ބޮޑުކަންނެލި މަސްވެރިންނަށް ހާއްސަކޮށް ހުޅުމާލެ ބަނދަރުގައި ހަދާ ފެސިލިޓީގެ މަސައްކަތް މި އަހަރު ފަށަނީ

މިނިސްޓަރު ޝިޔާމް: ވިދާޅުވީ ބަނދަރު ހަދަން ފައިސާ ވެސް ހަމަޖެހިފައިވާ ކަމަށް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މިނިސްޓަރު ޝިޔާމް: ވިދާޅުވީ ބަނދަރު ހަދަން ފައިސާ ވެސް ހަމަޖެހިފައިވާ ކަމަށް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ބޮޑުކަންނެލި މަސްވެރިން ބާނާ މަަސް ހުޅުމާލޭ ބަނދަރުގައި ކިރައި ބަންދު ކުރުމުގެ މަސައްކަތަށް ހާއްސަކޮށް 25،000 އަކަފޫޓުގެ ބިމެއް ކަނޑައަޅާފައިވާ ކަމަށާއި އެ ސަރަހައްދުގައި އެކަމާ ގުޅޭ ވަސީލަތްތައް ގާއިމު ކުރަން ބޭނުންވާ ފައިސާ ވެސް މިހާރު ހަމަޖެހިފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު، އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު ވަޑައިގެން ކެންދޫ ދާއިރާގެ މެންބަރު، މައުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ ބޮޑުކަންނެލި މަސްވެރިންނަށް ހަގީގީ ސޮލިއުޝަނެއް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން ހުޅުމާލޭ ބަނދަރުގައި 25،000 އަކަފޫޓުގެ ސަރަހައްދެއް ބޮޑުކަންނެލި މަސްވެރިންނަށް ހާއްސަކޮށްފައިވާ ކަމަށާއި އެތަން ތަރައްގީ ކުރަން ބޭނުންވާ ފައިސާ ވެސް މިހާރު ހަމަޖެހިފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"މި ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ މި ނިންމެވީ އަމާން ބަނދަރަކަށް ބޮޑުކަންނެލި މަސްވެރިންގެ މަސް ކިރުމަށްޓަކައި، އެއީ ހުޅުމާލެ ބަނދަރު، ހުޅުމާލެ ބަނދަރުގައި އެންމެ މަގަތުން އެއޮތީ 25،000 އަކަފޫޓުގެ ޖާގައެއް ބޮޑުކަންނެލި މަސްވެރިންނަށް މަސް ޕެކް ކުރުމަށްޓަކައި ކަނޑައެޅިފައި، އިރާދަކުރެއްވިއްޔާ އެކަމަށް ބޭނުންވާ ފައިސާ ވެސް މިހާރު ހަމަޖެހިއްޖެ، އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އެ މަޝްރޫއު ފެށިގެން ދާނެ،" ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މަޝްރޫއު ނިމުމުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެ ސަރަހައްދުގައި މަސް ބަންދު ކުރުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށެވެ. ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން ފަދަ ޖަމިއްޔާތަކަށް ވެސް އެ ބަނދަރުން، ބޮޑުކަންނެލި މަސްވެރިންގެ އަތުން ބޭނުން އަގެއްގައި މަސް ގަތުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"މި ފެސިލިޓީއަށް ބޭނުންވާ ފަންޑު އިރާދަކުރެއްވިއްޔާ އައިއެސްޑީބީ މެދުވެރިކޮށް އަޅުގަނޑުމެންނަށް ހަމަޖެހިއްޖެ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެ މަހެއްގެ ތެެރޭގައި އަޅުގަނޑުމެން އިއުލާނު ކުރާނަން، އިއުލާނުކޮށް މަސައްކަތް އަޅުގަނޑުމެން މި އަންދާޒާ ކުރަނީ މި އަހަރުގެ ހަމަ މެދުތެރޭގައި މަސައްކަތް ފެށިގެން ދާނެ ކަމަށް. މިއީ އެހައިބޮޑު ފެސިލިޓީއަކަށް ނުވާތީ އަޅުގަނޑުމެން މި އަންދާޒާ ކުރަނީ މި އަންނަ އަހަރުގެ މެދުތެރެއަށް މި މަސައްކަތް އަޅުގަނޑުމެންނަށް ނިންމައިލެވޭނެ ކަމަށް، އެ ހިސާބުން ފެށިގެން ކަންނެލި މަސްވެރިންނަށް މި އޮތް ގޮންޖެހުންތަކަށް ވަރަށް ބޮޑު ހައްލެއް މި ލިބިގެން ދިޔައީ،" ޝިޔާމް ވިދާޅުވި އެވެ.

ބޮޑުކަންނެލީގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް މީގެ ކުރިން މަސައްކަތް ކުރީ ކަނޑުއޮތްގިރީގެ ބަނދަރު ތަރައްގީ ކޮށްގެންކަން ފާހަގަ ކުރައްވައި ޝިޔާމް ވިދާޅުވީ ކަނޑުއޮތްގިރިއަކީ އެގޮތަށް ތަރައްގީ ކުރެވޭނެ ތަނެއް ނޫން ކަމަށެވެ.

ކަނޑުއޮތްގިރީގައި ހިންގި މަސް ބަންދުކުރާ ފެސިލިޓީ ހުޅުމާލެއަށް ބަދަލު ކުރުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ޝިޔާމް އެންމެ ފުރަތަމަ ވިދާޅުވީ ޖޫން 13، 2024، ގައި މަސްވެރިން ކުރިއަށް ގެންދިޔަ މުޒާހަރާގެ ބައިވެރިންނާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

އެ ދުވަހު ޝިޔާމް ވިދާޅުވީ ހުޅުމާލޭގެ ބަނދަރުގައި މަސް ބަންދު ކުރެވޭނެ ގޮތެއް ހަދައިދިނުމަށް ބިމެއް ހޯދުމުގެ މަސައްކަތް އެޗްޑީސީ އާއެކު ކުރަމުންދާ ކަމަށެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު ކަނޑުއޮތްގޮރި ވަނީ ސިފައިންނަށް ދީފަ އެވެ. އެ ރަށް ސިފައިންނަށް ދިންއިރު، އެ ރަށުގެ ބަނދަރު އަޕްގްރޭޑު ކުރުމުގެ މަޝްރޫއުއަކީ ދިވެހި ސަރުކާރުން ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް ގެ އެހީގައި ހިންގާ ޑިވެލޮޕްމަންޓް އޮފް ފިޝަރީޒް ސެކްޓާ ޕްރޮޖެކްޓް ގެ ތެރެއިން، ފިޝަރީޒް މިނިސްޓްރީ ގެ ބެލުމުގެ ދަށުން ހިންގާ މަޝްރޫއުއެކެވެ.

އެ މަސައްކަތް ކުރުމަށް 77 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކުރީ މެއި، 2022, ގަ އެވެ. މިއީ މަސްދޯނިފަހަރަށް ސަލާމަތާއި ރައްކާތެރިކަމާ އެކު ބަނދަރު ކުރެވޭނެ ގޮތަށް ކަނޑުއޮތްގިރީގެ ބަނދަރު ބަދަލުކުރުމަށް ފެށި މަޝްރޫއުއެކެވެ.

އެ މަޝްރޫއުގެ ދަށުން 125 މީޓަރުގެ އެއްގަމު ތޮއްޓަކާއި 265 މީޓަރުގެ ބޭރު ތޮއްޓެއް ވަނީ ލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox