އަބޫބަކުރުގެފާނުގެ ”ރިޔާސީ ބަޔާނުގައި“ ނަމާދުގެ ވާހަކަ ނެތީ ކީއްވެ!

އަބޫބަކުރުގެފާނުގެ ”ރިޔާސީ ބަޔާނުގައި“ ނަމާދުގެ ވާހަކަ ނެތީ ކީއްވެ!

ސުރުހީގެ ގޮތުން ހިސާބަކަށް ހިތަށް ނުތަނަވަސްކަން ވެރިވުމަކީ ވެދާނެ ގޮތަކެވެ. އެހެނީ ނަމާދަކީ އިސްލާމްދީނުގެ ތަނބެވެ. ނަމާދު އަޅައިފި މީހާ ދީން މުގުރައިފި އެވެ. ބައެއް އިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ނަމާދު އަޅައިފި މީހާ ދީނުންވެސް ބޭރުވާނެ އެވެ. ގިނަ އިލްމުވެރިންގެ ރައުޔުގައި ނަމާދު އަޅައިފި މީހާ ދީނުން ބޭރުވާނީ ނަމާދު އެކީއެކަށް ދޫކޮށްލުމާއެކު އެ ނަމާދުގެ ވާޖިބުކަމަށް ވެސް އިންކާރުކޮށްފިނަމަ އެވެ. ނަމަވެސް ނަމާދު އަޅައިފި މީހެއް ފާސިގަކަށްވާނެ ކަމާމެދަކަށް ބަހުސެއް އަރާރުމެއް ނެތެވެ. އެހެން ކަމާއެކު ނަމާދަކީ އިސްލާމީ އުންމަތުގެ އެންމެހާ މީސްތަކުން އެކަމަށް ފަރުދީގޮތުން ސަމާލުކަން ދޭންޖެހޭ ނުހަނު މުހިންމު އިސްލާމްދީންގެ ތަނބެވެ.

އެހާ މުހިންމު ކަމެއް އަހަރެމެންގެ ފުރަތަމަ ޚަލީފާގެ ރިޔާސީ ހުތުބާގައި ނެތީ ކީއްވެތޯ ވިސްނުން ހިންގާލައި އެދިމާއިން ހިޔާލުފާޅުކޮށްލުމަށް މިފުރުސަތުގެ ބޭނުން ހިފަން ގަސްދުކުރުމެވެ. މުސްލިމުންގެ ފުރަތަމަ ޚަލީފާ އަބޫބަކުރުގެފާނު މުސްލިމުންގެ ފުރަތަމަ ޚަލީފާކަމުގައި ބައިޢަތު ހިފެވުމުން އުންމަތާ މުހާތަބުކޮށް ވިދާޅުވި ރިޔާސީ ބަޔާނުގެ އިބާރާތްތަކުގައި ވަނީ އަންނިވި ފަދައިންނެވެ.

"އެއަށްފަހު ދަންނައެވެ. އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން އަހުރެން ތިޔަބައިމީހުންގެ މައްޗަށް ވެރިކުރެވިއްޖެއެވެ. އެކަމަކު އަހުރެންނީ ތިޔަބައިމީހުންކުރެ އެންމެ ހެޔޮ މީހާ ކަމުގައި ނުވަމުއެވެ. ފަހެ އަހަރެން ރަނގަޅުވެއްޖެނަމަ އަހަރެންނަށް ވާގިވެރިވެދޭށެވެ! އަދި އަހުރެން ކަސިޔާރުވެއްޖެނަމަ އަހުރެން ސީދާކޮށްދޭށެވެ! ތެދުވެރިކަމަކީ އަމާނަތެކެވެ. ދޮގުވެރިކަމަކީ ހިޔާނަތެކެވެ. މާތް ﷲ ގެ ވާގިފުޅާއެކު އޭނާގެ ހައްގު އޭނާއަށް ހޯދައިދެވިއްޖައުމަށް ދާންދެން، ތިޔަބައިމީހުންގެ ތެރެއިން ބަލިކަށި މީހާ އަހަރެން ކައރީގައި ވަރުގަދަ މީހެއްކަމުގައި ވާނެއެވެ. އަދި އެމީހެއްގެ ކިބައިން އަތުލަންޖެހޭ ހައްގު އަތުލެވިއްޖައުމަށް ދާންދެން ތިޔަބައިމީހުންގެ ތެރެއިން ވަރުގަދަ މީހާ އަހުރެން ކައިރީގައި ބަލިކަށި މީހެއްކަމުގައި ވާނެ އެވެ. ﷲ ގެ މަގުގައި ޖިހާދުކުރުން އެއްވެސް ބަޔަކު ދޫކޮށްލައިފިނަމަ، އެބައިމީހުންނަށް މާތް ﷲ ނިކަމެތިކަން ނުޖައްސަވައި ނުދެއެވެ. އަދި ބަޔަކުގެ މެދުގައި ހަޑިހުތުރު ކަންކަން އާންމުވެއްޖެނަމަ އެބައިމީހުންގެ ތެރޭގައި މާތް ﷲ ބަލާވެރިކަން އާންމުނުކުރައްވައި ނުދެއެވެ. ﷲ އާއި އެކަލާނގެ ރަސޫލާއަށް އަހުރެން ކިޔަމަން ގަންނަހާ ހިނދަކު ތިޔަބައިމީހުން އަހުރެންނަށް ކިޔަމަން ގަންނާށެވެ! ފަހެ އަހުރެން ﷲ އާއި ރަސޫލާއަށް އުރެދިއްޖެނަމަ އަހުރެންނަށް ކިޔަމަންގަތުމެއް ތިޔަބައިމީހުންނަކަށް ނުވެއެވެ."

އަބޫބަކުރުގެފާނުގެ މި ރިޔާސީ ބަޔާނުގެ އެއްވެސް ހިސާބެއްގައި ނަމާދުގެ ވާހަކައެއް ނެތެވެ. އެކަމާ ހައިރާންވެވަޑައި ނުގަންނަވާށެވެ! އަހެރެމެންގެ ފުރަތަމަ ޚަލީފާ އަބޫބަކުރުގެފާނަށް ނަމާދުގެ އަހަންމިއްޔަތުކަމާއި ނަމާދަކީ އިސްލާމްދީނުގެ ތަނބުކަން އެނގިވަޑައި ނުގަންނަވަނީއެއް ނޫނެވެ. ނަމަވެސް ދަންނަވަންތޯއެވެ! ކޮންމެ މަޤާލަކަށް މަގާމެއް ވެއެވެ. އަރަބީންގެ ތެރޭގައި ޒަމާނުއްސުރެ ބުނަމުން އަންނަ މި ހަރުބަހުގެ މާނައަކީ ކޮންމެ ވާހަކައެއް ދެއްކުމަށްވެސް އެވާހަކައަކަށް މުނާސަބު މަގާމެއްވެ އެވެ. ހުކުރު ހުތުބާ އާއި ރިޔާސީ ހުތުބާ އާއި މިއީ މުޅިން ތަފާތު ދެ މަގާމެއްގައި ދެވޭ ދެބާވަތެއްގެ ހިތާބެކެވެ.

އަބޫބަކުރުގެފާނުގެ އިސްލާމީ ޚިލާފަތު ބިނާކުރެއްވީ ދެއްކުންތެރިކަމުގެ މައްޗަކަށް ނޫނެވެ. އޭގެ ބަދަލުގައި އެކަލޭގެފާނުގެ ވެރިކަން ބިނާކުރެއްވީ މިއީ އިސްލާމީ ވެރިކަމެކޭ ކިޔައި އަޑުއެރުވުމުގެ ބަދަލުގައި އިސްލާމީ ވެރިކަމެއްގެ ނަމޫނާ އުންމަތަށް އަމަލީގޮތުން ދެއްކެވުމުގެ މައްޗަށެވެ. ވައްކަމާއި ފަސާދަ ނައްތާލައްވައި، ހިޔާނާތްތެރިން ދުރުކުރައްވައި ތެދުވެރިން ކައިރިކުރެއްވުމުގެ ނަމޫނާ ދެއްކެވުމުގެ މައްޗަށެވެ. ރިޔާސީ ބަޔާނެއްގެ މަފްހޫމްއާއި ވެރިކަމުގެ އަސާސަކީ ކޮބައިކަން އަބޫބަކުރުގެފާނަށް ރަނގަޅަށް ފަހުމްވެވަޑައިގެންފައިވެއެވެ.

ރިޔާސީ ބަޔާނުގައި ނުވަތަ ރިޔާސީ ހުތުބާއަކީ ވެރިމީހާ އާއި ރައްޔިތުންނާ އޮންނަ ގުޅުމުގެ މައްޗަށް ބިނާކުރެވިފައި އޮންނަންޖެހޭ ހިތާބެކެވެ. އަބޫބަކުރުގެފާނުގެ ރިޔާސީ ބަޔާނަށް ނަޒަރުކުރުމުން އެކަން ވަރަށް ރަނގަޅަށް އަބޫބަކުރުގެފާނަށް ފަހުމްވެވަޑައިގެންފައިވާކަން، އަދި އަބޫބަކުރުގެފާނު ހިލާފަތުގައި އެހާ ފުރިހަމަ އިސްލާމީ ވެރިކަމެއް މުސްލިމުން ދުށީ ކީއްވެކަން ސާފުކޮށްދެއެވެ.

އަބޫބަކުރުގެފާނުގެ ރިޔާސީ ބަޔާނަށް ނަޒަރުކުރާއިރު އެބަޔާނުން އިސްލާމީ ވެރިކަމެއްގެ ސާފު އަސާސްތައް ބަޔާންކޮށްދެއެވެ. ފުރަތަމަ ކަމަކަށް ފާހަގަކުރައްވާފައި އޮތީ، ވެރި މީހާއަށް ވެރިކަން ލިބެނީ ރައްޔިތުންނަށްވުރެ އޭނާ މާތްވެފައި މޮޅުވީމާ ނޫންކަމީ އިސްލާމީ ވެރިއަކު އަބަދުމެ ހަނދާންކުރަންޖެހޭ ކަމެއްކަމުގެ އަސާސެވެ.

އެއަށްފަހު އެ އެދިވަޑައިގަންނަވަނީ ރަނގަޅު ކޮންމެ ކަމެއްގައި ވާގިވެރިވުމަށާއި ނުބައިން ކުރާ ކަންކަމުގައި ހިޔާލުފާޅުކޮށް ސީދާކޮށްދެއްވުމަށެވެ. އިސްލާމީވެރިކަމެއްގެ ކޮންފަދަ މަތިވެރި އަސާސެއްތޯއެވެ! ދެން އެހަނދާންކޮށްދެއްވަނީ އިސްލާމީ ވެރިކަމެއް އެމައްޗަށް ބިނާވެގެންވާނެ އެންމެ މުހިންމު ވަސްދަނޑިއެވެ. ތެދުވެރިކަމަކީ އަމާނާތްތެރިކަންކަމުގައި ބަޔާންކުރައްވަމުން އެ އިޝާރާތްކުރައްވަނީ އިސްލާމީ ވެރިކަމެއްގެ ބިންގަލަކީ ތެދުވެރިކަމާއި އަމާނާތްތެރިކަންކަމެވެ. އެޔަށްފަހު ދޮގުވެރިކަމަކީ ހިޔާނާތްތެރިކަންކަމުގައި ވިދާޅުވަމުން އިޝާރާތް އެކުރައްވަނީ ދޮގާއި ހިޔާނަތަކީ އިސްލާމީ ވެރިކަމެއްގެ ވަސްވެސް ނުދެކޭނެ ދެކަންތައްކަމެވެ.

އަބޫބަކުރުގެފާނުގެ ރިޔާސީ ކުރު ހުތުބާ ނިންމަވާލެއްވީ ވެރިންނަށް ކިޔަމަންތެރިވާންޖެހޭ މިންގަނޑު ބަޔާންކުރައްވަމުންނެވެ. ﷲ އާއި އެކަލާނގެ ރަސޫލާއަށް ވެރިމީހާ ކިޔަމަންތެރިވާހާ ހިނދަކު ވެރިމީހާއަށް ކިޔަމަންތެރިވާންޖެހެއެވެ. އެކަމަކު ދޮގާއި އިޔަހޫދިކަން އިސްކޮށް މަކަރާއި ހީލަތުގެ މައްޗަށް އަދި ވައްކަމާއި ފަސާދައިގެ މައްޗަށް ވެރިކަން ބިނާކުރާ އެއްވެސް ވެރިއަކަށް ކިޔަމަންތެރިވުމީ އިސްލާމީ އުސޫލެއް ނޫންކަން ހަނދާންކޮށްދެމުންނެވެ.

އަބޫބަކުރުގެފާނުގެ ރިޔާސީ ހުތުބާއާއި މިޒަމާނުގެ ރިޔާސީ ބަޔާންތަކާ އަޅާ ކިޔާއިރު ފާހަގަވާ އަނެއް ކަމަކީ މިޒަމާނުގައި ބަޔާން ދިގެވެ. މަދީ އެބަޔާނަށް އަމަލުކުރުމެވެ. އެޒަމާނުގައި ރިޔާސީ ބަޔާނަކީ ދެތިން ޖުމުލައިގެ ކަލިމަތަކެކެވެ. އެކަމަކު އަބޫބަކުރުގެފާނުގެ ދެ އަހަރެއްހާ ދުވަހުގެ ވެރިކަމުގައި ކުރެއްވި އިސްލާމީ ވެރިކަމުގެ ހިދުމަތަކީ އެވާހަކަ ދައްކާ ކޮޅުން ނުލާހާ އަދުލުވެރި މަސައްކަތަކާއި ހިދުމަތެކެވެ. އިސްލާމީ އުންމަތަށް ގެނެސްދެއްވި ފުތޫހާތާއި އުފާވެރިކަމަކީ އިސްލާމީ ތާރީހުގެ ރަން ސަފުހާތަކެވެ.

އަޅުގަނޑު ހިތަށް އަރައެވެ. މިޒަމާނުގައި ވެސް ރިޔާސީ ބަޔާނެއްގައި އޮންނަންވީ އެފަދަ ތިން ޖުމުލައެވެ. އާދޭހެވެ! މިލިޔާ ޖުމުލަތަކެވެ. "ފަހެ އަހަރެން ރަނގަޅުވެއްޖެނަމަ އަހަރެންނަށް ވާގިވެރިވެދޭށެވެ! އަދި އަހުރެން ކަސިޔާރުވެއްޖެނަމަ އަހުރެން ސީދާކޮށްދޭށެވެ! ތެދުވެރިކަމަކީ އަމާނަތެކެވެ. ދޮގުވެރިކަމަކީ ހިޔާނަތެކެވެ. ﷲ އާއި އެކަލާނގެ ރަސޫލާއަށް އަހުރެން ކިޔަމަން ގަންނަހާ ހިނދަކު ތިޔަބައިމީހުން އަހުރެންނަށް ކިޔަމަން ގަންނާށެވެ! ފަހެ އަހުރެން ﷲ އާއި ރަސޫލާއަށް އުރެދިއްޖެނަމަ އަހުރެންނަށް ކިޔަމަންގަތުމެއް ތިޔަބައިމީހުންނަކަށް ނުވެއެވެ."

އެހެން ނުވާންވީ ސަބަބެއް ނެތެވެ. ކިތަންމެ ދިގު ބަޔާނެއް ދެއްވިޔަސް އޭގެ ފަހަތަށް އަމަލުކުރުމެއް ނުވާ، ދޮގުވެރިކަމުގައި އިސްލާމީ ވެރިކަމުގެ ކުލައެއް ނެއްތާގައި ވަހެއް ވެސް ނެތްކަން ގައިމެވެ. ވައްކަމާއި ފަސާދަ އާންމުވެ ރައްޔިތުންގެ ޒާތީ މައުލޫމާތުން ވައްކަންކުރި މީހުންނަށް އެއްވެސް ފިޔަވަޅެއް ނާޅާ ގޮތުން ހިންގޭ ވެރިކަމަކީ އިސްލާމީ ވެރިކަމެއްކަމަށް ބުނެ ކުރެވޭ ދައުވާއަކީ ﷲ އަށް ބިރުވެތިވުންހުރި ނުރައްކާތެރިކަން ބޮޑު ދޮގު ދައުވާއެއްގެ މައްޗަށް ހިންގޭ ބޮޑު ޖަރީމާއެކެވެ. ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވާ ހަމަ އެންމެހާ މީހުންނަށް އެނގެންވީ ކަމަކީ އަބޫބަކުރުގެފާނު އެވިދާޅުވާ ފަދައިން ތެދަކީ އަމާނާތްތެރިކަންކަމެވެ. ދޮގަކީ ހިޔާނާތްތެރިކަންކަމެވެ.

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox