މިލަދޫ ފެނަކަ ބްރާންޗުގައި މަސައްކަތްކުރާ އެމްޑީޕީއަށް ތާއިދުކުރާ ތިން މީހުން ސަސްޕެންޑްކޮށްފި

އެމްޑީޕީން ޖެނުއަރީ 31، ގައި މާލޭގައި ބޭއްވި ބޮޑު ހިނގާލުމުގެ ތެރެއިން : މިލަދޫ ފެނަކާގަ މަސައްކަތްކުރާ އެމްޑީޕީ ބަޔަކު މިއަދު ވަނީ ސަސްޕެންޑުކޮށްފަ --- ފޮޓޯ: މިރާން ނާޝިމް / އަދަދު

އެމްޑީޕީން ޖެނުއަރީ 31، ގައި މާލޭގައި ބޭއްވި ބޮޑު ހިނގާލުމުގެ ތެރެއިން : މިލަދޫ ފެނަކާގަ މަސައްކަތްކުރާ އެމްޑީޕީ ބަޔަކު މިއަދު ވަނީ ސަސްޕެންޑުކޮށްފަ --- ފޮޓޯ: މިރާން ނާޝިމް / އަދަދު

އިއްޔެ ބޭއްވި ބައި އިލެކްޝަންތަކުގެ ތެރެއިން ނ. މިލަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ގެއްލުމާއެކު އެ ރަށު ފެނަކަ އޮފީހުގައި މަސައްކަތްކުރާ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ތިން މުވައްޒަފަކު ސަސްޕެންޑުކޮށްފި އެވެ.

އިއްޔެގެ އިންތިހާބުގައި ޕީއެންސީ ބަލިކޮށް މިލަދޫ ޑަބްލިއުޑީސީގެ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓު، އާމިނަތު އަޒުމާ އެވެ.

މި ނޫހަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި މިލަދޫ ފެނަކައިގެ ބައެއް މުވައްޒަފުން ދެ ހަފުތާ (14 ދުވަސް) އަށް ސަސްޕެންޑުކުރީ އެ މީހުންނާ ގުޅޭ މައްސަލައެއް ބަލަމުންދާ ކަމަށް ބުނެ އެވެ. ސަސްޕެންޑުކުރި ކަމުގެ ލިޔުން ތައްޔާރުކޮށްފައިވަނީ މިއަދު އެވެ.

މިކަމާ ގުޅިގެން އެމްޑީޕީން ވަނީ ސަރުކާރު ކުންފުނީގެ އަމަލު ކުށްވެރިކޮށް މިއީ އިއްޔެގެ އިންތިހާބާ ގުޅުވާ ހިނގި ކަމެއް ކަމަށް ބުނެފަ އެވެ.

އެ ޕާޓީން މިރޭ ނެރުނު ބަޔާނެއްގައި އެ ޕާޓީއަށް ތާއީދުކުރާ މުވައްޒަފުން ސަސްޕެންޑު ކޮށްފައިވަނީ އެއްވެސް ސަބަބެއް ބަޔާން ކުރުމެއް ނެތި އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށެއް ނޫން ކަމަށެވެ.

"ސަރުކާރުން ތާއީދު ނުކުރުމަކީ އެ މީހަކު އަދާކުރަމުންދާ ވަޒީފާއިން އެކަހެރިކޮށް ސަސްޕެންޑު ކުރުމަށް އޮތް ހުއްޖަތެއް ނޫން،" އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އަދި، އިންތިހާބުތަކުގައި ވާދަކުރުމާއި ވޯޓުލުމަކީ ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށްވެސް ކަށަވަރުކޮށްދޭ ހައްގެއް ކަމަށާއި އެ ހައްގުގެ ބޭނުންކުރާ މީހުންނާ ދެކޮޅަށް އެ މީހަކު ނިސްބަތްވާ ސިޔާސީ ފިކުރަށް ބަލައި ފިޔަވަޅު އެޅުމަކީ މި ސަރުކާރުގެ ވަރަށް ފިނޑި އަމަލެއް ކަމަށްވެސް އެ ޕާޓީން ބުނެފައިވެ އެވެ.

އޭގެއިތުރުން، އިއްޔެ އިންތިހާބު އެމްޑީޕީން ކާމިޔާބުކުރީ ސަރުކާރުން އެކި ގޮތްގޮތުން ނުފޫޒުފޯރުވަމުން ދަނިކޮށް ކަންވެސް އެމްޑީޕީން ފާހަގަކުރި އެވެ.

މިލަދޫ އަކީ އިއްޔެ އިންތިހާބު ބޭއްވި 11 ރަށުގެ ތެރެއިން އިދިކޮޅުން ކާމިޔާބުކުރި ދެވަނަ ރަށެވެ. އެހެން ރަށްތަކުގެ އިންތިހާބުތައް ކާމިޔާބުކުރީ ސަރުކާރުންވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޑީޕީ އިންތިހާބު: ކުރިން ވިދާލި ގިނަ ނަންތަކަކަށް ނާކާމިޔާބީ

ގައުމީ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު އަދި ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ޑީޑީއަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ވަށަފަރު ގޮނޑި ގެއްލުމުން މުއިއްޒުގެ އާއިލީ މީހުން ވަކި ކުރަނީ

އެ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރި އައިމިނަތު ރިޝްމާ އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ޒައިނާޒް އަހުމަދަށްވުރެ 57 ވޯޓު އިތުރަށް ހޯދައިގެންނެވެ.

އައްޑޫ ހުޅުދޫ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކޮށްފިއެވެ. މީގެ އިތުރުން މިއަދު ބޭއްވި އެހެން ބައި-އިލެކްޝަންތަކުގެ ތެރެއިން ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމާއި އެރަށު ޑަބްލިއުޑީސީ ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ހއ. ވަށަފަރު ޑަބްލިއުޑީސީ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ތާއީދާއެކު ނުކުތް އަމިއްލަ ކެންޑިޑޭޓެކެވެ.

ވަށަފަރު ޑަބްލިއުޑީސީގެ ގޮނޑި ވެސް ޕީއެންސީއަށް ގެއްލިއްޖެ!

ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން، ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް ކާމިޔާބުކުރައްވައިފިއެވެ. ތިން ސަރަހައްދެއްގައި ބެހެއްޓި ވޯޓު ފޮށިތަކުން ރިޝްމާއަށް ޖުމްލަ 278 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 221 ވޯޓެވެ.

ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ސުޖާއު ދިފާއުކުރައްވައިފި

މިއަދުގެ އިންތިހާބުގައި ސުޖާއު ވަނީ މިހާތަނަށް 87 ވޯޓު ހޯއްދަވައިފަ އެވެ. އޭނާއާ ވާދަ ކުރެއްވި ވެރިކަން ހިންގާ ޕީއެންސީގެ އަހުމަދު އަމަން މުހައްމަދަށް މިހާތަނަށް ލިބުނީ 42 ވޯޓެވެ. އަދި އެއް ފޮށީގެ ނަތީޖާ ޓެލީ ނުކުރެވެ އެވެ.

"ބޮޑު ބަދަލު" ޓީމުން މާލޭގެ މެޖޯރިޓީ ނަގައިފި

އެހެންކަމުން، ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލީޑު ކުރައްވާ "ބޮޑު ބަދަލު" ގެ ޓީމުން މާލެ ސިޓީގެ ގޮނޑިތަކުގެ 81 ޕަސެންޓު ވަނީ ކާމިޔާބުކޮށްފަ އެވެ.

"އެމްޑީޕީ އެކުގައި ނުކުމެ، މި ގައުމަށް ހެޔޮ ބަދަލެއް ގެންނާނަން"

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި "ބޮޑު ބަދަލު" ޓީމަށް ލިބުނު ކާމިޔާބީއަކީ މެންބަރުންގެ އިތުބާރު އޮތްކަން ހާމަވި ނަތީޖާއެއް ކަމަށާއި، ދެން އޮތީ ޕާޓީ ވަރުގަދަކޮށް ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މި ޓީމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.

Newsletter

Get the latest news delivered straight to your inbox