ކްލަބްތަކުގެ އޮފާތަކަށް ނޫނެކޭ ބުނެ މުސިއާލާ ބަޔާނުގައި މަޑުކޮށްފި

Feb 15, 2025, 5:00 AM
ކްލަބްތަކުގެ އޮފާތަކަށް ނޫނެކޭ ބުނެ މުސިއާލާ ބަޔާނުގައި މަޑުކޮށްފި

މިއުނިކް (ފެބްރުއަރީ 15) - ޔޫރަޕްގެ ވަރުގަދަ ކްލަބްތަކުން ލިބުނު އޮފާތަކަށް ނޫނެކޭ ބުނެ، ޖަރުމަނުގެ މިޑްފީލްޑަރު، ޖަމާލް މުސިއާލާ، ބަޔާން މިއުނިކާ އެކު ހަދާފައި އޮތް ކޮންޓްރެކްޓް އާކޮށްފި އެވެ.

ހުނަރުވެރި ތަރި، މުސިއާލާ، 21، އޭނާގެ އުމުރުން 18 އަހަރު ފުރުނުތަނާ، ބަޔާނާ އެކު ހެދި ކޮންޓްރެކްޓް އޮތީ، 2026 ވަނަ އަހަރުގެ ސީޒަނުގެ ނިޔަލަށެވެ.

އެހެންވެ، ބަޔާނުން މިދިޔަ އަހަރު ފެށިގެން އައީ މުސިއާލާގެ ކޮންޓްރެކްޓް އާ ކުރެވޭތޯ މަަސައްކަތް ކުރަމުންނެވެ. އެކަމަކު، އެ މަޝްވަރާތަކަށް އަލިމަގެއް ނުފެނި ދިގުލައިދާތީވެ، ގިނަ ކްލަބްތަކުން އައީ މުސިއާލާ ހޯދުމުގެ ރޭހަށް ވަންނަމުންނެވެ.

ބަޔާނުން މުސިއާލާއާ އެކު ބޭއްވި މަޝްވަރާތަކުން ހައްލެއް ހޯދައި، އޭނާގެ އެއްބަސްވުން އާ ކުރީ، 2030 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

މުސިއާލާ ބުނީ ބަޔާނަކީ އޭނާގެ ފުރަތަމަ ޕްރޮފެޝަނަލް ކޮންޓްރެކްޓް ސޮއިކުރި ކްލަބް ކަމަށާއި މިހާތަނަށް އައިއިރު ވެސް އެ ކްލަބްގައި ހުރެ އޭނާ އަށް މުސްތަގުބަލާ މެދު ކުރެވުނު އުންމީދުތަކާ އެއްގޮތަށް ކަންކަން ހާސިލްކުރެވުނު ކަމަށެވެ. އަދި، ކޮންޓްރެކްޓް އާ ކުރީ، ކުރިއަށް އޮތް އަހަރުތަކުގައި، އޭނާ އަށް އެ ކްލަބްގައި ހުރެ އެހެން ލެވަލަކަށް ދެވޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ.

ޖަރުމަނުގެ ސްޓުޓްގާޓަށް، ނައިޖީރިއާ އާއިލާ އަކަށް އުފަންވި، މުސިއާލާ ފަހުން، އިންގްލެންޑަށް ބަދަލުވެ، ޔޫތު ލެވަލްގައި އިންގްލެންޑް ގައުމީ ޓީމަށް ވެސް ކުޅުނެވެ.

މީގެ ހަ އަހަރު ކުރިން، މުސިއާލާގެ ސޮއި ބަޔާނުން ހޯދީ އޭނާގެ އުމުރުން 16 އަހަރުގަ އެވެ. ޗެލްސީ އެކަޑަމީގައި ނުވަ ވަރަކަށް އަހަރު ހޭދަކުރި، މުސިއާލާ، ސީނިއާ ޕްރޮފެޝަނަލް ލެވަލްގައި ޖަރުމަނު ޓީމަށް ކުޅެން ނިންމީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގަ އެވެ. އޭނާ ވަނީ ޖަރުމަނަށް މިހާތަނަށް 38 މެޗު ކުޅެދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox