އުފަންވެލި ފިހާރަތަކުން ފިޔާ، ކާށި، އަދި އެހެން ބާވަތްތައް އަގުހެޔޮކޮށްފި

Feb 19, 2025, 4:42 PM
އުފަންވެލި ޝޮޕުން ވިއްކަން ހުރި ފިޔައި އަދި މޭވާ އާއި ތަރުޖާރޫގެ ބާވަތްތައް. -- ފޮޓޯ: އަދަދު

އުފަންވެލި ޝޮޕުން ވިއްކަން ހުރި ފިޔައި އަދި މޭވާ އާއި ތަރުޖާރޫގެ ބާވަތްތައް. -- ފޮޓޯ: އަދަދު

މަޑިހާ ކުންފުނީގެ އުފަންވެލި ފިހާރަތަކުން ރޯދައަށް ފިޔާ، ކާށި އަދި އެހެނިހެން ބާވަތްތަކުގެ އަގުހެޔޮ ކޮށްފި އެވެ.

ރޯދަ މަސް ފެށެން ގާތްވެފައި ވާއިރު، އުފަންވެލި ފިހާރަތަކުން ފިޔާ، ޗިކަން ޑްރަމްސްޓިކް، މަޑިހާ ބަނާނާ އަދި ކާށި އަގު ވަރަށް ބޮޑަށް ވަނީ ދަށްކޮށްފަ އެވެ.

ދިވެހިން ކެއްކުމުގައި ބޭނުންކުރާ އެންމެ މުހިންމު އެއް ބާވަތް ކަމުގައިވާ އިންޑިއާގެ ކޮލިޓީ ފިޔާ ކިލޯއެއް އެންމެ 13ރ. އަށް ކަނޑައަޅާފައި ވާއިރު، ޕާކިސްތާނުގެ ފިޔާ ކިލޯއެއް އެންމެ 8ރ. އަށް ވަނީ ހެޔޮކޮށްފަ އެވެ.

"މި އަގުތައް މައްޗަށް ދިއުމާމެދު ކަންބޮޑުވުމެއް ނެތި ގޭބިސީތަކަށް އިފްތާރާއި ސަޙޫރު ތައްޔާރުކުރެވޭނެކަން ކަށަވަރުކޮށް ދެން،" މަޑިހާ ކުންފުނީގެ އޮފިޝަލަކު ބުންޏެވެ.

ފެންވަރު ރަނގަޅު ކުކުޅު ފައި (ޗިކަން ޑްރަމްސްޓިކް)

މަޑިހާއިން ވިއްކާ ކުކުޅު ފައި ޕެކެޓަކީ، ރިހައިގެ ބާވަތްތަކަށް ވިޔަސް ނުވަތަ ރަހަ ގަދަ ގްރިލްކޮށްފައިވާ ކާނާއަކަށް ވިޔަސް، ވަރަށް ރަނގަޅު ޕްރޮޓީނުގެ މަސްދަރެކެވެ. މިއީ މި ރަމަޟާން މަހަށް ކޮންމެހެން ބޭނުންވާ އެއް ބާވަތެވެ. އެހެންވެ ކުކުޅު ފައި ޕެކްޓް ވެސް އުފަންވެލިން ވަނީ އަގުހެޔޮކޮށްފަ އެވެ.

މަޑިހާ ބަނާނާ - ރާއްޖޭގައި އެންމެ މަޝްހޫރު މީރު ދޮންކެޔޮ

މަޑިހާ ރަމަޟާން މަހުގެ ލައިންއަޕަށް ގެނެވުނު އަނެއް ފޮނި އުފާވެރި އިތުރުވުމަކީ މަޑިހާ ބަނާނާގެ އާ ޝިޕްމެންޓް ވެސް ރޯދައަށް އައިސްފައިވުމެވެ. މިއީ މާކެޓުގައި ލިބެންހުރި އެންމެ ރަނގަޅު ދޮންކޭލުގެ ތެރެއިން އެއް ބާވަތެވެ. މި ދޮންކޭލަކީ އޭގެ ރަހައާއި، ތާޒާކަމާއި އަދި ގިނަ ދުވަހަށް ބެހެއްޓޭ ކަމަށް މަޝްހޫރު ކޭލެކެވެ. މި ކޭލައަކީ ސަޙޫރު ކެއުމަށް އެންމެ އެކަށީގެންވާ އިތުރުކުރުމެކެވެ. މިއީ ރޯދަ ހިފުމުގެ ގަޑިތަކަށް ބޭނުންވާ ކާނާއާއި ހަކަތަ ދެމެހެއްޓުމަށް އެހީތެރިވާނެ ބާވަތެކެވެ.

ކާށި އެންމެ ދަށް މާކެޓް އަގުގައި

މަޑިހާއިން އަނެއްކާ ވެސް އަގުހެޔޮކަމަށް އިސްކަންދީ، ކާށި ވަރަށް ހެޔޮ އަގެއްގައި ވިއްކަން ވަނީ ފަށައިފަ އެވެ. މިކަމުން ގޭބިސީތަކަށް އެމީހުންގެ އާންމުކޮށް ކާށި ބޭނުންކޮށްގެން ތައްޔާރުކުރާ ކާނާ، ބަޖެޓަށް ބުރަ ނުވެ ތައްޔާރުކުރެވޭނެކަން ކަށަވަރުކޮށްދެ އެވެ.

މަޑިހާ ކުންފުނިން އަބަދުވެސް ދިވެހި ގޭބިސީތަކަށް އެހީތެރިވުމަށްޓަކައި އަގުތައް ދަށްކުރުމަށް އިސްކަންދެ އެވެ. އަދި ރަމަޟާން މަހަކީވެސް މީގެ އިސްތިސްނާއެއް ނޫނެވެ.

ޝޮޕިން އިތުރަށް ފަސޭހަކުރުމަށްޓަކައި، މަޑިހާ އުފަންވެލި ފިހާރަތައް މާލެ އާއި ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި ހުޅުވާފައިވެއެވެ.

  • މަޑިހާ އުފަންވެލި ހޯލްސޭލް ފިހާރަ - ލައިނޫފަރު މަގު
  • މަޑިހާ އުފަންވެލި ރީޓެއިލް ފިހާރަ - އޯކިޑްމަގު
  • މަޑިހާ އުފަންވެލި ފިހާރަ – މަޖީދީމަގު
  • މަޑިހާ އުފަންވެލި ބާޒާރު – ބާޒާރު ސަރަޙައްދު
  • މަޑިހާ އުފަންވެލި އަތޮޅު – އަތޮޅު ފިހާރަބަރި
  • މަޑިހާ އުފަންވެލި ފިހާރަ – ހުޅުމާލެ (މެޑަމް މިސްކިތް ކުރިމަތި)
  • މަޑިހާ އުފަންވެލި ފިހާރަ – ހުޅުމަލެ (ފޭސް 2 އަށް އަރާ ބްރިޖް ކައިރި)

މަޑިހާގެ އުފަންވެލި ފިހާރަތަކުން ހުރިހާ ވައްތަރެއްގެ މޭވާ، ތަރުކާރީ އަދި މީޓްސްގެ އެންމެ ރަނގަޅު ޑީލްތައް ހުށަހަޅާފައިވާތީ، ކަސްޓަމަރުންނަށް އެންމެ ދަށް އަގުގައި އެންމެ ރަނގަޅު ފެންވަރުގެ އުފެއްދުންތައް ލިބޭކަން އެނގި، އިތުބާރާއެކު ޝޮޕިން ކުރެވޭނެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

Newsletter

Get the latest news delivered straight to your inbox