އިގުތިސޯދު ރަނގަޅުވާ ތަނެއް, ހަރަދުތައް ކުޑަކުރެވޭ ތަނެއް ނުފެނޭ: ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް: ނާޒިމް ވަނީ ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅުުތައް ތަންފީޒުކުރަން ސަރުކާރަށް ބާރުއަޅަން ގޮވާލާފައި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް: ނާޒިމް ވަނީ ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅުުތައް ތަންފީޒުކުރަން ސަރުކާރަށް ބާރުއަޅަން ގޮވާލާފައި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިގުތިސޯދީ ހާލަތު ރަނގަޅު ކުރަން އަޅަން ނިންމާފައިވާ ފިޔަވަޅުތައް އަޅަން ފަސްޖެހެމުންދާތީ, އިގުތިސޯދު ރަނގަޅުވާ ތަނެއް ނޫނީ ހަރަދުތައް ކުޑަކުރެވޭ ތަނެއް ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް, ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިމްގެ މި ކަންބޮޑުވުން ފާޅުކުރެއްވީ, މަހު މުސާރައިގެ ގޮތުގައި ލިބެން ޖެހޭ ޕެންޝަން ނުލިބޭ ކަމަށް ބުނެ އޮޑިޓާ ޖެނެރަލް އޮފީހުގެ މުވައްޒަފަކު މާލިއްޔަތު ކޮމިޓީއަށް ހުށަހަޅާފައިވާ ސިޓީއަކާ ގުޅިގެން އެ ކޮމިޓީގައި ކުރި މަޝްވަރާތަކުގެ ތެރޭގަ އެވެ.

މި މައްސަލައިގައި ނާޒިމް ވިދާޅުވީ, ޕެންޝަން ދިނުމުގައި ހުރި ތަފާތުތައް ނައްތާލަން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ލަފާދޭތާ އެތަކެއް އަހަރެއް ވެފައިވާއިރު, އެ މައްސަލަ ހައްލުވާ ތަނެއް ނުފެންނަ ކަަމަށެވެ. އޭގެ ބަދަލުގައި ފެންނަނީ އަޅަން ނިންމާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުން ލަސްވާ މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ.

ނާޒިމް މިހެން ދެންނެވީ ދައުލަތުގެ އިދާރާތަކުން އަލަށް ރިޓަޔާކުރާ މީހުންނަށް މަހުންމަހަށް ދޭ އެލަވަންސް މިދިޔަ މަހުން ފެށިގެން ކަނޑާލަން ނިންމައި, ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިދިޔަ އަހަރުގެ ނޮވެމްބަރު 30, ގައި ނެރުއްވި ސާކިއުލާއާ ގުޅުވަ އެވެ.

ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން, މި ސާކިއުލާ އަނބުރާ ގެންނަން ފިނޭންސުން ނިންމި އެވެ. ފިނޭންސުން އެ ސާކިއުލާ އަނބުރާ ގެނައިއިރު, ޕެންޝަން ނިޒާމުގައި ހުރި ތަފާތުކުރުންތައް ނައްތާލައި, ޑަބަލް ޕެންޝަން އުވާލުމަކީ ސަރުކާރުގެ ރިފޯމް އެޖެންޑާގައި ހިމެނޭ ހަރަދު ކުޑަކުރުމުގެ މުހިންމު ފިޔަވަޅެކެވެ.

މި ސާކިއުލާ ބާތިލުކުރުމަށް އިޝާރާތްކުރައްވަމުން ނާޒިމް ވިދާޅުވީ, މިއީ އެކި ގާނޫނުތަކުގައި އެކި ގޮތަށް ޕެންޝަން ލިބޭ އުސޫލުތައް އޮތްއޮތުން ނައްތާލަން ގެނައި ބަދަލެއް ކަމަށެވެ. ނަމަވެސް އެކި އޮފީސްތަކުން ލިބުނު ޝަކުވާތަކާއެކީ އެ ލިޔުން އަނބުރާ ގެންދަވީ ކަމަށް ވިދާޅުވި އެވެ.

"[ޕެންޝަން] ރިފޯމަކީ, މިއީ އައިއެމްއެފްއިން ވެސް ވާލްޑްބޭންކުން މި ރާއްޖޭގެ އިގުތިސޯދީ ރިފޯމް އެޖެންޑާ ތެރޭގައި ތަންފީޒުކުރަން ބުނެފައި އޮތް އިސްލާހެއް އެ އިސްލާހަކީ,"

"ސަބަބަކީ އެކި ގޮތްގޮތަށް ރިޓަޔާކުރެވޭ މީހުންތަކެއް މި އުޅެނީ އިނގޭތޯ އެކި ގާނޫނުގެ ދަށުން. އެންމެންނަށް އެއް ގޮތަކަށް ނެތޭ. މިސާލަކަށް ދަންނަވަންޏާ ފުލުހުން ވެސް ސިފައިން ވެސް އެބަ ރިޓަޔާކުރެވޭ. އަނެއްކާ ރިޓަޔާކުރައްވާފައި އެހެން މަގާމުތަކަށް ވެސް އެބަ ދެވޭ,"

ނާޒިމް ވިދާޅުވީ, ރިޓަޔަމަންޓު ޕެންޝަނަށް ގެންނަ ބަދަލުތައް ގެނައުމުގެ މައްސަލަ ފިނޭންސުން އަނބުރާ ގެންދެވި ނަމަވެސް އެ ރިފޯމް އެބައޮތް ކަމަށެވެ. އަދި މިއީ އެންމެ ގާނޫނަކަށް ބަދަލު ގެނެސްގެން ވާނެ ކަމެއް ނޫން ކަމަށާއި މިއީ ބައިވަރު ގާނޫނު ބަދަލުކޮށްގެން ގެނެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިކަން ހިނގަމުންދާ ގޮތް ސާފުކުރަން ފިނޭންސް މިނިސްޓަރާއި ރިފޯމް މަސައްކަތަށް ހާއްސަކޮށް އުފައްދާފައިވާ ރިފޯމް ކޮމިޝަނަރު ވެސް ހާޒިރުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ފެނިގެން މިދަނީ އިގުތިސޯދު ކަންތައް ރަނގަޅުވަމުން ދާތަނެއް އަދިއެއް ނުއެއް ފެނޭ އިނގޭތޯ. ފެނިގެން ނުދާ ތަނުގައި ހަރަދުތައް ކުޑަކުރެވޭތީއެއް ވެސް ނުފެނޭ," ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ހުށަހެޅުއްވީ ރިފޯމް ކޮމިޝަނަރާ މާލިއްޔަތު ކޮމިޓީން ބައްދަލުކޮށް, ރިފޯމްތައް ގެންނާނެ ޓައިމްލައިނެއް ސާފުކޮށް އެ ތާވަލާ އެއްގޮތަށް މަސައްކަތްތައް ކުރަން ކަނޑައެޅުމަށެވެ. އަދި ކޮންމެ ރިފޯމަކަށް ސުންގަޑިއެއް ކަނޑައަޅައި, އެކަން އެގޮތަށް ތަންފީޒުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލިއްޔަތު ކޮމިޓީގައި ދެން ތިއްބެވި މެންބަރުން ވެސް ވަނީ ނާޒިމްގެ ހުށަހެޅުމަށް ތާއީދުކޮށް ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ހިނގަމުންދާ ގޮތް ސާފުކުރަން ރިފޯމް ކޮމިޝަނަރު ކޮމިޓީއަށް ހާޒިރުކުރަން ތާއީދުކޮށްފަ އެވެ.

ޑަބަލް ޕެންޝަންގެ މައްސަލައަކީ ޒަމާންތަކެއް ވަންދެން ހައްލުނުވެ އޮތް މައްސަލައެކެވެ. ހަރަދު ކުޑަކުރުމުގެ ތެރޭގައި ޕެންޝަން ނިޒާމުގައި ހުރި ތަފާތުތައް ނައްތާލަން ހިމެނީ, މީގެ ސަބަބުން މުވައްޒަފުންގެ މެދުގައި ހަމަހަމަކަން ގެއްލި ދައުލަތުގެ ބަޖެޓުން ކުރަން ޖެހޭ އިތުރު ހަރަދުތައް ކަނޑާލުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox