ހައިރާންކުރަނިވި ނަތީޖާތަކެއް ނެރުނު ކާށިދޫގެ ފޯކަސް ތަށްޓަށް

ކ. ކާށިދޫ ޓީމުގެ ކޯޗު އަލީ ހައިޝަމް (ޗުމްޕު): މިދިޔަ ދެ އަހަރަށް ބަލާއިރު، ހއ. އުތީމާއި ކ. ކާށިދޫގައި ރަނގަޅު މަސައްކަތްތަކެއް ވަނީ ކޮށްފައި.-- ފޮޓޯ: އިމޭޖަސް،އެމްވީ

ކ. ކާށިދޫ ޓީމުގެ ކޯޗު އަލީ ހައިޝަމް (ޗުމްޕު): މިދިޔަ ދެ އަހަރަށް ބަލާއިރު، ހއ. އުތީމާއި ކ. ކާށިދޫގައި ރަނގަޅު މަސައްކަތްތަކެއް ވަނީ ކޮށްފައި.-- ފޮޓޯ: އިމޭޖަސް،އެމްވީ

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ފައިނަލުގައި މިރޭ ހދ. ނައިވާދޫއާ ދެކޮޅަށް ކ. ކާށިދޫ ނުކުންނައިރު, އެ ޓީމުން މި ފަހަރުގެ މުބާރާތުގައި ދެއްކި ކުޅުމުގެ އަސްލު ފޯމިއުލާ އަކީ ބުރަ މަސައްކަތާ ގަދަ ހިތްވަރު ކަމަށް އެ ޓީމުގެ ކޯޗު އަލީ ހައިޝަމް (ޗުމްޕު) ބުނެފި އެވެ.

ކާށިދޫ އިން ވަނީ މި ފަހަރުގެ މުބާރާތުގެ ގިނަ ފޭވަރިޓުންތަކެއް ކަޓުވާލައިފަ އެވެ. އެ ޓީމުން އެންމެ ފުރަތަމަ ކަޓުވާލި ޓީމަކީ ކ. އަތޮޅު ސެމީގައި ވަރުގަދަ ގާފަރެވެ. އޭގެ ފަހުން މުބާރާތުގެ ގަދަ 16 ގައި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އެންމެ ކާމިޔާބު ޓީމު، ތިން ފަހަރު ޗެމްޕިއަންކަން ހޯދި، ތ. ތިމަރަފުށި ބަލިކުރިއިރު, ކުއާޓާ ފައިނަލުގައި މިދިޔަ އަހަރުގެ ސެމީ ފައިނަލުގައި ކުޅުނު ވިލިމާލެ ވަނީ ބަލިކޮށްފަ އެވެ. އަދި ސެމީ ފައިނަލުގައި، 2023 ވަނަ އަހަރުގެ ރަނަރަޕް އަދި މި ފަަހަރުގެ ގދ. އަތޮޅާއި ޒޯން ހަތެއްގެ ޗެމްޕިއަން، ވާދޫގެ މައްޗަށް ކުރިހޯދި އެވެ.

މި ހުރިހާ ނަތީޖާތަކާއެކު, ކޯޗު ޗުމްޕު ހުރީ ވަރަށް ވެސް ހިތްހަމަ ޖެހިފަ އެވެ. އަދި ޗުމްޕު ދެކޭ ގޮތުގައި މިއީ މުބާރާތަށް ޓީމުން ނުކުމެ, ކުރި ހިތްވަރާ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެކެވެ.

ކާށިދޫ އިން މުބާރާތުގެ ފައިނަލުގެ ޖާގަ ހޯދިއިރު, ފައިނަލުގެ ކުރިން, އަތޮޅު ފައިނަލް އަދި ޒޯން ފައިނަލުން އެ ޓީމު ވަނީ ބަލިވެފަ އެވެ.

ކޯޗު ޗުމްޕު ބުނީ ދެ ފައިނަލުން ބަލިވި ނަމަވެސް ޓީމުގެ އެއްވެސް ކުޅުންތެރިޔަކު ހިތްވަރު އެލުވާނުލާ ކަމަށެވެ. އަދި ކޮންމެ މެޗަކަށްފަހު ދެން ފޯކަސް ބަހައްޓަނީ ދެން އޮންނަ މެޗަށް ކަމަށް ޗުމްޕު ބުނެފައިވެ އެވެ.

"މިހާރު މެޗަކުން މެޗަކުން ކުރިއަށް ގޮސް މި އޮތީ، ފައިނަލް، ދެން ފައިނަލުގައި ތަށި ނޫން ފޯކަސް އެއް ނެތް، މޮޅުވެގެން ފުރަތަމަ ފަހަރަށް ތަށި ހޯދަން އަޒުމަކީ،" ޗުމްޕު ބުންޏެވެ.

މިއީ ޗުމްޕުގެ ކޯޗިން ކެރިޔަރުގައި ވެސް ބޮޑު ކާމިޔާބީއެކެވެ. އެގޮތުން މިއީ ކޯޗެއްގެ ގޮތުގައި ކުމްޕު ފައިނަލަށް ނުކުންނަ ފުރަތަމަ ފަހަރެވެ. އެހެންވެ, ޗުމްޕު ހުރީ ކާށިދޫއާ އެކު ތަށި ހޯދުމުގެ އަޒުމުގަ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލުގައި މިރޭ ކ. ކާށިދޫ އިން ނައިވާދޫއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ 08:30 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox