ސިވިލް ކޯޓަށް މިދިޔަ އަހަރު ހުށަހެޅި މައްސަލަތަކާއި ނިންމި މައްސަލަތަކުގެ އަދަދު އިތުރުވެއްޖެ

ސިވިލް ކޯޓު: އެ ކޯޓުން މިދިޔަ އަހަރު ހުށަހެޅި މައްސަލަތަކާއި ނިންމި މައްސަލަތައް އިތުރު -- ފޮޓޯ: ސަން

ސިވިލް ކޯޓު: އެ ކޯޓުން މިދިޔަ އަހަރު ހުށަހެޅި މައްސަލަތަކާއި ނިންމި މައްސަލަތައް އިތުރު -- ފޮޓޯ: ސަން

ސިވިލް ކޯޓަށް މިދިޔަ އަހަރު މައްސަލަ ހުށަހެޅި އަދަދާއި މައްސަލަ ނިންމި އަދަދު ވެސް އިތުރުވެފައިވާކަން ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ސިވިލް ކޯޓުން އާންމުކުރި ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ޖުމްލަ 5،142 ގަޒިއްޔާ ސިވިލް ކޯޓު އަދި ސިވިލް ކޯޓު ހުޅުމާލެ ޑިވިޝަންގައި ރަޖިސްޓްރީ ކުރި އެވެ. އެއީ 2023 ވަނަ އަހަރު ރަޖިސްޓްރީ ކުރެވުނު ގަޒިއްޔާތަކަށްވުރެ 12.96 ޕަސަންޓުގެ އިތުރު އަދަދެކެވެ.

ސިވިލް ކޯޓު އަދި ސިވިލް ކޯޓު ހުޅުމާލެ ޑިވިޝަންގައި މިދިޔަ އަހަރު ޖުމްލަ 5،432 ގަޒިއްޔާ ނިންމިއިރު، އެއީ 2023 ވަނަ އަހަރަށްވުރެ 17.57 ޕަސަންޓުގެ އިތުރުވުމެއް ކަމަށް ވެސް ތަފަސްހިސާބުތަކުން ދައްކަ އެވެ.

"2024 ވަނަ އަހަރު އެންމެ ގިނައިން ނިންމާފައިވަނީ އިހްތިލާފު އޮންނަ ބާވަތުގެ ދައުވާތައް. އެ ގޮތުން އިހްތިލާފް އޮންނަ ބާވަތުގެ 3،268 ދައުވާގައި ހުކުމް ކޮށްފައިވާއިރު، އިހްތިލާފެއް ނެތް ބާވަތުގެ 621 މައްސަލަ ނިންމާފައިވޭ. އަދި ހުކުމް ތަންފީޒު ކުރުމުގެ 1،543 މައްސަލަ ނިންމާފައިވޭ،" ސިވިލް ކޯޓުން ނެރުނު ނޫސް ބަޔާނެއްގައި ބުންޏެވެ.

މިދިޔަ އަހަރުގެ ނިންމުންތަކާއި އަމުރުތައް:

  • އިޖުރާއީ ނިންމުމާއި، އިހްތިސާސްއާ މެދު ނިންމި ނިންމުން - 103
  • ދައުވާތަކުގެ ތެރެއިން ހުށަހެޅުނު ވަގުތީ އަމުރާއި ކޯޓު އަމުރާ މެދު ނިންމި ނިންމުން - 135
  • ނެރުނު ކޯޓަށް ހާޒިރުވުމުގެ އަމުރު - 38،410
  • އެޑްރެހަށް ގޮސްގެން ރައްދުކުރި ކޯޓަށް ހާޒިރުވުމުގެ އަމުރު - 7،035
  • އެހެނިހެން އަމުރު - 4،952

ސިވިލް ކޯޓަށް މިދިޔަ އަހަރު ބަލައިގަތް ފައިސާގެ އަދަދު:

  • ސިވިލް ކޯޓަށް ބަލައިގަތް ދިވެހި ރުފިޔާ - 104،949،339.81ރ.
  • ސިވިލް ކޯޓަށް ބަލައިގަތް އެމެރިކާ ޑޮލަރު - 3،976،177،74 ޑޮލަރު

ސިވިލް ކޯޓުން ބަލާ އިހްތިލާފު އޮންނަ ބާވަތުގެ ދައުވާތަކާއި، އިހްތިލާފެއް ނެތް ބާވަތުގެ މައްސަލަތަކާއި، ހުކުމް ތަންފީޒު ކުރުމުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރަޖިސްޓްރީ ކުރެވިފައި ވަނީ އިހްތިލާފް އޮންނަ ބާވަތުގެ ދައުވާތަކެވެ.

މިގޮތުން އިހްތިލާފް އޮންނަ ބާވަތުގެ 2،419 ދައުވާ ރަޖިސްޓްރީ ކުރެވުނުއިރު، އިހްތިލާފެއް ނެތް ބާވަތުގެ 515 މައްސަލަ ރަޖިސްޓްރީ ކުރެވިފައިވެ އެވެ. އަދި ހުކުމް ތަންފީޒު ކުރުމުގެ 2،208 މައްސަލަ މިދިޔަ އަހަރު ސިވިލް ކޯޓުގައި ރަޖިސްޓްރީ ކޮށްފައިވެ އެވެ.

އަދި މިދިޔަ އަހަރު މިދިޔަ އަހަރު ސިވިލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 190 މައްސަލަ ބަލައިނުގަތުމަށް ނިންމާފައިވާއިރު، ރަޖިސްޓާގެ ނިންމުން އަލުން ބަލައިދިނުމަށް އެދި 10 މައްސަލައެއް ހުށަހެޅި އެވެ.

މީގެ އިތުރުން މިދިޔަ އަހަރު ނުނިމި ހުރި ޖުމްލަ 4،759 ގަޒިއްޔާގެ ތެރެއިން 2،368 ގަޒިއްޔާއަކީ ހުކުމް ތަންފީޒު ކުރުމުގެ ގަޒިއްޔާތަކެވެ. އިހްތިލާފް އޮންނަ ބާވަތުގެ 2،047 ދައުވާ ނުނިމި އޮތްއިރު، އިހްތިލާފެއް ނެތް ބާވަތުގެ 344 މައްސަލަ ނުނިމި އެބަ އޮތެވެ. އޭގެ ތެރޭގައި މިދިޔަ އަހަރު ރަޖިސްޓްރީ ކުރެވުނު ގަޒިއްޔާތަކުގެ ތެރެއިން 2،449 ގަޒިއްޔާ ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox