ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތާރީހީ "ކިންގް" އަކީ ގޯލްކީޕަރު ސަލީލް

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތާރީހީ "ކިންގް" އަކީ ގޯލްކީޕަރު ސަލީލް

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ "ކިންގް އޮފް ފުޓްސަލް" ގެ މަގާމު މުޅިން އަލަށް ގޯލްކީޕަރަކު ހޯދިއިރު، އެ ޝަރަފް ކ. ކާށިދޫ ޓީމުގެ ގޯލުގައި މޮޅު ކުޅުމެއް ދެއްކި މުހައްމަދު ސަލީލް ހާސިލްކޮށް، ތާރީހުން ޖާގަހޯދައިފި އެވެ.

މި މުބާރާތުގެ ފައިނަލުގައި ހދ. ނައިވާދޫގެ މައްޗަށް 4-1 ގެ ނަތީޖާ އަކުން ކުރިހޯދާ ކާށިދޫ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރު، ކީޕަރު ސަލީލް ވަނީ މުހިންމު ވަގުތުތަކުގައި ތަފާތު ދައްކައިފަ އެވެ. އެއީ، މުޅި މުބާރާތަށް ބެލިއިރު ވެސް އޭނާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ.

އެ ގޮތުން، ކާށިދޫ އިން މި ފަހަރުގެ މުބާރާތުގައި ވަރުގަދަ ބާރުތައް ބަލިކުރިއިރު، ސަލީލްގެ ފަރާތުން މުހިންމު ގިނަ ސޭވްތަކެއް ފެނިގެންދިޔަ އެވެ. އެ ގޮތުން، ގަދަ 16 ޓީމުގެ ބުރުގައި، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު، ތ. ތިމަރަފުށި އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވި މެޗުގައި ވެސް ސަލީލް ފެނުނީ ތަފާތުކޮށެވެ.

ކިންގްގެ މަގާމާއެކު ސަލީލް ފާހަގަކުރީ މިއީ އަތޮޅު ފައިނަލް އަދި ޒޯން ފައިނަލުން ބަލިވުމުން މުޅި ޓީމުން މެޗަކަށްފަހު މެޗެއް ނެގުމަށް ކުރި މަސައްކަތުގެ ނަތީޖާކަމަށް ބުނެފަ އެވެ.

ނައިބުު ރައީސް ކިންގްގެ ތާޖު ޝަލީލް ބޮލުގައި އަޅުވަނީ - ފޮޓޯ: ހުސެން ވަހީދު / އަދަދު ސްޕޯޓްސް
ނައިބުު ރައީސް ކިންގްގެ ތާޖު ޝަލީލް ބޮލުގައި އަޅުވަނީ - ފޮޓޯ: ހުސެން ވަހީދު / އަދަދު ސްޕޯޓްސް

ނައިބުު ރައީސް ކިންގްގެ ތާޖު ޝަލީލް ބޮލުގައި އަޅުވަނީ - ފޮޓޯ: ހުސެން ވަހީދު / އަދަދު ސްޕޯޓްސް

ސަލީލް ބުނީ މި ފަހަރުގެ މުބާރާތުގައި ކާށިދޫގެ އަސްލު އަމާޒަކީ އަތޮޅު ތަށި ނެގުން ކަމަށެވެ. އެކަމަކު، އަތޮޅު ތަށި ނުލިބި, ޒޯން ތަށި ގެއްލުމުން ވެސް ހިތްވަރު އެލުވާނުލާ މަސައްކަތް ކުރި ކަމަށް ޝަލީލް ބުންޏެވެ.

"ހިޔެއްވެސް ނުކުރަން އަސްލު މީތި ލިބޭނެ ކަމަކަށް. އަދި މިހާތަނަކަށް ކީޕަރަކަށް ލިބިފައި ނެތް ދޯ. އެހެންވެ އުންމީދެއް ނުކުރަން މީތި ލިބޭނެ ކަމަކަށް." ޝަލީލް ފާހަގަކުރި އެވެ.

ސަލީލް ބުނީ މިއީ ފުޓުބޯޅަަ ކުޅެގެން ލިބުނު އެންމެ ބޮޑު އުފާކަމަށެވެ. އަދި މިހާ އުފާ ދުވަހަކުވެސް ނުވާ ކަމަށް ސަލީލް ވަނީ ބުނެފަ އެވެ.

މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކ. އަތޮޅު ފައިނަލުގައި، އެ އަތޮޅު އެންމެ ކާމިޔާބު ޓީމު ގާފަރު އަތުން ބަލިވިއިރު، މި ފަހަރުގެ މުބާރާތުގެ ކ. އަތޮޅު ސެމީގައި ކާށިދޫން ގާފަރު ބަލިކުރި އެެވެ. އެކަމަކު، އަތޮޅު ފައިނަލުގައި، މާފުށި އަތުން ބަލިވީ އެވެ. ގަދަ 16 ބުރުގައި، ތިމަރަފުށި ބަލިކޮށް، ކުއާޓާ ފައިނަލުގައި މިދިޔަ އަހަރުގެ ސެމީގައި ކުޅުނު ވިލިމާލެ ބަލިކުރިއިރު, އަދި، ސެމީ ފައިނަލުގައި އެ ޓީމުން ވަނީ 2023 ވަނަ އަހަރުގެ ރަނަރަޕް އަދި މި ފަހަރުގެ ގދ. އާއި ޒޯން ހަތެއްގެ ޗެމްޕިއަން، ވާދޫ ވެސް ބަލިކޮށްފަ އެވެ. މި ހުރިހާ މެޗެއްގައި ސަލީލްގެ ގިނަ ސޭވްތަކެއް ފެނިގެންދިޔަ އެވެ.

މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އެންމެ އުންމީދީ ކުޅުންތެރިއަކީ ކާށިދޫގެ އިސްމާއިލް ރަޔާން އެވެ. އެންމެ މޮޅު ކޯޗަކަށް އެ ޓީމުގެ އަލީ ހައިޝަމް (ޗުމްޕު) ހޮވުނުއިރު، ފެއާޕްލޭ ޓީމަކީ ވެސް ކާށިދޫ އެވެ. އެންމެ ރަނގަޅު ސަޕޯޓެއް ދިން ޓީމަކަށް، ހޮވުނީ ނައިވާދޫ އެވެ.

އަދި، އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ، 14 ގޯލު ކާމިޔާބުކުރި، މުހައްމަދު ޝާއިން (ޝާއިންޓެ) އެވެ.

މޮޅު ކީޕަރުގެ މަގާމު ސަލީލަށް ލިބުނުއިރު، ގަދަ ފަސް ކުޅުންތެރިންނަކީ، ކާށިދޫގެ އަބްދުﷲ ސުޒެއިރާއި އަޖުލާން އަބްދުލް ހަންނާން، ނައިވާދޫގެ އަހުމަދު ހަމީދު (އައްމަޑޭ) އާއި ޔާމިން މުހައްމަދު (ޔާންޓެ) އަދި ވާދޫގެ އަޔާޒް އަހުމަދު (އަޔާ) އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox