ގޯލްޑަން ފުޓްސަލް ޗެލެންޖް: ދުވާފަރުން ގަދަ 16އާ ގާތަށް، ކަނޑިތީމަށް އުންމީދެއް

ދުވާފަރު ކުޅުންތެރިން ލަނޑު ޖެހުމަަށް ފަހު އުފާފާޅުކުރަނީ،---- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

ދުވާފަރު ކުޅުންތެރިން ލަނޑު ޖެހުމަަށް ފަހު އުފާފާޅުކުރަނީ،---- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޒޯން ދޭއްގައި ދުވާފަރުން ކުޅުނު ދެ ވަނަ މެޗު ވެސް ކާމިޔާބުކޮށް ގަދަ 16 އާ ގާތައް ޖެހިލިއިރު، ށ. އަތޮޅު ޗެމްޕިއަން، މިލަންދޫ އަތުން އެ އަތޮޅު ރަނަރަޕް ކަނޑިތީމު މޮޅުވެ، ކުރިއަށް ދިއުމަށް އުންމީދެއް ހޯދައިފި އެވެ.

މި މުބާރާތުގެ ޒޯން ދޭއްގެ މެޗުތައް ރޭ ކުރިއަށްދިޔައިރު، ފުރަތަމަ މެޗުގައި ކަނޑިތީމުން މިލަންދޫ ބަލިކުރީ 5-1 ގެ ނަތީޖާއަކުންނެވެ. މިއީ މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މި ދެ ޓީމު ބައްދަލުކުރި ތިން ވަނަ މެެޗެވެ. މީގެ ކުރިން ދެ މެޗުގައި މިލަންދޫ ވަނީ މޮޅުވެފަ އެެވެ. އެއީ، ށ، އަތޮޅު ގްރޫޕް ސްޓޭޖާއި އެ އަތޮޅު ފައިނަލުގަ އެވެ.

މި މެޗުގައި ކަނޑިތީމުގެ އަހުމަދު ޒަމީމް އަދި އިސްމާއިލް ނިހާން މިއިން ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖެހި އެވެ. އަނެއް ގޯލަކީ ކަނޑިތީމުގެ ހުސެއިން ނިހާލް ޖެހި ގޯލެވެ.

މި މެޗުގައި މިލަންދޫ އިން ޖެހި ހަމައެކަނި ގޯލު އެ ޓީމަށް ޖަހާދިނީ އަލީ އީނާސް އެވެ.

މީގެ އިތުރުން މި ޒޯނުގައި ދުވާފަރުން ނ. މިލަދޫގެ މައްޗަށް ކުރިހޯދީ ވެސް 5-1 ގެ ނަތީޖާ އަކުންނެވެ.

މި މެޗުގައި ދުވާފަރުގެ މުހައްމަދު އިސާމް (ޝަންޓޭ) އާއި ކެޕްޓަން، މުހައްމަދު ޖުމާން އަހުމަދު, މިއިން ކޮނެމް ކުޅުންތެރިޔަކު ދެ ގޯލު ޖެހިއިރު، ދުވާފަރުން ދެން ޖެހި ގޯލަކީ މިލަދޫގެ މޫސާ ހުމެއިދު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މި މެޗުގައި މިލަދޫ އިން ޖެހި ހަމައެކަނި ގޯލު އެ ޓީމަށް ޖަހާދިނީ އަހުމަދު އިނާފް އަބްދުالله އެވެ.

މި ނަތީޖާއާ އެކު, ޒޯން ދޭއްގެ އެއް ވަނައިގައި އޮތް ރ. އިނގުރައިދޫ އާއި ދެވަނައިގައި އޮތް ދުވާފަރަށް ދެ މެޗުން ހަ ޕޮއިންޓް ވަނީ ލިބިފަ އެވެ. އިނގުރައިދޫ އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ތިންވަނައިގައި ކަނޑިތީމު އޮތީ ތިން މެޗުން ތިން ޕޮއިންޓް ހޯދައިގެންނެވެ. މިލަންދޫ އާއި މިލަދޫ އަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް (6 ފެބްރުއަރީ):

ބ. އޭދަފުށި - ކ. މާފުށި: ޒޯން ތިނެއް (20:00)

ކ. ކާށިދޫ - ކ. ކުރެންދޫ: ޒޯން ތިނެއް (20:00)

މ. މުލަކު - ފ. ދަރަނބޫދޫ: ޒޯން ފަހެއް (21:00)

މ. ދިއްގަރު - ދ. ކުޑަހުވަދޫ: ޒޯން ފަހެއް (21:00)

ވިލިމާލެ - މައްޗަންގޯޅި: ޒޯން އަށެއް (22:00)

މާފަންނު - ހުޅުމާލެ: ޒޯން އަށެއް (22:00)

ލ. އިސްދޫ - ލ. ގަން: ޒޯން ހައެއް (23:00)

ތ. ތިމަރަފުށި - ތ. ހިރިލަންދޫ: ޒޯން ހައެއް (23:00)

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox