ހޮންޑާ މެރިންގެ ރާއްޖޭގެ އޮފިޝަލް ޑިސްޓްރިބިއުޓާ މެރިން ވައިބުން ފާއިތުވެދިޔަ ތިން އަހަރު 700 އަށްވުރެ ގިނަ އިންޖީނު ވިއްކާލެވުމުގެ ސިއްރަކީ ފޯރުކޮށްދޭ އާފްޓާ ސޭލްސް ސާވިސްގެ ހިދުމަތާމެދު އޮތް އިތުބާރު ބޮޑުވުމުން ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މެރިން ވައިބުގެ ޗީފް އިންޖިނިއަރު އިސްމާއިލް މުހައްމަދު "އަދަދު" އަށް ވިދާޅުވީ ރާއްޖެ އަށް ހޮންޑާ އައުޓު ބޯޑު އިންޖީނު ތައާރަފުކުރި ފަހުން، މި ވޭތުވެދިޔަ މިދިޔަ ތިން އަހަރު ލޯންޗެއްގައި އެޅި އެއްވެސް އިންޖީނެއް ނުދުއްވިގެން އުޅެން ނުޖެހުނު ކަމަށެވެ. އެހެންވެ، އެއީ ލިބޭ ފަހުރެއް ކަމަށް އޭނާ ދެކެ އެވެ.
"މިވަރަށް މި އިންޖީނު ވިކުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި މި ހިމެނެނީ އާފްޓާ ސޭލްސް ސާވިސް ރަނގަޅުވުމާއި ފިއުލް ކޮންސަޕްޝަންގެ އިތުރުން ކަސްޓަމަރުން ކުރާ އިތުބާރު،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ހޮންޑާ މެރިންގެ ލޯޔަލް ކަސްޓަމަރުން ތިބިކަން ފާހަގަކުރައްވާ އިސްމާއިލް ވިދާޅުވީ ރާއްޖޭގައި ލޯންޗު ބަންނަ މަޝްހޫރު އެއް ޔާޑުން މެރިން ވައިބާ ގުޅި، ލޯންޗުތަކުގައި ހޮންޑާ މެރިންގެ އިންޖީނުތައް ބޭނުން ކުރުމަކީ ހޯދުނު ކާމިޔާބީއެއް ކަމަށެވެ.
ހޮންޑާ މެރިން ރާއްޖޭގައި ފެށީ ތަޖުރިބާކާރު ޓީމަކާއި ފެންވަރު ރަނގަޅު ސާވިސް ސެންޓަރަކާއެކު އެވެ.
"މިވަރުގެ ތަޖުރިބާހުރި ސާވިސް ޓީމެއް ރާއްޖޭއިން ނުފެންނާނެ. ވަރަށް ބޮޑު ކާމިޔާބެއް މިހާ ބޮޑަށް ހޮންޑާގެ ވިޔަފާރި ރަނގަޅު ވެގެން ދިޔުމަކީ،" އޭނާ ވިދާޅުވި އެވެ.
ހޮންޑާ މެރިން އިންޖީނަކީ ތެޔޮ ހަރަދު ކުޑަ، ގިއަރު ބޮކްސް ވަރުގަދަ އިންޖީނެކެވެ. މިއީ ލޮނަށް ނުގިރޭ އިންޖީނެކެވެ.
މެރިން ވައިބުގެ ޝޯރޫމްތައް ހުންނަނީ އޯކިޑު މަގުގަ އެވެ. އަދި ސާވިސް ސެންޓަރު ހުންނަނީ މުރަނގަ މަގުގަ އެވެ.










