"ގޮނޑި ގެއްލުވާލުމުގެ ބާރު ޕާޓީތަކަށް ދިނުމުން ރައްޔިތުންގެ ބާރު ގެއްލޭ، އެއީ ނިޒާމު ވެސް ދަންނަ ކަމެއް ނޫން"

އަލީ ހުސައިންގެ ފަރާތުން ގާނޫނީ ވަކީލު މަހްފޫޒު ސައީދު ސުޕްރީމް ކޯޓުގައި ވަކާލާތު ކުރައްވަނީ.

އަލީ ހުސައިންގެ ފަރާތުން ގާނޫނީ ވަކީލު މަހްފޫޒު ސައީދު ސުޕްރީމް ކޯޓުގައި ވަކާލާތު ކުރައްވަނީ.

ސިޔާސީ ޕާޓީއަކުން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު، އަސާސީއާ ހިލާފުވުމުގެ އިތުރުން އެއީ ރިޔާސީ ނިޒާމުގެ ސިފައެއް ވެސް ނޫން ކަމަށް އެ ބަދަލުތައް ބާތިލު ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ވާހަކަ ދައްކަވަމުން ވަކީލު މަހްފޫޒް ސައީދު ވިދާޅުވެއްޖެ އެވެ.

އެ މައްސަލަ ކޯޓަށް ހުށަހެޅީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިންނެވެ. އޭނާގެ ފަރާތުން މައްސަލަ ހުށަހަޅުއްވަމުން ވަކީލު މަހްފޫޒް ވިދާޅުވީ، އަސާސީއަށް ގެނައި ބަދަލުގެ ސަބަބުން ރައްޔިތުންނަށް އަސާސީއިން ލިބިދީފައިވާ ބާރު ކުޑަވެފައިވާ ކަމަށެވެ.

ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށެނީ ވެސް އަދި ދެމިއޮންނާނީ ވެސް ރައްޔިތުންގެ ކިބައިގައި ކަމަށް ވަކީލު ފާހަގަ ކުރެއްވި އެވެ. "މުޅި ދިވެހި ދައުލަތާއި ރައްޔިތުން އެ މައްޗަށް ބަނދެވިގެންވާ ގާނޫނުތައް" ހެދުމުގެ ބާރު ރައްޔިތުން އިންތިހާބު ކުރާ ބަޔަކަށް އަސާސީއިން ދީފައި ވަނީ އެ މައިގަނޑު އަސާސް ދެމެހެއްޓުމަށް ކަމަށް ވެސް މަހްފޫޒް ވިދާޅުވި އެވެ.

Advertisement

"ގާނޫނުއަސާސީގައި އެންމެ ބޮޑު އަހަމިއްޔަތުކަމެއް ދީފައިވަނީ ރައްޔިތުންގެ އަސާސީ ހައްގުތަކަށާއި ރައްޔިތުންގެ ކިބައިން ފެށިގެން އަދި ދެމިގެންދާ އެއްޗެއްގެ ގޮތުގައި ދައުލަތުގެ އެންމެހައި ބާރުތައް އޮތުމުގެ މައްޗަށް. ރައްޔިތުން މި ބާރު ތަމްސީލުކުރާނީ އެ މީހުން އިންތިހާބުކުރާ މެންބަރުން މެދުވެރިކޮށް،" އެ މައްސަލަ ހުށަހެޅި ފޯމުގައި ވަކީލު މަހްފޫޒް ވިދާޅުވެފައިވެ އެވެ.

ރައްޔިތުން އިންތިހާބު ކުރާ މެންބަރުންގެ މަސައްކަތުގެ ސްކޯޕާއި ލިބިގެންވާ ހިމާޔަތްތައް ވެސް އަސާސީގައި ބަޔާންކޮށްދީފައިވަނީ، ރައްޔިތުންނަށް ބާރު ދިނުމުގެ ގޮތުން ކަމަށް ވަކީލު ވިދާޅުވި އެވެ.

"ގާނޫނުއަސާސީގައި އެންމެ ބޮޑު އަހަމިއްޔަތުކަމެއް ދީފައިވަނީ ރައްޔިތުންގެ އަސާސީ ހައްގުތަކަށާއި ރައްޔިތުންގެ ކިބައިން ފެށިގެން އަދި ދެމިގެންދާ އެއްޗެއްގެ ގޮތުގައި ދައުލަތުގެ އެންމެހައި ބާރުތައް އޮތުމުގެ މައްޗަށް،" މައްސަލަ ހުށަހެޅި ފޯމުގައި ވަކީލު ވިދާޅުވެފައިވެ އެވެ.

ވަކީލު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަސައްކަތް ކުރަންޖެހޭނީ، ސިޔާސީ ޕާޓީތައް ހިމެނޭ ގޮތަށް އެހެން އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި ކަމަށެވެ.

"ގާނޫނުއަސާސީގެ ފަސް ވަނަ މާއްދާ އާއި 70 ވަނަ މާއްދާއިން ކުރި ނިޔާއަކީ ރައްޔިތުންގެ މަޖިލީހަކީ އެއްވެސް ފަރާތެއްގެ ނުފޫޒުގެ ދަށުގައި އޮވެގެން ނުވާނޭ މިނިވަން ވަކި ބާރަކަށްވުން. މިއީ ގާނޫނުއަސާސީގެ އަސާސީ ސިފައެއް،" ވަކީލު ވިދާޅުވި އެވެ.

އަސާސީގެ ފަސް ވަނަ މާއްދާގައި ބުނަނީ ގާނޫނު ހެދުމުގެ އެންމެހާ ބާރުތަކެއް ލިބެނީ މަޖިލީހަށް ކަމަށެވެ. އަދި އަސާސީގެ 70 ވަނަ މާއްދާގައި ތަފުސީލުކޮށްދީފައި ވަނީ ގާނޫނު ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ ބާރުތަކެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ޕާޓީތަކަށް ދިން އިރު، ދައުލަތުގެ ބާރުތައް ހިންގުމުގައި ސިޔާސީ ޕާޓީތަކުގެ ދައުރާއި ހައިސިއްޔަތު ބޭއްވުމަށް އަސާސީ ބާރު އަޅާފައިނުވާ ކަމަށް ވަކީލު ވިދާޅުވި އެވެ. "ޕާޓީގެ ޓިކެޓާއި ޕާޓީގެ ވިޕާއި ޕާޓީ ލައިން" އަކީ އަސާސީ ދަންނަ ލަފުޒުތަކެއް ނޫން ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

"ދައުލަތުގެ ބާރުތައް ހިންގުމުގައި ސިޔާސީ ޕާޓީތަކުގެ ދައުރާއި ހައިސިއްޔަތު ބޭއްވުމަށް ގާނޫނުއަސާސީ ބާރު އަޅާފައެއް ނޯވެ. ސިޔާސީ ޕާޓީ އުފެއްދުމާއި ޕާޓީއެއްގެ މެންބަރަކަށް ވުމުގެ ހައްގަކީ އަސާސީ ހައްގެއްގެ ގޮތުގައި ގާނޫނުއަސާސީގައި ކަނޑައަޅާފައި އޮތް ނަމަވެސް ދައުލަތުގެ ބާރުތައް ހިންގުމުގައި ސިޔާސީ ޕާޓީތަކުގެ ދައުރާއި ހައިސިއްޔަތު ގާނޫނުއަސާސީގައި ބަޔާންކޮށްފައެއް ނުވޭ. ސިޔާސީ ޕާޓީގެ ޓިކެޓާއި ޕާޓީގެ ވިޕާއި ޕާޓީ ލައިން އަކީ ގާނޫނުއަސާސީ ދަންނަ ލަފުޒުތަކެއް ނޫން،" އަލީ ހުސެއިންގެ ފަރާތުން ހުށަހެޅި މައްސަލައިގައި ބުނެފައިވެ އެވެ.

ސަރުކާރެއް އެކުލަވާލައި ހިންގުމުގެ ބާރު، ބަރުލަމާނީ ނިޒާމެއްގައި ސިޔާސީ ޕާޓީއަކަށް ދީފައިވާ ނަމަވެސް ރިޔާސީ ނިޒާމެއްގައި އޮންނަނީ އެހެން ނޫން ކަމަށް ވަކީލު ވިދާޅުވި އެވެ.

"ރިޔާސީ ނިޒާމަކަށް ފައްކާކޮށްފައި އޮތް ގާނޫނުއަސާސީއެއްކަމުނ،ް އަސާސީ ފަރުމާގައި ގާނޫނުއަސާސީ އިސްކަން ދީފައި އޮތީ ދައުލަތުގެ ބާރުތައް ހިންގާނޭ މީހުން އައްޔަނުކުރުމުގެ ހުރިހައި ބާރެއް ރައްޔިތުންނަށް ލިބިދީފައި އޮތުމުގެ މައްޗަށް،" އެ ދައުވާގައި ބުނެފައިވެ އެވެ.

ބަރުލަމާނީ ނިޒާމެއްގައި މެންބަރަކު ޕާޓީ ބަދަލު ކުރުމުން، ސަރުކާރު އެކުލަވާލުމަށް ލިބޭ ބާރަށް ބަދަލުތަކެއް އަންނަ ކަމަށް ވަކީލު ވިދާޅުވި އެވެ. ނަމަވެސް ރިޔާސީ ނިޒާމެއްގައި ވަކި ސިޔާސީ ޕާޓީއަކަސް މެންބަރަކު ނިސްބަތްވުމުގެ ސަބަބުން، "ސަރުކާރު އެކުލަވާލައި، ހިންގުމަށް" ދުސްތޫރީ ގޮތުން އަންނަ ބަދަލެއް ނެތް ކަމަށް ވަކީލު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލު ކުރުމުގެ މައްސަލަ ހައްލު ކުރަން މީގެ ކުރިން ވެސް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވަކީލު ފާހަގަ ކުރެއްވި އެވެ. އެ މައްސަލަ ހައްލު ކުރަން ގާނޫނުއަސާސީއާ ހިލާފު ގާނޫނެއް ވެސް މީގެ ކުރިން ހެދި ކަމަށް މަހްފޫޒް ފާހަގަ ކުރެއްވި އެވެ. އެކަމަކު، އެ މައްސަލަ ހައްލު ކުރަންޖެހޭނީ އަސާސީއިން ރައްޔިތުންނަށް ލިބިދީފައިވާ ބާރު ނުގެއްލޭނެ ފަދަ ގޮތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގައި އޮންނަނީ ރިޔާސީ ނިޒާމަކަށް ވެފައި މިހާރު ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާ ހިލާފު ނުވާ ގޮތަށް އެ މައްސަލަ ހައްލުކުރާނަމަ ގެނެވޭނޭ އެއް ބަދަލަކީ މެންބަރު އޭނާގެ ޒިންމާއާ ހިލާފުވެއްޖެ ހިނދެއްގައި، އޭނާ އެ މަގާމުގައި ދެމި ހުރުމާމެދު ރައްޔިތުން ދެކޭ ގޮތެއް ބެލުމުގެ ނިޒާމެއް އެކަށައެޅުން،" އެ މައްސަލައިގައި ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox