ގާސިމް އަބަދު ވެސް މަސައްކަތް ކުރައްވަނީ އެހެން މީހުންނަށް ރަނގަޅު ގޮތް ހޯދައިދޭން: އިލްޔާސް އިބްރާހިމް

ގާސިމްގެ ހަޔާތުނާމާ ނެރުމަށް މިރޭ ބޭއްވި ޖަލްސާގައި އިލްޔާސް ވާހަކަދައްކަވަނީ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ގާސިމްގެ ހަޔާތުނާމާ ނެރުމަށް މިރޭ ބޭއްވި ޖަލްސާގައި އިލްޔާސް ވާހަކަދައްކަވަނީ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ވިލާ ގްރޫޕުގެ ފައުންޑަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއަކީ އަމިއްލަ ފައިދާއަށް މަސައްކަތް ކުރައްވާ ބޭފުޅެއް ނޫން ކަމަށާއި އެމަނިކުފާނަކީ އަބަދުވެސް އެހެން މީހުންނަށް ރަނގަޅު ގޮތް ހޯއްދަވައި ދެއްވަން މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް ނިޝާން އިއްޒުއްދީންގެ ވެރިޔާ، އިލްޔާސް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގާސިމް އިބްރާހިމްގެ ހަޔާތުނާމާ ނެރުމަށް މިރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން އިލްޔާސް ވިދާޅުވީ ގާސިމްއަކީ އެންމެ ތުއްޕުޅު އިރުން ފެށިގެން ވެސް ވަރަށް ހިތްވަރު ގަދަ ބޭފުޅެއް ކަމަށެވެ. ފުރަތަމަ މާލެއަށް ފައިބާ ކިޔަވައި ވިދާޅުވީ ވެސް ވަރަށް ހިތްވަރާއެކު ވަރުގަދަ އަޒުމެއްގައި ހުންނަވައި ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ ފަހުން މިއަދާ ހަމައަށް ވެސް އެކި ގޮތްގޮތުން އެކި ރޮނގޮރޮނގުން ގާސިމް ކޮށްދެއްވަމުން ގެންދަވާ ހިދުމަތްތައް އިލްޔާސް ފާހަގަ ކުރެއްވި އެވެ.

"ރާއްޖެއަށް މި ހެޔޮ ބަދަލުތަކެއް ގެނައުމުގެ ނިޔަތުގައި ރާއްޖެއިން އުފެދިގެން އައި މަދު މީހުންގެ ތެރޭގައި ގާސިމް ވަރަށް އިސް ދައުރެއް އަދާ ކުރެއްވި، މިހާރު އަޅުގަނޑުމެން މި ދެކޭ މިނިވަން ކަމާއި މި ޑިމޮކްރެސީ ގެނައުމުގައި ވަރަށް މުހިންމު ބައެއް އަދާ ކުރި، ކުރު ގޮތަކަށް ދަންނަވާ ނަމަ މި އިންތިހާބީ ރިޔާސަތު އުފެދިގެން އައިސް ފުރަތަމަ ދެ ފަހަރު ވެސް ތިން ފަހަރު ވެސް ދިޔައީ އޭގެ ތިންވަނަ ބާރަކަށް ގާސިމް އެ ފަރާތަކަށް ޖެހިވަޑައިގެން ފަރާތަކަށް ވެރިކަން ލިބުނީ،" އިލްޔާސް ވިދާޅުވި އެވެ.

ގާސިމްގެ ސިޔާސީ ކާމިޔާބީގެ ފަހަތުގައި ފޮރުވިފައި އޮތް ސިއްރަކީ ތެދުވެރިކަމާއި އިހުލާސްތެރިކަން ކަމަށް އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ ގާސިމްއަކީ ރައްޔިތުންނަށް އެހީތެރިވުމުގަ އާއި ގައުމަށް ފައިދާ ހުރި ކަންކަން ކޮށްދިނުމުގައި ވެސް ނަމޫނާއެއް ކަމަށެވެ. އެގޮތުން އެމަނިކުފާނަކީ އަބަދުވެސް އެ އިރެއްގައި އަތުގައި ހުންނެވި މިންވަރަކުން މީހުންނަށް އެހީތެރިކަން ފޯރުކޮށްދެއްވި ބޭފުޅެއް ކަމަށާއި އެކަމަށް ހެކިވެވަޑައިގަންނަވާ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

"ގާސިމްގެ ވިސްނުން، އެހެން މީހުންނަށް ފައިދާ ވާނެ، އެހެން މީހުންނަށް ރަނގަޅު ގޮތްތައް ހޯދައިދިނުމަށް ވަރަށް ބޮޑަށް ވެސް މަސައްކަތް ކުރައްވާ،" އިލްޔާސް ވިދާޅުވި އެވެ.

ގާސިމްގެ އެހީގައި ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ތައުލީމު ހާސިލު ކުރި ދަރިވަރުންނަކީ އޭގެ ހެއްކެއް ކަމަށް އިލްޔާސް ވިދާޅުވި އެވެ.

އޭގެ އިތުރުން ރާއްޖޭގައި އާސަންދަ ފަދަ ހިލޭ ބޭސްފަރުވާގެ ނިޒާމެއް ނެތް ދުވަސްވަރެއްގައި އަމިއްލަ ހަރަދުގައި ދިވެހި އެތައް އާއިލާއަކަށް ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރެވޭނެ މަގު ގާސިމް ފަހި ކޮށްދެއްވިކަން އިލްޔާސް ފާހަގަ ކުރެއްވި އެވެ.

އޭނާ ވިދާޅުވީ ގާސިމްގެ ހިދުމަތްތަކަކީ އޭނާގެ ދުލުން އެކަނި ބަޔާން ނުކުރި ނަމަވެސް، މުޅި ރާއްޖޭގެ ރައްޔިތުންނަށް ފެންނާން ހުރި އަގުހުރި ހިދުމަތްތަކެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox