ގޯލްޑަން ފުޓްސަލް ޗެލެންޖް: ޒޯނު ފައިނަލުގެ ކުރިން އިނގުރައިދޫ އިން ދުވާފަރު ބަލިކޮށްފި

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އިނގުރައިދޫ އާއި ދުވާފަރު ބައްދަލުކުރި މެޗުގެ ތެރެއިން ހާއްޕެ ގޯލު ޖެހުމަށްފަހު އުފާފާޅުކުރަނީ - ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އިނގުރައިދޫ އާއި ދުވާފަރު ބައްދަލުކުރި މެޗުގެ ތެރެއިން ހާއްޕެ ގޯލު ޖެހުމަށްފަހު އުފާފާޅުކުރަނީ - ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޒޯން ދޭއްގެ ފައިނަލުގެ ކުރިން އިނގުރައިދޫ އިން ދުވާފަރު 3-2 ގެ ނަތީޖާ އަކުން ބަލިކޮށްފި އެވެ.

މި މުބާރާތުގައި އިނގުރައިދޫ އިން ރ. އަތޮޅުގެ ގްރޫޕް ސްޓޭޖުގައި އަދި ރ. އަތޮޅު ފައިނަލުގައި ކުޅުނު މެޗުގައި ވެސް ދުވާފަރު އަތުން ވަނީ މޮޅުވެފަ އެވެ. އެހެންވެ ފައިނަލުގެ ކުރިން ކުޅުނު މި މެޗާއެކު ދުވާފަރުން މި ފަހަރުގެ މުބާރާތުގައި އިނގުރައިދޫ އަތުން ބަލިވި މިއީ ތިން ވަނަ ފަހަރެވެ.

މި ޒޯނުގެ ފައިނަލުގައި ވެސް ވާދަކުރާނީ މި ދެ ޓީމެވެ.

ރޭ ކުޅުނު މެޗުގެ ހަ ވަނަ މިނިޓްގައި އިނގުރައިދޫ އިން ވަނީ ލީޑު ނަގައިފަ އެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ އަލީ ހާފިޒް (ހާއްޕެ) އެވެ. އަދި މެޗުގެ 12 ވަނަ މިނިޓްގައި އިނގުރައިދޫގެ ލީޑު ފުޅާކޮށްދިނީ ކެޕްޓަން އަހުމަދު އައިހަމް (އައިހު) ޖެހި ގޯލުންނެވެ.

އެކަމަކު، އޭގެ ދެ މިނިޓް ފަހުން ދުވާފަރުގެ ކެޕްޓަން މުހައްމަދު ޖުމާން އަހުމަދު ގޯލު ޖަހާ ފަރަގު ކުޑަކުރި އެވެ. މެޗުގެ ފަހު މިނިޓްގައި ހާއްޕެ ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްދީފަ އެވެ. ދުވާފަރުގެ ފަރަގު ކުޑަކުރީ ހަސަން އަޒޫމް ޖެހި ގޯލުންނެވެ.

މި ޒޯނުގައި ކަނޑިތީމުން ނ. އަތޮޅު ޗެމްޕިއަން މިލަދޫގެ މައްޗަށް ކުރިހޯދީ 7-5 ގެ ނަތީޖާ އަކުންނެވެ.

މި މެޗުގައި ކަނޑިތީމުގެ އަހުމަދު ރިޒާން ދެ ގޯލު ޖެހިއިރު, ކީޕަރު އިބްރާހީމް ޒަމީން, ކެޕްޓަން އިބްރާހީމް ނަދާދް (ކުޑައްޓޭ), މުހައްމަދު ޝާން, އިސްމާއިލް ނިހާން އަދި ޒަޔާން އަހުމަދު ވާސިފް, މިއިން ކޮންމެ ކުޅުންތެރިޔަކު ގޯލެއް ޖެހި އެވެ.

މިލަދޫގެ ގޯލުތައް އެ ޓީމަށް ޖަހައިދިނީ މުހައްމަދު ޔައިޝް ނާއިޒް, އަބްދުالله ޝަމީމް, ހުސެއިން ޝާފީ, އަހުމަދު އިނާފް އަބްދުالله އަދި ހަސަން އަބްދުއް ސަމަދު އެވެ.

މި ޒޯނުގެ ފައިނަލް މެޗުގައި އިނގުރައިދޫ އިން ދުވާފަރާ ދެކޮޅަށް ނުކުންނާނީ އަންނަ ބުދަ ދުވަހުގެރޭ 08:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox