ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޒޯން ހަތަރެއްގެ ފައިނަލުގެ ފަހު ޖާގަ މަހިބަދޫ އިން ހޯދައިފި އެވެ.
ރޭ ކުޅުނު ޒޯން ހަތަރެއްގެ ލީގު ބުރުގެ ފަހު މެޗުގައި މަހިބަދޫ ނުކުތީ އެންމެ ފަހުގެ ޒޯން ޗެމްޕިއަން މަތިވެރިއާ ދެކޮޅަށެވެ. މި މެޗު ނިމުނީ 0-0 ގެ ނަތީޖާ އަކުންނެވެ.
މި ޒޯނުގައި މަންދޫ އިން އިން ތޮއްޑޫގެ މައްޗަށް ކުރިހޯދީ 2-1 ގެ ނަތީޖާ އަކުންނެވެ.
މި މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ތޮއްޑޫ އިންނެވެ. މެޗުގެ 10 ވަނަ މިނިޓްގައި މި ގޯލު އެ ޓީމަށް ޖަހައިދިނީ އަލީ މަނާލް މުސްތަފާ އެވެ. އެކަމަކު، ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނިޓްގައި މަންދޫގެ އިބްރާހީމް އިމްރާން (އިންމި) ގޯލު ޖަހާ ނަތީޖާ ހަމަހަމަކުރި އެވެ. އަދި އޭގެ މިނިޓެއް ފަހުން މަންދޫ އަށް ލީޑު ނަގައިދިނީ ހަސަން އިރުޝާދު ޖެހި ގޯލުންނެވެ.
މި ނަތީޖާތަކާ އެކު މި ޒޯނުގެ އެއް ވަނައިިގައި މަތިވެރި އޮތީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މަހިބަދޫ އަށް ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި މަންދޫ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. ތޮއްޑޫ މުބާރާތުން ކެޓީ ޒޯން ބުރުގައި އެއް ޕޮއިންޓް ހޯދައިގެންނެވެ.
މި ޒޯނު ފައިނަލުގައި އަންނަ ބުދަ ދުވަހުގެ ރޭ ބައްދަލުކުރާނީ މަތިވެރި އާއި މަހިބަދޫ އެވެ. މި މެޗު ކުޅޭނީ ބުދަ ދުވަހުގެރޭ 10:00 ގަ އެވެ.













