ހެންވޭރު، ލޮނުޒިޔާރަތް މަގުގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.
އެމްއެންޑީއެފުން އެކްސްގައި ދެންމެ ކުރި ޕޯސްޓެއްގައި ބުނީ އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ހ. ކުއްޅަވައްދޮށުގޭގެ ތިންވަނަ ފަންގިފިލާގަ ކަމަށެވެ. އިތުރު މައުލޫމާތެއް އެމްއެންޑީއެފުން ހާމައެއް ނުކުރެ އެވެ.
ހ. ކުއްޅަވައްދޮށުގެ އަކީ ލޮނުޒިޔާރަތް މަގާއި ޖަނަވަރީ ހިނގުން ގުޅޭ ސަރަހައްދުގައި ލޮނުޒިޔާރަތް މަގަށް ވާގޮތަށް ހުންނަ ގެއެކެވެ. ރަންފައުން ހާޑްވެއާ ވެސް ހުންނަނީ އެ ގޭ ތިރީ ބުރީގަ އެވެ.












