރޭ ލަފާ ދެއްވި ފަހުންނެވެ.

މިއަދު ފާސް ކުރި ބިލުގައިވާ ގޮތުން، ބިލުގެ ބޭނުމަށް ވަކި ކުރާ ދެ ފަނޑިޔާރުން މަގާމަށް ގާބިލު ނޫން ކަމަށް ކަނޑައަޅަންޖެހެ އެވެ. އަދި ގާބިލު ނޫން ކަމަށް ކަނޑައަޅާއިރު، ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ކޮންމެހެން ދޭކަށް ނުޖެހެ އެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކި ކުރުމުގެ ބިލު މިއަދު ފާސްކުރިއިރު، އެ ބިލު ގާނޫނުއަސާސީއާ ހިލާފު ކަމަށް ވަރަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި އެއީ ކޯޓުތަކަށް ސީދާ ނުފޫޒު ފޯރުވުމުގެ ގޮތުން ސަރުކާރުން ކުރަމުންދާ މަސައްކަތެއް ކަމަށް ވެސް ވަރަށް ތަޖުރިބާކާރުން އަދި މާހިރުން ދަނީ ވިދާޅުވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox