ޕްރިންޓިންގެ ހިދުމަތްތަކާއި ސްޓޭޝަނަރީ އަދި އޮފީހަށް ބޭނުންވާ ސާމާނު ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އެމް7 (އެމް ސެވަން) އިން ފެންވަރު ރަނގަޅު ސްޓޭޝަނަރީ އެއްތަނަކުން ލިބޭ "އެމް7 ބުކް ސްޓޯރު" އިއްޔެ މާލޭގައި ހުޅުވައިފި އެވެ.
ނިކަގަސްހިނގުމުުގައި ހުންނަ މ. މަނަސްގައި ހުންނަ މި ފިހާރަ ހުޅުވައި ދެއްވީ ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު އެވެ.
އެމް7 ބުކް ސްޓޯރުން ނާސަރީން ފެށިގެން ޔުނިވާސިޓީގެ ދަރިވަރުންނަށް ބޭނުންވާ ތަކެއްޗާއި އޮފީސްތަކަށް ބޭނުންވާ ސާމާނު ލިބެ އެވެ.
ކަސްޓަމަރުންނަށް ފަސޭހަ ކޮށްދިނުމަށް ފޮތް ލިސްޓު ހިލޭ ޑެލިވަރީގެ ހިދުމަތް އެމް7 އިން ވަނީ ދޭން ފަށައިފަ އެވެ. އަދި "އެމް7 ރަށު އޭޖެންޓް" ނެޓްވޯކް މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް އެމް7ގެ ހިދުމަތްތަކާއި މުދާ ފޯރުކޮށް ދެއެވެ.
އެމް7ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަބްދުއްސައްތާރު "އަދަދު" އަށް ވިދާޅުވީ އެމް7 ގެ އާ ބުކް ސްޓޯރު އިން ލިބެން ހުރި ކޮންމެ އުފެއްދުމަކީ ފެންވަރު ކަށަވަރު ކުރެވިފައިވާ މޮޅު އުފެއްދުންތަކެއް ކަމަށެވެ.
"އަޅުގަނޑުމެން މިތާގައި ސެޓިފައި ކުރެވިފައި ހުންނާނީ ސެޓިފައި ކުރަން ޖެހޭ ޕްރޮޑަކްޓްސްތައް. މޮނިޓާ ފޮތްތަކުގައި މިހުންނަނީ ޔޫރަޕް ގްލޫއިން ތައްޔާރު ކުރެވިފައި. އެއް ސަޕްލަޔަރަކުން، އެއް ފެކްޓްރީއަކުން ވޭތުވެދިޔަ ހަތް އަހަރު ވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދިޔައީ،" އޭނާ ވިދާޅުވި އެވެ.
ސައްތާރު ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީގެ ގައިޑްލައިންތަކާ އެއްގޮތަށް ފޮތް ލިސްޓު އެމް7 އިން ފޯރުކޮށްދޭނެ ކަމަށެވެ.
އެމް7ގެ އާ ބުކް ސްޓޯރަށް ވީހާވެސް ގިނަ ބަޔަކު ޒިޔާރަތްކޮށް، ލިބެން ހުރި ތަކެތި ބަލައި، ލޯޔަލިޓީ ޕްރޮގްރާމްގައި ބައިވެރިވުމަށް އެ ފިހާރައިން އެދެ އެވެ.










