ގާސިމްގެ ބަޔާން: ކާޑެއްދޫ ތަރައްގީ ނުކުރެވުނު ސަބަބުތަކުގެ ތެރޭގައި ތިނަދޫ އެއާޕޯޓުގެ ވައުދު ހިމެނޭ!

ތިނަދޫ އެއާޕޯޓުގެ ވައުދު އިއުލާނު ކުރެއްވިއިރު، ދެއްކި ކުރެހުމާއެކު ރައީސް މުއިއްޒު

ތިނަދޫ އެއާޕޯޓުގެ ވައުދު އިއުލާނު ކުރެއްވިއިރު، ދެއްކި ކުރެހުމާއެކު ރައީސް މުއިއްޒު

ވިލާ ގްރޫޕްގެ ޗެއާމަން، އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ ޗެއާމަންގެ ވިލާ އެއާ ޕްރައިވެޓު ލިމިޓެޑަށް ދޫކޮށްފައި އޮތް ގދ. ކާޑެއްދޫ އެއާޕޯޓު ސަރުކާރުން ބޭނުން ވެގެން ދޫކޮށްލަން ނިންމި ނިންމުމާއި، އޭގެ ބަދަލާ ގުޅޭ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަތުރަމުން ދަނީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް ވިދާޅުވެ، އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް ބުރޫއު އެރި ސަބަބުތައް ގާސިމް އިބްރާހިމް ހާމަ ކުރައްވައިފި އެވެ.

އެއާޕޯޓު އަތުލުމަށް ފަހު ގާސިމަށް ބަދަލެއް ދޭން އުޅޭ ވާހަކަ ޔާމީން ހާމަކުރެއްވީ ބުރާސްފަތި ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި "ވޭކް އަޕް"ގެ ނަމުގައި ބޭއްވި ޖަލްސާގަ އެވެ. ޔާމީންގެ ވާހަކަ އަށް ރައްދު ދެއްވުމުގެ ގޮތުން ގާސިމް ވަނީ ރައީސް އޮފީހުގެ ސިޓީ އެކްސްގައި ޕޯސްޓުކޮށްފަ އެވެ. އެއަށް ފަހު ހަތަރު ސަފުހާގެ ބަޔާނެއް ރޭ ނެރުއްވައިފަ އެވެ.

ކާޑެއްދޫ އެއާޕޯޓްގެ ތާރީހު

ކުރީގެ ރައީސް މައުމޫނުގެ އަބްދުލް ގައްޔޫމުގެ ޒައާމަތުގައި 1993 ވަނަ އަހަރުގެ ފަހުކޮޅު ހުޅުވި ގދ. ތިނަދޫ ކައިރީގައި އޮންނަ ކާޑެއްދޫ ރީޖަނަލް އެއާޕޯޓް ހިންގާތާ 20 އަހަރު ފަހުން، އެތަން އަމިއްލަ ބަޔަކަށް ދޫކޮށްލަން 2013 ވަނަ އަހަރު ހުޅުވައިލީ އެތަން ގެއްލުމުގައި ހިންގަމުންދާތީ ކަމަށް ގާސިމް ވިދާޅުވި އެވެ.

Advertisement

ފަންސާސް އަހަރަށް ކާޑެއްދޫ އެއާޕޯޓު ދޫކޮށްލުމުގެ ބީލަން ވިލާއިން ކާމިޔާބު ކުރީ ގާސިމް ވިދާޅުވި ގޮތގައި ކުރީ އެންމެ ރަނގަޅު ހުށަހެޅުން ހުށަހަޅައިގެންނެވެ.

ކާޑެއްދޫ އެއާޕޯޓު
ކާޑެއްދޫ އެއާޕޯޓު

ކާޑެއްދޫ އެއާޕޯޓު

ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ފެށި، މާ ގިނަ ދުވަހެއް ނުވެ ޔާމީން އާއި ގާސިމްއާ ދެމެދު އުފެދުނު ސިޔާސީ ނުތަނަވަސްކަމާއި ދެ ބަސްވުންތައް އުފެދިފައި އޮތްވައި، 2017 ވަނަ އަހަރު އެ އެއްބަސްވުން ބާތިލްކުރި އެވެ.

ރާއްޖޭގެ ސިވިލް އޭވިއޭޝަން މިންގަނޑުގައި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށްޓަކައި، އެއާޕޯޓަށް އެތައް ބަދަލުތަކެއް ގެނެވުނު ކަމަށާއި އޭގެ ތެރޭގައި ޖަނަރޭޓަރާއި، އެއާ ފީލްޑް އާއި އާންމު އޭރިޔާ ވަކިކުރާ ފެންސާއި، އެއާޕޯޓްގެ އިދާރީ ހިންގުމުގެ ސާމާނާއި، ފަޔާ ޓެންޑާ، އެމްބިއުލާންސް، އެކްސްރޭ މެޝިން، ޕަންޕު ފަދަ އެތައް އިންވެސްޓްމަންޓެއް ކޮށްފައިވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

"އެއީ ރީޖަނަލް އެއާޕޯޓެއްގެ ގޮތުގައި ހިންގުމަށްޓަކައެވެ. އެއާޕޯޓާއި ވިލާއިން ހަވާލުވި އިރު، ކާޑެއްދޫ ރަންވޭގައި އެކި ދިމަދިމާއިން ރެނދުއަޅާފައިވާތީ އެކަން މަރާމާތުކުރުމަށް އެންމެ އެކަށޭނޭ ޒަމާނީ ކެމިކަލް ހޯދައި ރަންވޭގެ މަރާމާތަށް ވެސް ބޮޑު ހަރަދެއް އަޅުގަނޑުމެން ކުރީމުއެވެ." ގާސިމްގެ ބަޔާނުގައިވެ އެވެ.

ޔާމީންގެ ދައުރުގައި އެއާޕޯޓް އަތުލުން

ޔާމީންގެ ވެރިކަމުގައި އެއާޕޯޓު އަތުލީ ރާއްޖޭން ބޭރުގެ ޕާޓްނައަކާއެކު ކާޑެއްދޫ އެއާޕޯޓް ބައިނަލްއަގުވާމީ އެއާޕޯޓަކަށް ބަދަލުކުރުމަށް 150 މިލިއަން ޑޮލަރުގެ ޕްލޭނެއް ކޮށް، އެއާޕޯޓުގެ ކުލީގެ މުއްދަތު 99 އަހަރަށް ބަދަލުކުރުމަށް އެދިފައި ވަނިކޮށް ކަމަށް ގާސިމްގެ ބަޔާނުގައިވެ އެވެ

އެކި ބަހަނާތައް ދައްކާ ސިވިލް އޭވިއޭޝަން ގެ މިންގަނޑުތަކަށް ނުފެތޭކަމަށް ބަޔާންކޮށް މައްސަލަތަކެއް ފެންމަތިކޮށް، ކާޑެއްދޫ އެއަރޕޯޓް އަދުލުވެރި ބަދަލެއް ދިނުމެއް ނެތި، 2017 ވަނަ އަހަރު ދިވެހި ފުލުހުން މެދުވެރިކޮށް ވިލާ އެއާ އަތުން އެއާޕޯޓް ސަރުކާރުން އަތުލި ކަމަށް ގާސިމް ވިދާޅުވި އެވެ.

އެކަން އެގޮތަށް ކުރީ ސަރުކާރުން ރާއްޖޭގެ ސިޔާސީ ލީޑަރުން ޖަލަށް ލަމުން ދިއުމުން އެކަމުގައި ބަސްބުނި ހިސާބުން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

އެއަޕޯޓު އަތުލި މައްސަލަ ވިލާއިން ސިވިލް ކޯޓަށް 2018 ގައި ހުށަހެޅި އެވެ. އެ ކޯޓުން މައްސަލަ ނިންމީ ވިލާއާ އެއްކޮޅަށެވެ. އަދި މަތީ ކޯޓުތަކުން ވެސް މައްސަލަ ގާސިމް ކާމިޔާބު ކުރެއްވި އެވެ. ސުޕްރީމް ކޯޓުން މައްސަަލަ ނިންމީ 2022 ވަނަ އަހަރު އެވެ.

ކާޑެއްދޫ އެއާޕޯޓުގެ މައްސަލަ ސުޕްރީމް ކޯޓުން ނިންމުމުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2022 ވަނަ އަހަރު އެ އެއާޕޯޓު އަލުން ވިލާއާ ހަވާލުކުރީ ހަތް އަހަރުތެރޭގައި އެތަން އިންޓަރނޭޝަނަލް އެއާޕޯޓަކަށް ބަދަލުކޮށްފި ނަމަ، އެއްބަސްވުމުގެ މުއްދަތު 99 އަހަރަށް އިތުރު ކުރާ ގޮތަށެވެ.

"އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރުމަށް ސަރުކާރުން ދެއްވި 7 އަހަރުގެ މުއްދަތުގައި (2023 އިން 2030 އާއި ދެމެދު) އަޅުގަނޑުމެންނަށް އިންޓަރނޭޝަނަލް އެއާޕޯޓަކަށް ބަދަލު ނުކޮށްދެވުނު ނަމަ، އެގްރީމަންޓްގައި އޮންނާނީ، ހަމަ ކުރީންވެސް އޮތްހެން 50 އަހަރަށް ޑޮމެސްޓިކް އެއާޕޯޓެއްގެ ގޮތުގައި ކަމަށްވެސް މި އެއްބަސްވުމުގައި އެކަށައެޅިފައިވެއެވެ. ބަޔާނުގައިވެ އެވެ.

ފުރަތަމަ އެއާޕޯޓު ހިންގުމާއި ވިލާއެއާ އިން ހަވާލުވި އިރުވެސް، ގެއްލުމުގައި ހިންގަން ޖެހޭތީ، ސަރުކާރުން ދޭ ސަބްސިޑައިޒްއެއްގެ ގޮތުގައި ރިސޯޓް ހެދުމަށް ފަޅު ރަށެއް ދޭ ގޮތަށް އެގްރީމަންޓްގައި ހަމަޖެހިފައި އޮތް ނަމަވެސް 2017 ގައި އެއާޕޯޓް އަތުލިއިރު ވެސް އެ ފަޅެއް ދީފައި ނެތް ކަމަށް ގާސިމް ވިދާޅުވި އެވެ.

އޭގެ ފަހުން 2022 ގައި އދ. އަތޮޅުން ކުޑަ ދެ ފަޅެއް ދިނުމަށް އެއްބަސްވި ކަމަށް ގާސިމް ވިދާޅުވި އެވެ.

މުއިއްޒުގެ ތިނަދޫ އެއާޕޯޓް ވައުދު

ވިލާއިން 2022 ވަނަ އަހަރު ކާޑެއްދޫއާ އަލުން ހަވާލުވި ނަމަވެސް އެއްބަސްވުމާ އެއްގޮތަށް އެތައް ކުރިއަށް ގެންދިޔުމަށް ހުރަހަކަށްވީ، ކޮވިޑުގެ ދަތިކަމާއެކު ފައިސާ ލިބުމަށް ދަތިވުމުގެ އިތުރުން، 2023ގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް މުއްމަދު މުއިއްޒު ގދ. ތިނަދޫ ފަޅުތެރޭގައި އެއާޕޯޓެއް އަޅަންވީ ވައުދުގެ ސަބަބުން ކަމަށް ގާސިމް ބަޔާނުގައި ފާހަގަ ކުރައްވާފައިވެ އެވެ.

"2024 ގެ މަޖިލީސް އިންތިހާބުގައިވެސް އިތުރަށް މި ވައުދު [ތިނަދޫ އެއާޕޯޓުގެ ވައުދު] ތަކުރާރު ކުރެއްވި އެވެ. އަދި ތައިލޭންޑްގެ ކުންފުންޏަކުން ތިނަދޫ ފަޅުތެރޭގައި ބައިނަލްއަގުވާމީ އެއާޕޯޓެއް އެޅޭނޭ ކަމަށް ޕްރޮޕޯސަލް ފޮނުވުމުން އެކަންވެސް ވޭތޯ ސަރުކާރުން މަސައްކަތް ކުރެއްވިއެވެ. އެހެންކަމުން ވިލާއިން ކެތްތެރިކަމާއެކު މަޑުކުރަމުން ދިޔައީ ސަރުކާރު ބޭނުންވާ ގޮތަކީ ކޮބައިކަން ދެނެގަތުމަށެވެ." ބަޔާނުގައިވެ އެވެ.

ކާޑެއްދޫ އެއާޕޯޓު ތަރައްގީކުރަން ފައިސާ ހޯދުމުގެ އެންމެ ފަހު މަރުހަލާގައި ވަނިކޮށް މި ސަރުކާރުގެ ޓްރާސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން އާއި އިތުރު ވަޒީރަކާއެކު ބޭއްވި ބައްދަލުވުމުން އެނގިގެން ދިޔައީ ގދ. ތިނަދޫ ރައްޔިތުންނަށް ވެވަޑައިގެންނެވި އެއާޕޯޓުގެ ވައުދާ އެއްގޮތަށް، ކާޑެއްދޫ، އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރަން ރައީސް މުއިއްޒު ބޭނުންފުޅުވާ ކަމެވެ.

"އެހެންކަމުން، ސަރުކާރަށް ކާޑެއްދޫ ދޫކޮށްލެއްވުމަށް ވިލާއަށް އޮތް މަގަކީ ކޮބައިތޯ އެބޭފުޅުން ސުވާލު ކުރެއްވި،" ގާސިމް ވިދާޅުވި އެވެ.

މި ސަބަބުތަކުގެ އިތުރުން، ކާޑެއްދޫ އެއާޕޯޓް އަތުލައި ބައިނަލްއަގުވާމީ އެއާޕޯޓަކަށް ހެދުމަށް ތިނަދޫ ދާއިރާގެ ދެ މެންބަރުން ވެސް ސަރުކާރުން ބާރުއަޅަމުންދާތީ ކޫއްޑޫ ތަރައްގީ ކުރުމުގެ އާ ޕްލޭނަކަށް މަސައްކަތް ފެށުން މަޑުޖައްސާލި ކަމަށް ގާސިމް ވިދާޅުވި އެވެ.

ވިލާއިން ކާޑެއްދޫ ތަރައްގީކޮށް ރަނގަޅު ފައިދާއެއް ނެރެވޭނެކަން ޔާގީންވެފައި އޮތަސް، ރައީސް މުއިއްޒުގެ ޕްލޭނާ އެއްގޮތަށް ކާޑެއްދޫ ތަރައްގީކުރަން ސަރުކާރުން ބޭނުންވާތީ އެތަނަށް ކޮށްފައިވާ އިންވެސްޓްމަންޓާއި، ކޮށްފައިވާ މަސައްކަތްތަކާއި، ތަރައްގީ ކުރުމަށް އެކަށައަޅާފައިވާ ޕްލޭންތަކާއި ހަދާފައިވާ ސާވޭތަކާއި ފައިސާ ހޯދުމަށް ކުރެވިފައިވާ ހަރަދާއި، އޮޕްޗިއުނިޓީ ކޮސްޓްފަދަ އެތައް ކަމަކަށް ރިއާޔަތް ހަދާފައިވާ ޕްރޮޖެކްޓްގެ ވެލިޔުއޭޝަނަށް ފަހު ވިލާގެ ހުށަހެޅުން ސަރުކާރަށް ހުށަހެޅި ކަމަށް ގާސިމް ވިދާޅުވި އެވެ.

ވިލާއިން ހުށަހެޅި ރިޕޯޓާ ހަވާލާދީ، ބަދަލު ހަަމަޖެއްސުމަށް ރައީސް އޮފީހުން ފޮނުވި ސިޓީގައި ވަނީ އެއާޕޯޓުގެ އަގަކީ 18.5 މިލިއަން ޑޮލަރު ކަމާއި ދެ ފަޅުގެ އަގާއެކު 33.5 މިލއަން ޑޮލަރު ކަމަށެވެ. އަދި އެތަން ތަރައްގީކުރަން 100 މިލިއަން ޑޮލަރު ހަރަދުވެފައިވާ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.

"ސަރުކާރުން އިސްކަންދެއްވީ ގާނޫނީ މަރުހަލާގެ ތެރެއިން އެއްބަސްވެވޭ އެދެވޭ ބަދަލެއް ދިނުމަށް ފަހު ވިލާ އެއާގެ އަތުން ކާޑެއްދޫ ސަރުކާރަށް ލިބޭނޭ ގޮތަކަށް އަމަލު ކުރުމަށް ކަމަށް ގާސިމް ވިދާޅުވެފައިވެ އެވެ.

"އެއީ އެމަނިކުފާނު، ގދ. ތިނަދޫގެ ރައްޔިތުންނަށް އަދި ޖުމުލަކޮށް ގދ. އަތޮޅަށް ވެވަޑައިގެންނެވި ނުހަނު މުހިންމު ވައުދަކަށްވާތީ، ވީހާވެސް އަވަހަކަށް އެ އެއާޕޯޓް ބައިނަލްއަގުވާމީ އެއާޕޯޓަކަށް ބަދަލުކުރެއްވޭނީ ސީދާ ސަރުކާރަށް އެ އެއާޕޯޓް ލިބިގެންކަމަށް ވާތީއެވެ،" ގާސިމް ވިދާޅުވި އެވެ.

ސަރުކާރުން ވިލާއަށް ހުށަހަޅާފައިވަނީ ދެ ގޮތެކެވެ. އެއީ ބަދަލުގެ ގޮތުގައި ދޭ 18 މިލިއަން ޑޮލަރު 18 މަހުން ބަހާލައިގެން ދެއްކުން ނުވަތަ އެ ފައިސާ ޓެކުސްގެ ފައިސާއިން 18 މަސް ދުވަހުގެ ތެރޭގައި އުނިކުރުމަށެވެ.

ވިލާއިން ވަނީ ސަރުކާރުގެ މި ހުށަހެޅުން ގަބޫލުކޮށްފަ އެވެ.

ޔާމީނަށް ހޫނު ރައްދެއް

ޔާމީންގެ ވެރިކަމުގައި އޭނާ އާއި އޭނާގެ ވިޔަފާރިތަކާއި އާއިލާއަށް ކުރި ދުއްތުރާގެ އުދާސްތައް ގާސިމްގެ ބަޔާނުގައި އޮއްސާލާފައިވެ އެވެ.

ގާސިމް ވިދާޅުވީ ކާޑެއްދޫ އެއާޕޯޓް ގާނޫނީ އިމުން ބޭރުން އަދުލުވެރި ބަދަލެއް ނެތި އަތުލުމުގެ އިތުރުން، މޯލްޑިވްސް އިންލަންޑް ރެވެނިއު އަށް ވިލާއިން ދައްކަންޖެހޭ 199 މިލިއަން ޑޮލަރުގެ ޓެކްސް އެބަ ހުރި ނިންމީ ސީދާ ޔާމީންގެ އޯޑަރަށް ކަމަށެވެ.

އެ މައްސަލައިގައި ދައުވާ އުފުލާ، ޕާމިޓްތައް ކެންސަލް ކޮށް، އިމްޕޯޓް ލައިސަންސް ބާތިލްކޮށް، ވިލާގެ އެކައުންޓްތައް ފްރީޒްކޮށް، އެތަކެއް ހާސް މުވައްޒަފުންނަށް މަހު މުސާރަ ނުދެވޭފަދަ ނިކަމެތި ދުވަސްތަކެއް ހޭދަކުރަން ޖެހުނު ހަނދާން ބަޔާނުގައި ގާސިމް އާކުރައްވާފައިވެ އެވެ.

"2018 ގެ ރިޔާސީ އިންތިހާބު ނިމެންދެން ޔާމީނުގެ އަނިޔާވެރިކަމުގެ ހިތްދަތި ވޭން އަޅުގަނޑާއި ވިލާ ކުންފުނީގެ މުވައްޒަފުންވަނީ ތަހައްމަލު ކޮށްފައެވެ،" ގާސިމް ވިދާޅުވިއެވެ.

ކޫއްޑޫ އެއާޕޯޓު ސަރުކާރަށް ނަގަނީ ނުހައްގު ބަދަލެއް ދީފައި ކަމަށް ޔާމީން ވިދާޅުވަމުން ގެންދަވަނީ އޭނާގެ ޢާންމު އުސޫލުން، ރައްޔިތުންނަށް މައްސަލައިގެ ހަގީގަތް އޮޅުވާލާފައި ކަމަށް ގާސިމް ވިދާޅުވި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ޔާމީން ވާހަކަ ދައްކަވަނީ. -- ފޮޓޯ: އަދަދު
ބުރާސްފަތި ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ޔާމީން ވާހަކަ ދައްކަވަނީ. -- ފޮޓޯ: އަދަދު

ބުރާސްފަތި ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ޔާމީން ވާހަކަ ދައްކަވަނީ. -- ފޮޓޯ: އަދަދު

"ޔާމީން އަކީ ޒާތީ ހަސަދަވެރިއެއްކަން އިނގިހުރެވެސް، އަދި އެއްފަހަރަށް ވުރެ ގިނަ ފަހަރު "ޤާސިމް ލުނބޯ ކިބައެއްހެން ފެލާލާނެ" ކަމަށް، އެކި ފަހަރުމަތީން، ރައީސް ޔާމީން ބުނެފައިވީ ނަމަވެސް 2013 ގެ ރިޔާސީ އިންތިހާބުގެ ފަހު ބުރުގައި އޭނާއަށް ދިވެހިރާއްޖޭގެ ވެރިކަމާއި ހަމައަށް ވާސިލްވެވުނީ އަޅުގަނޑުގެ ނުހަނު ބުރަމަސައްކަތުންނެވެ. އަޅުގަނޑު އޭނާއަށް ތާއީދު ކުރީ އެއީ ކާކުކަން އަޅުގަނޑަށް ނޭނގި ހުރެގެންނެއް ނޫނެވެ. ނަމަވެސް، ކުރީގެ ރައީސް މައުމޫންގެ އެދިލެއްވުމާއި އަދި ހަރުކަށި ކުލައިގެ ކިތަންމެ ބަޔަކު ކުރި އާދޭހުގެ ސަބަބުން އޭރު އޮތް ހާލަތުން، ގައުމަށް ހެޔޮގޮތް އެދިގެންނެވެ،" ގާސިމް ބަޔާނުގައިވެ އެވެ.

ގާސިމް ވިދާޅުވީ މިއީ ވިލާ ކުންފުންނާއި އޭނާގެ އަގު ވައްޓާލަން ޔާމީން މަސައްކަތް ކުރެއްވި ފުރަތަމަ ފަހަރެއް ނޫން ކަމަށެވެ.

"ރޭގަނޑެއްގެ ފަރު ދަންވަރު ރާއްޖޭގެ ކްރިމިނަލް ކޯޓު ހުޅުވައި އަޅުގަނޑު އައިސީޔޫގެ އެނދުގައި އެނދުމަތިކޮށްފައިވަނިކޮށް، އަޅުގަނޑަށް ގާނޫނުއަސާސީއާއި ހިލާފު ހުކުމް ކުރުވި ބޭފުޅަކު އަޅުގަނޑާއި އަޅުގަނޑުގެ އާއިލާއާއި މެދު ކޮށްފަ ނުކުރާނޭ އެއްކަމެއްވެސް މި އުޑުދަށުގައި ނުވާނެކަން ކަށަވަރެވެ،" ގާސިމް ވިދާޅުވި އެވެ.

ޔާމީނަކީ މީހެއްގެ މައްޗަށް ނުރުހިއްޖެނަމަ އެމީހަކާ މެދު ކޮންމެ ފަދަކަމެއްވެސް ހިންގަފާނެ މީހެއްކަން އޭނާގެ ވެރިކަމުގެ މުއްދަތުގައި ދިވެހި މުޅި ގައުމަށް ސާފުވެގެން ގޮސްފައިވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަލީ ނިޔާވެއްޖެ

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޑރ. މުހައްމަދު އަލީ، އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދު ވަނީ ނިޔާވެފައެވެ. އުމުރުން 67 އަހަރުގައި ނިޔާވި މުހައްމަދު އަލީއަކީ އިމިގްރޭޝަން ކޮންޓްރޯލަރުގެ އިތުރުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

ޓޫރިޒަމް ހީނަރުވުމުން އިގުތިސޯދީ ހަރަކާތް މަޑުޖެހޭނެ: ފައްޔާޒު

ސަރުކާރުން ޓެކްސް ގާނޫނުތަކަށާއި ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދަށް ގެނައި ކުއްލި ބަދަލުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ހީނަރުކަމެއް އަތުވެދާނެ ކަމަށް ކުރީގެ މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. މި ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް އޮތް އިންވެސްޓަރުންގެ އިތުބާރު ގެއްލި، ވިޔަފާރިތައް ހުއްޓި މުޅި ގައުމުގެ އިގުތިސޯދު މަޑުޖެހުމުގެ ބިރު އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޕްލާސްޓިކް ހޮޅި ހުއްދަކުރީ ކަރުދާސް ހޮޅި ބޭނުންކުރަން ދަތިވުމުން

ކަރުދާސް ހޮޅި ބޭނުންކުރުމުގައި ހުރި ދަތިތަކާއި ސިއްހީ ކަންބޮޑުވުންތަކާ ގުޅިގެން، ރާއްޖެއަށް ޕްލާސްޓިކް ހޮޅި އެތެރެކުރުން މަނާކުރާ ތާރީހު 2031 ވަނަ އަހަރަށް ސަރުކާރުން ފަސްކޮށްފިއެވެ. އެންވާރަމަންޓް މިނިސްޓްރީން ބުނީ މި ބަދަލު ގެނައީ ކަރުދާސް ހޮޅި ފޫދުމުގެ މައްސަލައާއި އޭގެ ސަބަބުން މައިކްރޯ ޕްލާސްޓިކް އުފެދުމުގެ ފުރުސަތު އޮތުމުން ކަމަށެވެ. މީގެ ކުރިން 2023 ގެ ނިޔަލަށް ޕްލާސްޓިކް ހޮޅި މަނާކުރަން ނިންމާފައި އޮތް ނަމަވެސް، މި ނިންމުމާއެކު އެ ތާރީހު ވަނީ ވަރަށް ބޮޑަށް ފަސްވެފައެވެ.

ހިރިމަރަދޫއަށް ދެ ޕޮލިޓިކަލް ޑިރެކްޓަރުން އައްޔަނުކޮށްފި

ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅައި ކައުންސިލް އުވާލާފައިވާ ހދ. ހިރިމަރަދޫގައި ވަޒީފާ އަދާކުރާ ގޮތަށް، ޔޫތު މިނިސްޓްރީގެ ދެ ޕޮލިޓިކަލް ޑިރެކްޓަރުން ސަރުކާރުން އައްޔަނުކޮށްފިއެވެ. މަހަކު 20،000 ރުފިޔާގެ މުސާރަ ލިބޭ މި މަގާމުތަކަށް އައްޔަނުކުރި ޕީއެންސީގެ ދެ އެކްޓިވިސްޓުންގެ އިތުރުން، އެ ރަށުގެ ތިންވަނަ މީހަކަށްވެސް ސިޔާސީ މަގާމެއް ދީފައިވާކަން ވަނީ އެނގިފައެވެ.

ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނި މީހަކު ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރެ ދަބަހެއްގައި ބޮމެއް އޮތް ކަމަށް ބުނެ ސަމާސާކުރި މިސްރުގެ ރައްޔިތަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ފަސް ދުވަސް ޖަހައިފިއެވެ. އޭނާ އެއީ ސަމާސާއަކަށް ދެއްކި ވާހަކައެއް ކަމަށް ބުނެ މައާފަށް އެދުނު ނަމަވެސް، މުޖުތަމައުގެ ސަލާމަތަށްޓަކައި އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ނުގަވައިދުން ބިމެއް ދިނުމުން ކޮރަޕްޝަންގެ ދައުވާކުރަނީ

ގަވާއިދާ ހިލާފަށް އަމިއްލަ ކުންފުންޏަކަށް ބީލަމަކަށް ނުލައި ބިންތަކެއް ދޫކުރި މައްސަލައިގައި، ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ އާއި ތިން ކައުންސިލަރެއްގެ މައްޗަށް ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. މި ބޭފުޅުންގެ މައްޗަށް ދައުވާކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމަށް ތުހުމަތުކުރެވޭތީއެވެ.

ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކަށް މިނިސްޓަރެއްގެ އިންޒާރު

"އައިޝާ" ޑޮކިއުމެންޓްރީ ނެރުމުގެ ކުރިން، އެއްވެސް މައުލޫމާތެއް ލީކުނުކުރުމަށް ބުނެ މިހާރުގެ ކެބިނެޓް މިނިސްޓަރަކު އިންޒާރުދިން ކަމަށް ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކު ތުހުމަތުކޮށްފިއެވެ. މީގެ އިތުރުން، ޖިނާއީ ތަހުގީގަކަށް އޭނާގެ ޕާސްޕޯޓު ވެސް މިހާރު ވަނީ ހިފަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox