މަސްދަޅު ދޫކުރާ މަރުކަޒުތައް އިތުރުކޮށް، އޮންލައިންކޮށް ނަންބަރު ނަގަންޖެހޭ ގޮތް ހަދައިފި

ބުރާސްފަތި ދުވަހުގެ ރޭ މިފްކޯ ކޮމްޕްލެކްސްއިން ބެހި މަސްދަޅު ހޯދަން ދަމާލާފައިވާ ދިގު ކިޔޫ. -- ފޮޓޯ: އަދަދު

ބުރާސްފަތި ދުވަހުގެ ރޭ މިފްކޯ ކޮމްޕްލެކްސްއިން ބެހި މަސްދަޅު ހޯދަން ދަމާލާފައިވާ ދިގު ކިޔޫ. -- ފޮޓޯ: އަދަދު

ރޯދަ ހަދިޔާގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ރައްޔިތުންނަށް ދޭ މަސްދަޅު ކޭސް މާލޭ ސަރަހައްދުން ދޫކުރާނެ މަރުކަޒުތައް އިތުރުކޮށް، އޮންލައިންކޮށް ނަންބަރު ނެގޭ ގޮތް ހަދައިފި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި މަސްދަޅު ބަހަން ފެށީ ދެ މަރުކަޒަކުންނާއި ހުޅުމާލޭގައި ދެ މަރުކަޒަކުން އަދި ވިލިމާލެއިންނެވެ.

އެ މަރުކަޒުތަކުގައި އެރޭ ދަމައިލި ދިގު ކިޔޫ ނިމުނީ މެންދަންވި ފަހުންނެވެ. އެކަމާގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ..

Advertisement

އެހެންވެ، މަރުކަޒުތައް އިތުރުކޮށް އިންތިޒާމުތައް ރަނގަޅުކުރުމަށް ފަހު، މިރޭ އަލުން މަސްދަޅު ދޫކުރަން ފަށާނެވެ.

ލޯކަލް ގަވާމެންޓު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މާލޭ ސަރަހައްދުގައި ޖުމުލަ 13 ސެންޓަރަކުން މަސްދަޅު ބަހާނެ ކަމަށެވެ.

މަސްދަޅު ބަހާ މަރުކަޒުތައް އަދި ދޫކުރާ ނަންބަރުގެ އަދަދު

  • މިފްކޯ ކޮމްޕްލެކްސް (މާފަންނު) - 200 ނަންބަރު
  • އެމްޓީސީސީ ސޯމިލް - 200 ނަންބަރު
  • ހެންވޭރު ދަނޑު - 100 ނަންބަރު
  • ގަލޮޅު ދަނޑު (ސެޓަޕް 1) - 50 ނަންބަރު
  • ގަލޮޅު ދަނޑު (ސެޓަޕް 2) 50 ނަންބަރު
  • ގަލޮޅު ދަނޑު (ސެޓަޕް 3) 50 ނަންބަރު
  • ގަލޮޅު ދަނޑު (ސެޓަޕް 4) 50 ނަންބަރު
  • ސޯޝަލް ސެންޓަރު - 100 ނަންބަރު
  • ވިލިމާލޭގެ ވެމްކޯ ސައިޓު - 100 ނަންބަރު
  • އުމަރު ޒާހިރު ބިލްޑިން - 100 ނަންބަރު
  • ޕޮލްކޯ ޓަވަރު (ސީ ބްލޮކް) - 100 ނަންބަރު
  • ހިޔާ ޓަވަރު 10 - 100 ނަންބަރު
  • ކާމިލްދީދީ ޕްރީސްކޫލް - 100 ނަންބަރު

ކިޔޫ ނަންބަރު ދޫކުރާނީ އޮންލައިން ސިސްޓަމަކުންނެވެ.

"މި ނިޒާމުގެ ތެރެއިން ވަކި ރެޔަކަށް ވަކި މަރުކަޒަކުން ޓޯކަން ނެގުމުން، އެ ރެއެއްގައި އެ މަރުކަޒަކަށް އެ ބޭފުޅަކަށް މަސްދަޅު ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ އެވެ،" މިއަދު ނެރުނު ބަޔާނުގައިވެ އެވެ.

ނަމަވެސް ނަންބަރު ދޫކުރަން ހުޅުވާ ނުލަ އެވެ.

އޮންލައިންކޮށް ނަންބަރު ނުނެގޭ ފަރާތްތަކުން މަސްދަޅު ދޫކުރާ މަރުކަޒަކަށް ދިޔުމުން، ނަންބަރު ނެގުމަށް އެހީތެރިވެދޭނެ އެވެ.

ކޮންމެ ނަންބަރަކަށް ދޫކުރާނީ ގިނަވެގެން 3 ކޭސް މަހެވެ.

މާލޭގެ ހުރިހާ ގޭބިސީއަކަށް މަސްދަޅު ލިބެންދެން މަސްދަޅު ބެހުން ކުރިއަށް ދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމަށް މި އަހަރު މަސްދަޅު ދޫކުރާއިރު، މިދިޔަ އަހަރު ރޯދަ ހަދިޔާ އަށް ދޫކުރީ 10 ކިލޯ ގޮދަންފުށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox