ގޯލްޑަން ފުޓްސަލް ޗެލެންޖް: ޕެނަލްޓީގައި އޭދަފުށި ބަލިކޮށް ގަން ސެމީ އަށް

ގަމުގެ ކުޅުންތެރިން ޕެނަލްޓީ އަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

ގަމުގެ ކުޅުންތެރިން ޕެނަލްޓީ އަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ކުއާޓާ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން އޭދަފުށި 5-6 ގެ ނަތީޖާ އަކުން ބަލިކޮށް ރަނަރަޕް ގަމުން ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

މި މުބާރާތުގެ ސެމީ ފައިނަލުގައި ވިދިވިދިގެން ގަމުން ކުޅޭ މިއީ ތިން ވަނަ ފަހަރެވެ. ގަމުން މީގެ ކުރިން ސެމީ ފައިނަލު ކުޅުނީ 2023 ވަނަ އަހަރު އަދި 2024 ވަނަ އަހަރުގަ އެވެ. އެ ދެ ފަހަރު ވެސް ގަމުން ވަނީ ފައިނަލުގައި ވާދަކޮށްފަ އެވެ.

މި މެޗުގެ ހަތްވަނަ މިނިޓްގައި އޭދަފުށިން ގޯލު ޖަހައި ލީޑު ނެގި އެވެ. މި ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އެވެ. އަދި އޭގެ ފަހުން މެޗުގެ 14 ވަނަ މިނިޓްގައި އޭދަފުށިން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފަ އެވެ. މިއީ، އޭރިއާތެރެއިން ހަމަޖެހިލައިފައި ގޯލަށް ބޯޅަ ފޮނުވާލައިގެން، މުއާޒް އަލީ ޖެހި ގޯލެކެވެ.

އެކަމަކު، މެޗުގެ ދެވަނަ ހާފުގައި ގަމުން ވަނީ ކުޅުން ރަނގަޅުކޮށް އޭދަފުށި ހާފަށް ބާރުބޮޑު ކޮށްފަ އެވެ. އެ ގޮތުން, މެޗުގެ 26 ވަނަ މިނިޓްގައި ގަމުގެ ހަސަން ފަވާޒް (ފައްވަ) ގޯލު ޖަހައި ފަރަގު ކުޑަކޮށްފަ އެވެ. އަދި އޭގެ މިނިޓް އެއް ފަހުން ފައްވަ ވަނީ އިތުރު ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު 2-2 ގެ ނަތީޖާ އަކުން ނަތީޖާ ހަމަހަމަވުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.

ގަމާއި އޭދަފުށި ބައްދަލުކުރި ކުއާޓާ ފައިނަލް މެޗުގެ ތެރެއިން - ފޮޓޯ: އަތޫގް އާތިފް / އަދަދު ސްޕޯޓްސް
ގަމާއި އޭދަފުށި ބައްދަލުކުރި ކުއާޓާ ފައިނަލް މެޗުގެ ތެރެއިން - ފޮޓޯ: އަތޫގް އާތިފް / އަދަދު ސްޕޯޓްސް

ގަމާއި އޭދަފުށި ބައްދަލުކުރި ކުއާޓާ ފައިނަލް މެޗުގެ ތެރެއިން - ފޮޓޯ: އަތޫގް އާތިފް / އަދަދު ސްޕޯޓްސް

މެޗުގައި ޕެނަލްޓީގައި ދިޔައީ މައްސަލަ ބޮޑުކޮށެވެ. އެ ގޮތުން، ގަމުގެ އަހުމަދު ހަލީމް (އައްމަޑޭ) ފޮނުވާލި ޕެނަލްޓީއެއް، އޭދަފުށީގެ ގޯލަށް ޕެނަލްޓީގައި އެރި، މުހައްމަދު އަޖުފާން މަތަކޮށް، ބޯޅަ ހިފައިގެން ރޮނގުމަތިން ވެއްޓުނެވެ. ލައިނުގައި ހުރި ރެފްރީ ފުރަތަމަ ނިންމީ އަޖުފާން އެ ޕެނަލްޓީ ހުއްޓުވީ ކަަމަށެވެ. އެކަމަކު، އެ ނިންމުމާ ދެކޮޅަށް ގަމުގެ އޮފިޝަލުންނާއި ކުޅުންތެރިން ހިތްހަމަނުޖެހުން ފާޅުކޮށް އެޕީލްކުރަން ރެފްރީ ވަށާލި އެވެ.

އޭގެ ފަހުން، ޕެނަލްޓީ ޖެހިއިރު، ދެ ފަޅީގައި ތިބި ރެފްރީންނާއި މެޗުގެ ހަތަރު ރެފްރީންގެ ލަފާ އެހުމަށް ފަހު، އައްމަޑޭ ޖެހި ޕެނަލްޓީ ގޯލަށް ވަން ކަމަށް ނިންމުމާ އެކު، ރެފްރީގެ ނިންމުން ބަދަލުކުރީ ކަމަށް ބުނެ، އޭދަފުށީގެ ކުޅުންތެރިންނާއި އޮފިޝަލުން ހިތްހަމަނުޖެހުން ފާޅުކުރި އެވެ. އަދި ފަހުން، ޕެނަލްޓީ ކުރިއަށް ގެންދަން، ކުރި މަސައްކަތަށް އޭދަފުށީ ޓީމުގެ ތިން އޮފިޝަލަކު ހުރަސް އެޅި ކަމަށް، އެެ ތިން އޮފިޝަލުންނަށް ރަތް ކާޑު ދައްކައި، ދަނޑުން ބޭލީ ޕޮލިހުންގެ އެހީގަ އެވެ.

ޕެނަލްޓީ ކުރިއަށް ގެންދިޔައިރު، އޭދަފުށީގެ އަލީ ނަޝީމް (ދިއްލި) ފޮނުވައިލި ޕެނަލްޓީ ގަމުގެ ކީޕަރު އަހުމަދު ހުޝާމް ވަނީ ދިފާއު ކޮށްފަ އެވެ. މީގެ އިތުރުން އޭދަފުށީގެ ހައްފާފް ސިދުގީ ފޮނުވާލި ޕެނަލްޓީ ގޯލާ އަމާޒުނުވެ ދިޔައީ ބޭރަށެވެ.

ގޯލްޑަންގެ ތަށި ދިފާއުކުރަން މިދިޔަ އަހަރު ފައިނަލަށް ނުކުމެ އޭދަފުށި އަތުން ބަލިވިއިރު، އޭގެ ފަހުން، ގަމުން މި ވަނީ މި ފަހަރުގެ ޗެރިޓީ ޝީލްޑް މެޗާއި ކުއާޓާ ފައިނަލުގައި އޭދަފުށި އަތުން މޮޅުވެފަ އެވެ.

ނައިވާދޫ އާއި މަހިބަދޫ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް
ނައިވާދޫ އާއި މަހިބަދޫ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

ނައިވާދޫ އާއި މަހިބަދޫ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

މީގެ އިތުރުން މިރޭ ކުޅުނު ދެވަނަ ކުއާޓާ ފައިނަލުގައި ނައިވާދޫ އިން ވަނީ 7-4 ގެ ނަތީޖާ އަކުން މަހިބަދޫ ބަލިކޮށް ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފަ އެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ނައިވާދޫ ތަފާތު މޮޅުކޮށް ފެނިގެންދިޔައިރު, މި ހާފުގައި ނައިވާދޫ އިން ވަނީ ފަސް ގޯލު ޖަހާފަ އެވެ.

ނައިވާދޫ އިން މެޗުގެ ލީޑު ނެގީ ކެޕްޓަން އަހުމަދު ހަމީދު (އައްމަޑޭ) ޖެހި ގޯލުންނެވެ. އަދި އޭގެ ހަތަރު މިނިޓް ފަހުން ނައިވާދޫގެ އަބްދުالله ވިސާމް އެ ޓީމުގެ ލީޑު ފުޅާކޮށްދިންއިރު, އޭގެ ތިން މިނިޓް ފަހުން އައްމަޑޭ ވަނީ ނައިވާދޫގެ ތިންވަނަ ގޯލު ޖަހާފަ އެވެ. އަދި ނައިވާދޫން ފުރަތަމަ ހާފުގައި ޖެހި ފަހު ދެ ގޯލު ކައިރި ކައިރީގައި އެ ޓީމަށް ޖަހައިދިނީ މުހައްމަދު ޝާއިން އެވެ.

އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން މަހިބަދޫގެ އާދަމް ނާއިލް ވަނީ ގޯލު ޖަހައި ފަރަގު ކުޑަކޮށްފަ އެވެ.

ދެވަނަ ހާފުގައި މަހިބަދޫ އިން ވަނީ ކުރިއަށް ޖެހި ތިން ގޯލު ޖަހައިފަ އެވެ. މި ތިން ގޯލު ވެސް އެ ޓީމަށް ޖަހައިދިނީ އާދަމް ފަހުމާން އެވެ. ނައިވާދޫގެ ހަވަނަ ގޯލު އެ ޓީމަށް ޖަހައިދީ ޝާއިން ވަނީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ.

މި މުބާރާތުގެ ސެމީ ފައިނަލުގައި އަންނަ ހުކުރު ދުވަހުގެރޭ ގަމުން ނުކުންނާނީ ނައިވާދޫއާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox